ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

އިޢުލާން

ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

ހދ. ކުޅުދުއްފުށީ ކެމްޕަހާއި، ގދ. ތިނަދޫ ކެމްޕަހާއި، ލ. ގަން ކެމްޕަހާއި، ސ. ހިތަދޫ ކެމްޕަހުގައި މި ފެކަލްޓީގެ ފަރާތުން ހިންގާ "އެޑްވާންސްޑް ސެޓްފިކެޓް އިން ލޭންގުވިޖް ޔޫޒް" ކޯހުގައި ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ. ލެކްޗަރަރުން ބޭނުންވާ މާއްދާތައް ހދ.ކުޅުދުއްފުށީ ކެމްޕަސް (ފޯން: 6527761) ، ގދ.ތިނަދޫ ކެމްޕަސް (ފޯން: 6842084) ލ.ގަން ކެމްޕަސް (ފޯން: 6800014) އަދި ސ.ހިތަދޫ ކެމްޕަސް (ފޯން: 6885053) އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

މިކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅުން މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ކެމްޕަސްތަކުގައެވެ.

ޝަރުޠު:

މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދެއްވުމުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

އުޖޫރަ: 

- ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

- މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނު ކަރުދާހަކަށް -/35 ރުފިޔާ

ސުންގަޑި:

މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2015 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ހދ. ކުޅުދުއްފުށީގައި ކިޔަވައިދެއްވުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ހދ. ކުޅުދުއްފުށީ ކެމްޕަހަށް، ގދ. ތިނަދޫގައި ކިޔަވައިދެއްވުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ގދ. ތިނަދޫ ކެމްޕަހަށް، ލ. ގަމުގައި ކިޔަވައިދެއްވުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ލ. ގަން ކެމްޕަހަށް، ސ. ހިތަދޫގައި ކިޔަވައިދެއްވުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ސ. ހިތަދޫ ކެމްޕަހަށް ސިޓީ ފޮނުއްވުން އެދެމެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް:

- ކޯސް ނިންމިކަމުގެ ލިޔުންތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3345177 ނުވަތަ 3345179 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015
ހޯދާ