ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
މިސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅިގެން ބިޑް ލާފައިވާ ފަރާތްތަކުގެ ތަޖުރިބާ ނެތުމުގެ
ސަބަބުން ބިޑް ބާތިލުކޮށް އަލުން އިއުލާނު ކުރަމެވެ.
ވީމާ، މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއައް އޮތް 2 އަހަރަށް، ވިޔަފާރި ޢުޞޫލުން ކޮށްދޭނެ
ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ
ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް އަމަލުކުރެއްވުން އެދެމެވެ.
| 
 ތާރީޚް  | 
 ތަފްޞީލް  | 
 ގަޑި  | 
 ތަން  | 
| 
 27 އެޕްރީލް 2023 އިން 30 އެޕްރީލް 2023 އަށް  | 
 ބީލަން ހުށަހެޅުމަށް ރަޖީސްޓްރީ ކުރުން  | 
 ހެނދުނު 9:00 ން މެންދުރު 13:00 އަށް  | 
 ރަތަފަންދޫ ސްކޫލް ފޯން: 7983087 އީމެއިލް ކޮށްގެންވެސް ކޮށްލެވޭނެ  | 
| 
 04 މޭ 2023 (ބުރާސްފަތި)  | 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 ހެނދުނު 11:00  | 
 ރަތަފަންދޫ ސްކޫލް އޮފީސް  | 
މި ޚިދުމަތައް އެދި ބީލަން ހުށައެޅޭނީ،ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ
ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ
ކުރެވިފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ނަންނޯޓް
ކުރުމަށް 7983087 އަށް އެސްއެމްއެސް ކޮށްގެންނާއި އީމެއިލްގެ ޒަރިއްޔާއިންވެސް ބީލަމަށް ރަޖިސްޓްރީ ކުރެވިދާނެއެވެ. އެސްއެމެއެސް
އަދި އީމެއިލް ކުރައްވާފަރާތްތަކުން ބީލަންހުށަހަޅަންބޭނުންވާ ފަރާތުގެ ނަމާއި އެޑްރެސް، ފޯން ނަމްބަރ، އީމެއިލް އަދި ވިޔަފާރި ރަޖިސްޓްރީ
ނަމްބަރު ހިމެނުއްވުން އެދެމެވެ. ބީލަމުގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ސްކޫލުގެ ގެ ނަންބަރު 7983087
ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އީމެއިލް އެޑްރެސްއަކީ [email protected] އެވެ. އަދި މިޕްރޮޖެކްޓާގުޅޭ
ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ރަތަފަންދޫ ސްކޫލް
 - ގދ ރަތަފަންދޫ/ދިވެހި ރާއްޖެ
 - ފޯން: 7983087/7973947
 - އީ.މެއިލް: [email protected]
 - މަގު: އަމީނީމަގު
 
