ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ އިން ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯތި، ބިން ދޫކުރުމާ ގުޅޭ
ގދ. ތިނަދޫ އިން ދިރިއުޅުމަށްޓަކައި ގޯތި ބޭނުންވާ ފަރާތްތަކަށް " ކޮންޑިޝަނަލް ގޯތި " ގޮތުގައި ދިރިއުޅުމަށްޓަކައި 150 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ، ގޯތި ބޭނުންވާ ފަރާތްތަކުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އެގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓާ، 2000 އަކަފޫޓާ ދެމެދުގެ ގޯއްޗެވެ. ތިނަދޫ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކުގެ ތެރެއިން ބްލޮކް ނަންބަރު: I,J,K,L,O,P,R,V,W މި 9 ބްލޮކުން ތިރީގައިވާ ކެޓަގަރީތަކަށް ބަހާލައިގެންނެވެ.
| 
 ކެޓަގަރީ – A  | 
 ތިނަދޫ ރައްޔިތުންނަށް، ތިނަދޫ ދަފްތަރު ހިމެނޭހެން  | 
 70 ގޯތި  | 
| 
 ކެޓަގަރީ – B  | 
 ރަށުން ބޭރު ފަރާތްތަކަށް  | 
 66 ގޯތި  | 
| 
 ކެޓަގަރީ – C  | 
 އެކަނިވެރި މައިންނަށް/ބަފައިންނަށް ( ކެޓަގަރީ A )  | 
 5 ގޯތި  | 
| 
 ތިނަދޫގައި ވިޔަފާރި ކުރަމުންދާ ރަށުން ބޭރު ފަރާތްތަކަށް ( ކެޓަގަރީ B )  | 
 3 ގޯތި  | 
|
| 
 ޕްރޮފެޝަނަލް ދާއިރާއިން ހިދުމަތްދޭ ފަރާތްތަކަށް ( ކެޓަގަރީ B އަދި A )  | 
 6 ގޯތި  | 
ވީމާ، މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ "ކޮންޑިޝަނަލް ގޯތި، ބިމާބެހޭ އުސޫލު" ގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން" ދިރިއުޅުމަށްޓަކައި ދޫކުރާ ކޮންޑިޝަނަލް ގޯތި، ބިމަށް އެދޭ ފޯމު " ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އަދި އުސޫލުގައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު، 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި އިދާރާއަށް ފޯމު ހުށަހެޅުން އެދެމެވެ.
ދިރިއުޅުމަށްޓަކައި ދޫކުރާ ކޮންޑިޝަނަލް ގޯތި، ބިމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 18 މެއި 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް މި އިދާރާގެ ކައުންޓަރުންނެވެ. ހުށަހަޅާ ފޯމް ތައް ހުށަހަޅަން ޖެހޭނީ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ފޯމުގެ އަސްލެވެ. އަދި ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން ފޯމާއެކު ހުށަހަޅާ އެންމެހާ ލިޔެކިއުންތައް އީމެއިލް މެދުވެރިކޮށް ސޮފްޓްކޮޕީ ފޮނުވުމަށްފަހު، ހުށަހަޅަންޖެހޭ އެންމެހާ ލިޔެ ކިޔުންތަކުގެ ހާޑްކޮޕީތަކާއި، ގޯއްޗަށް އެދޭ ފޯމުގެ އަސްލު، ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ 7 ދުވަހުގެ ކުރިން ތިނަދޫ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. އެއްވެސް ސަބަބަކާހުރެ، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް، މުއްދަތު ހަމަވުމުގެ ފަހުން ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް އަދި ފޯން މެދުވެރިކޮށް މި އިދާރާއާ ގުޅުއްވުން އެދެމެވެ.
| 
 ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ  | 
 6841718  | 
މި އިޢުލާނާއެކު ތިރީގައިމިވާ ލިޔުންތައް އެއްކަރުދާސްކުރެވިފައި ވާނެއެވެ.
- ދިރިއުޅުމަށްޓަކައި ދޫކުރާ ކޮންޑިޝަނަލް ގޯތި، ބިމަށް އެދޭ ފޯމު ( ކެޓަގަރީ A- ، ކެޓަގަރީ B-، ކެޓަގަރީ C- އަށް އެދެން ވާނީ އެ ކެޓަގަރީއަކަށް ކަނޑައެޅިފައިވާ ފޯމަކުންނެވެ.)
 - ކޮންޑިޝަނަލް ގޯތި ބިމާބެހޭ އުސޫލު
 - ތަރިކައިން/ހިބައިން ލިބެން އޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
 - ލިބިފައިވާ/ލިބެން އޮތް ބިން އެހެން ފަރާތަކަށް/ކައުންސިލަށް ދޫކޮށްލުމަށް ވެވޭ އިޤްރާރު
 - ރަށްވެހިކަން ބަދަލުކުރުމަށް ވެވޭ އިޤްރާރު (18އަހަރުން ދަށް/18 އަހަރުން މަތި)
 - ތިނަދޫއަށް ދިގުމުއްތަކަށް ޚިދުމަތްކުރުމަށް ވެވޭ އިޤްރާރު
 
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރ ީމެވެ.
