އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކަނޑުން ހޮވާފައިވާ ބޯޓު ނީލަން ކިޔުމާއީ ބެހޭ:
                                އިޢުލާން
ކަނޑުން ހޮވާފައިވާ ބޯޓު ނީލަން ކިޔުމާއީ ބެހޭ:
އއ. މަތިވެރި، ގަސްކަރަ / ޢަލީ މުސްޠަފާ، ހޮވައިގެން ގެނެސްފައިވާ ބޯޓު، މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން މި ކައުންސިލްގެ ބެލުމުގެ ދަށުން ސިޓީލާ ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިމިވާ ސިޓީލާ ނީލަމުގެ އުސޫލުން ނީލަމުގައި ބައިވެރިވެދެއްވުމަށް އެދެމެވެ.
.........................................................
- ފަށާ އަގު -/103,500ރ (އެއްލައްކަ ތިންހާސް ފަސްސަތޭކަ) ރުފިޔާއެވެ.
 - ސިޓީލާ މިނީލަމުގައި އިތުކުރެވޭނީ މަދުވެގެން -/5000 ރުފިޔާއެވެ.
 - ނީލަމުގެ އަގު ހުށަހަޅަންވާނީ ރަސްމީ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން މިކަމަށް ޙާއްސަކޮށް ކައުންސިލުން ދޫކުރާ ފޯމުންނެވެ.
 - އަގުހުށަހަޅާ ފޯމްގެ އަސްލު ކައުންސިލަށް ހުށަހަޅަންވާނެއެވެ. މިފޯމް އޮންލައިންކޮށް ބަލައެއް ނުގަނެވޭނެއެވެ.
 - މިނީލަމުގައި ޢާންމު ފަރުދުންނާއި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށް ބައިވެރިވެވޭނެއެވެ.
 - މިނީލަމުގައި ބައިވެރިވާން ފުރަތަމަ ފަހަރަށް ފޯމް ހުށަހަޅާއިރު އައިޑީ ކާޑް ކޮޕީ ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
 - ނީލަން ކުރިއަށްދާނީ 7 މޭ 2023 ވަނަދުވަހުން ފެށިގެން 15 މޭ 2023 ވާ ހޯމަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ.
 - ވިދިވިދިގެން 3 ދުވަސްވަންދެން އަގު ބަދަލުނުވެ، އެއް އަގެގައި ހުރިނަމަ އެއީ ލިބޭނެ އެންމެ ބޮޑު އަގުކަމަށްބަލާ އެއަގު ހުށަހެޅި ފަރާތަށް ބޯޓު ވިއްކާލެވޭނެއެވެ.
 - ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުލައެވެ.
 - އެއް އަގެއް އެއް ފަރާތަށްވުރެ ގިނަފަރާތަކުން ހުށަހަޅާފިނަމަ، އެންމެ ފަހުން އެއަގު ހުށަހަޅާ ފަރާތަށް އެއަގު ބަލާ ނުގަނެވޭނެކަމަށް ކައުންސިލުން އެވަގުތު ފޯމް ހިފާގެން އާ ފަރާތަށް އަންގަންވާނެއެވެ.
 - ކޮންމެ ދުވަހަކުވެސް އެ ދުވަހު ލިބިފައިވާ އެންމެ ބޮޑު އަގު އެދުވަހެއްގެ އޮފީސް ބަންދު ކުރުމުގެ ކުރިން ނޯޓިޝް ބޯޑަށް ނެރެންވާނެއެވެ.
 - މިނީލަން ކާމިޔާބު ކުރިފަރާތައް ބޯޓު ވިއްކާލެވޭނީ މިކައުންސިލާއި އެފަރާތާ ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
 
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
14 ޝައްވާލް 1444
04 މެއި 2023
             04 މޭ 2023
            
        
                    ހޯދާ  
                
                