ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އިންފޮމޭޝަން ޓެކްނޯލޮޖީ އެގްޒެކެޓިވް، އީ-ގަވަރމަންޓް އޮޕަރޭޝަންސް

ވަޒީފާގެ ފުރުޞަތު

މަޤާމު: އިންފޮމޭޝަން ޓެކްނޯލޮޖީ އެގްޒެކެޓިވް، އީ-ގަވަރމަންޓް އޮޕަރޭޝަންސް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އިންފޮމޭޝަން ޓެކްނޮލޮޖީ ސަރވިސް ޑިރެކްޓަރސް އެންޑް މެނޭޖަރސް

ރޭންކް: CS13-1

މުސާރަ: މަހަކު -/14,710 ރުފިޔާ

ސަރވިސް އެލަވަންސް: -/2,500 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް: މުސާރައިގެ %35

ވަޒީފާ އަދާ ކުރަންޖެހޭ ތަން: ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ ، ކ.މާލެ

ޑިވިޜަންގެ ނަން: އީ-ގަވަރމަންޓް އޮޕަރޭޝަން ޑިވިޜަން

ސެކްޝަންގެ ނަން: އީ-ގަވަރމަންޓް އޮޕަރޭޝަން

ފެންވަރު ނުވަތަ ޝަރުތު:

 1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއި ހިންގުމުގެ ދާއިރާގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
 2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއި ހިންގުމުގެ ދާއިރާގެ 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ޚުލާޞާ: ސަރުކާރާއި ދައުލަތުގެ މުވައްސަސާތަކުން ކުރައްވާ މަސައްކަތްތަކާއި ދެއްވާ ޚިދުމަތްތައް އިންފޮމޭޝަން ޓެކްނޯލޮޖީގެ އެހީގައި ހަރުދަނާ ކުރުމަށް ތައްޔާރުކޮށްފައިވާ ސިސްޓަމްސްތަކާއި އޮންލައިން އެޕްލިކޭޝަންސްތައް ރައްކާތެރިކަމާއެކު ފޯރުވައިދީ، ޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްޤީކޮށް ބެލެހެއްޓުން. އަދި ސަރުކާރުގެ އައި.ޓީ އިންފްރާސްޓްރަކްޗަރގެ ޚިދުމަތް އެއްފެންވަރެއްގައި ފޯރުވައިދިނުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި އުސޫލުތައް އޮފީހުގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެ މަތިން ކަނޑައަޅާއި ހިންގުން.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: 26 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ލިޔުމަކުންނެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 1. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެނީ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
 2. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ "ރިކްރޫޓްމަންޓް ޓޫލްކިޓް" ގައިވާ "އިންފޮމޭޝަން ޓެކްނޮލޮޖީ ޑައިރެކްޓަރސް، މެނޭޖަރސް، އެންޑް ސީނިއަރ އޮފިޝަލްސް" ގައިވާ ގޮތުމުގެ މަތިންނެވެ. މިގޮތުން:
 • ތަޢުލީމީ ފެންވަރު %30
 • ޕްރޮފެޝަނަލް ތަމްރީނު
 • މަސައްކަތުގެ ތަޖުރިބާ %30
 • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ސިފަތައް %30

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެ ތަން: މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައި ވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 2 ހަފުތާގެ ތެރޭގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައެވެ. އިންޓަރވިއުއާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނުކުރުމަށް ކަނޑައަޅާ ދުވަސް މި މުއްދަތުގެ ތެރޭގައި، 1 ދުވަސް ކުރިން ލިޔުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައި)
 2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
 3. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި
 4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭނެ ފޯނު ނަންބަރާއެކު)
 5. ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި އޮފީހުގެ ވެބްސައިޓް www.ncit.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެ އަދި މިއޮފީހުގެ ފްރަންޓް އޮފީހުންވެސް ލިބެން ހުންނާނެ)
 6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
 7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، ޢަމަލުކުރަންވީ ގޮތް: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344000 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3344004 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015
ހޯދާ