މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ބާއްވާ ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯތަކަށް ކޭޓަރިންގ ފޯރުކޯށްދޭނެ ފަރާތެއް ހޯދުން

މި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ބާއްވާ ޓޫރިޒަމް އަޕްބީޓް ޓޯކް ޝޯތަކަށް ކޭޓަރިންގ ފޯރުކޯށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު i(IUL)88-ADHR/88/2023/20 (12 އޭޕްރީލް 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު ތިރީގައި މިދަންނަވާ ގަޑިއަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއ ގުޅިގެން މަޢުލޫމާތު ސެޝަންއެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

ހަރަކާތް

ތާރީޚް

ގަޑި

ތަން

ބީލަން ހުށަހެޅުން/ހުޅުވުން

11 މެއި 2023 (ބުރާސްފަތި)

10:00

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު، މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅަންޖެހޭ ފޯމް ސެޓް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ.

އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 09 މެއި 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ކަރުދާހުގައިވާ ފޯކަލް ޕޮއިންޓަށް މެއިލް ކުރެވުން އެދެމެވެ. އަދި މެއިލްތައް [email protected] މެއިލްއަށް ސީސީ ކުރައްވަންވާނެއެވެ.

02 މޭ 2023
ހޯދާ