| 
 ވަޒީފާގެ ފުރުޞަތު 
 | 
| 
 މަޤާމު: 
 | 
 މަސައްކަތު  (މަޤާމު ނަންބަރު 218989) 
 | 
| 
 ރޭންކް: 
 | 
 އެސް.އެސް 1 
 | 
| 
 ކްލެސިފިކޭޝަން: 
 | 
  ސަޕޯޓް ސްޓާފް ގްރޭޑް 1 
 | 
| 
 އިދާރާ: 
 | 
 މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ 
 | 
| 
 ސެކްޝަން: 
 | 
 ކޯޕަރޭޓް އެފެއާޒް 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  
 | 
 މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާގެ މިސްކިތް 
 | 
| 
 މުސާރަ: 
 | 
 3100.00 ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ) 
 | 
| 
 ސަރވިސް އެލަވަންސް: 
 | 
 1000.00 ރުފިޔާ (އެއްހާސް  ރުފިޔާ) 
 | 
| 
 ފެންވަރު ނުވަތަ ޝަރުޠު: 
 | 
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުން. ނުވަތަ؛
 
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު އެސް .އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
 
 
 | 
| 
 މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު  މަސްއޫލިއްޔަތު:   
 | 
- ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް އިދާރާއިން  ކަނޑައަޅާ މިސްކިތެއްގައި އިމާމު/މުދިމު އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުން.
 
- ކައުންސިލް އިދާރާއިން އިންތިޒާމުކުރާ ގޮތެއްގެ މަތިން މިސްކިތް ފޮޅައި ސާފުކުރުމާއި، ފާޚާނާ ދޮވެ ސާފުކޮށް ބެލެހެއްޓުން. 
 
- އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެސާފުކޮށް ބެލެހެއްޓުމާއި، މިސްކިތު ގޯތިތެރެއާއި މިސްކިތާ އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާއިވީފަޅި ކުނިކެހުމާއި ވިނަނޮޅުމާއި ކުނިއުކައިލުމުގެ މަސައްކަތްކުރުން. (މީގެތެރޭގައި މިސްކިތުގޯތިތެރޭގައި ހުންނަ ޤަބުރުސްތާނުތަކެއް ނުހިމެނެއެވެ.)
 
- މިސްކިތުގެ ވަޅުދިޔަހިއްކައި ސާފުކުރުމާއި، ފުރާޅުތަކުގެ ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުން.
 
- މިސްކިތަށް ލިބެމުންދާ ގެއްލުންތައް،  މުދިމު/ އިމާމު އަދި އިދާރާއަށް ޤަވާޢިދުން އަންގަމުން ގެންދިއުން.
 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ މަސައްކަތު ތަޖުރިބާ.
 
-  މަސައްކަތުގެ ހުނަރާއި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކުރުން.  
 
  | 
| 
 އިންޓަވިއުކުރުން: 
 | 
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ،  އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި، ރަސްމީ 10 ދުވަހުގެ ތޭރޭގައެވެ.
 
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޖްރިބާއަށް  ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުއަށް ދަޢުވަތުދޭނީ  ޝޯޓްލިސްޓްކުރާއިރު ހޮވޭ ފަރާތްތަކަށެވެ.
 
 
 | 
| 
 ހުށަހަޅަންޖެހޭ  ލިޔުންތައް: 
 | 
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
 
- ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއް މި ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
 
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަޜާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަޞްލު)
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަޞްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީވީ ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)
 
- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމް"
 
  | 
| 
 ތަކެތި ހުށަހަޅަންޖެހޭ އޮފީސް: 
 | 
 މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާއަށެވެ. 
 | 
| 
 ތަކެތި ހުށަހެޅުމުގެ ސުންގަޑި: 
 | 
 2015  ޖަނަވަރީ 27 ވާ  އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް. 
 | 
| 
   
ޢިނާޔަތްތައް: 
 | 
 - މި މަޤާމުގައި ވަޒީފާ އަދާކުރާ ފަރާތް އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. 
- ބަންދު ދުވަހުގެ ފައިސާ. 
- މަސައްކަތަށް ރަނގަޅުނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ.  
- އަހަރީ ޗުއްޓީގެގޮތުގައި ކޮންމެ އަހަރަކު 30 ދުވަހާއި، އާޢިލީ ޒިންމާގެ ޗުއްޓީގެ ގޮތުގައި 10 ދުވަސް ލިބޭނެއެވެ. 
 | 
| 
   
ނޯޓް: 
 | 
  މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. 
 | 
| 21 ރަބީޢުލްއައްޥަލް 1436 |