ދިވެހިރާއްޖެ
އިޢުލާން
ގދ. ތިނަދޫ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2023 ރާވާ ހިންގާނެ ޖަމިއްޔާއެއް ހޯދުން.
ގދ. ތިނަދޫގައި ޤާއިމްކުރެވިފައިވާ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އިޖުތިމާޢީ ރޫޙު އަށަގަންނުވައި މަސައްކަތުގެ މާޙައުލުން ބޭރުން މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިވެ ޓީމްވޯރކް ވަރުގަދަކޮށް ކުޅިވަރުގެ ފޯރިޔާއި ޖޯޝާއެކު ދުޅަހެޔޮކަން އިތުރުވުމުގެ މަގުފަހި ކުރުމަށްޓަކައި މިއަހަރުވެސް "ތިނަދޫ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2023" މިނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ގަސްތުކުރެވިފައެވެ. އަދި މި މުބާރާތުގައި ގދ.ކާޑެއްދޫއިން 2 ޓީމަށް ފުރިސަތު ދިނުމަށްވަނީ ގަސްތުކުރެވިފައެވެ. އެހެންކަމުން މި މުބާރާތް އިންތިޒާމްކޮށް ހިންގުމަށްޓަކައި ޖަމިއްޔާތަކަށް ޕްރޮޕޯސަލްތައް ހުށެހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
| 
 
  | 
 ތާރީޚް  | 
 ގަޑި  | 
 ތަން  | 
| 
 ޕްރޮޕޯސަލް ހުށަހެޅުން  | 
 07 މެއި 2023  | 
 13:30 (މެންދުރު)  | 
 ގދ.ތިނަދޫ ކައުންސިލް އިދާރާ  | 
މި މަސައްކަތުގެ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
