ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

އިޢުލާން

ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

ކުޅުދުއްފުށީ ކެމްޕަހާއި ތިނަދޫ ކެމްޕަހުގައި މި ފެކަލްޓީގެ ފަރާތުން ހިންގާ "ބެޗްލަރ އޮފް އާޓްސް އިން ދިވެހި ލޭންގުވިޖް" ކޯހުގައި ކިޔަވައިދެއްވާނެ ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ. ލެކްޗަރަރއިން ބޭނުންވާ މާއްދާތައް ކުޅުދުއްފުށީ ކެމްޕަސް (ފޯން: 6527761) އަދި ތިނަދޫ ކެމްޕަސް (ފޯން: 6842084) އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

މިކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅުން މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ކެމްޕަސްތަކުގައެވެ.

ޝަރުޠު:

މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

އުޖޫރަ:

- ނަންގަވާ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

- މާކްކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިޙާނު ކަރުދާހަކަށް -/35 ރުފިޔާ

މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2015 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ކުޅުދުއްފުށީގައި ކިޔަވައިދެއްވުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކުޅުދުއްފުށީ ކެމްޕަހަށް އަދި ތިނަދޫގައި ކިޔަވައިދެއްވުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިނަދޫ ކެމްޕަހަށް ސިޓީ ފޮނުއްވުން އެދެމެވެ.

އެޕްލިކޭޝަނާއެކު ހުށައަޅުއްވަންޖެހޭ ލިޔުންތައް:

- ކޯސް ނިންމިކަމުގެ ލިޔުންތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3345177 ނުވަތަ 3345179 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015
ހޯދާ