މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
މަރާމާތާގުޅޭ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން

 އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ މަރާމާތާގުޅޭ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

3 ފާޚާނާގެ މަރާމާތު.

މުވައްޒަފުން ތިބޭނެ ތަނެއް ހެދުން.

މަރާމާތާ ގުޅޭ އެހެނިހެން މަސައްކަތް.

ވީމާ، މިކަންކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖަނަވަރީ 2015ވާ ހޯމަދުވަހުގެ 14:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖަނަވަރީ 2015 ވާ ބުދަދުވަހުގެ 14:00އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މި ސްކޫލުގެ އޮފީސްގޭޓުން (އަމީރުއަޙްމަދު މަގު) ވަދެވަޑައިގެންނެވުން އެދެމެވެ.                                            

15 ޖަނަވަރީ 2015
ހޯދާ