ދިވެހިރާއްޖެ
|
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2023/106 |
|
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-20-23) PSM-GA/2023/19 |
އިޢުލާން
- ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނީގެ ރޭޑިއޯ ބިލްޑިންގ ގެ ސްޓޫޑިއޯ ޢިމާރާތުގެ ޕޯޓިކޯ އޭރިއާގަ ފުރަތަމަ ޝީޓް އާއެއްވަރަށް ޓްރަސްހަދާ ޑެގެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ހޯދުމަށް ކުރެވުނު (IUL) PSM-FP/ PSM/2023/48 އިޢުލާނާގުޅިގެން ހުށެހެޅުނު ޕްރޮޕޯސަލްތަކުގައި ފުރިހަމަ މަޢުލޫމާތު ހިމެނިފައިނުވާތީ އެއިޢުލާން ބާޠިލްކޮށް 2 ވަނަ ފަހަރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ
މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން ތަންބަލަން ބޭނުންވާ ފަރާތްތަކުން 24 އޭޕްރިލް 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް ޕީއެސްއެމް ރޭޑިއޯ ބިލްޑިންގ އަށް ހާޟިރުވެ ތަން ބެއްލެވުމަށް ދެންނެވީމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 03 މެއި 2023 ވާ ބުދަ ދުވަހުގެ 11:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒުމަގު) އަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
26 ރަމަޟާން 1444
17 އޭޕްރިލް 2023
