މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް އާންމުކުރުން

`

މިނިސްޓްރީ އޮފް އެޑިޔުކޭޝަން    

  މާލެ، ދިވެހިރާއްޖެ                                  ނަންބަރު : (IUL)22-EDF/22/2023/122 

             

އިޢުލާން

އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް

ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް އާންމުކުރުން:

މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ނަންބަރު (IUL) 01.22-EDF/22/2022/24 ފެބްރުއަރީ 2023 އިޢުލާނާ ގުޅިގެން، އެދުރުހިޔާ އާއި އެދުރުވެހިން ހުސްވެފައިވާ ފްލެޓްތައް ކުއްޔަށް ހިފުމަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަރުތީބު ވަގުތީ ލިސްޓް 2023 އެޕްރީލް 13 އިން ފެށިގެން ގެޒެޓްގައި ޝާއިޢު ކޮށްފީމެވެ. އަދި މި ލިސްޓް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ވެލާނާގެ 8 ވަނަ ފަންގިފިލާގެ ނޯޓިސްބޯޑް ގައާއި، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ/ އެދުރުހިޔާ 9 ވަނަ ފަންގިފިލާގެ ނޯޓިސް ބޯޑްގައި އަދި އެދުރުވެހީގެ ނޯޓިސް ބޯޑުގައި ބެހެއްޓުމުގެ އިތުރަށް، މިމިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv ގައި     2023 އެޕްރީލް 13 އިން ފެށިގެން ޝާއިޢު ކޮށްފީމެވެ.

ވީމާ، މި ދެންނެވި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، 2023 އެޕްރީލް 16 އިން ފެށިގެން ރަސްމީ ބަންދުނޫން 10 ދުވަހުގެ ތެރޭގައި، 2023 އެޕްރީލް 30 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 1:00 އަށް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑު ގެ އިދާރާ/ އެދުރުހިޔާ 9 ވަނަ ފަންގިފިލާގެ ކައުންޓަރަށް ވަޑައިގެން ނުވަތަ އީމެއިލް [email protected] އަށް ލިޔުމުން ޝަކުވާ ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341227 އަށް ނުވަތަ 3341232 ފޯނަށް ގުޅުއްވުން އެދެމެވެ.

22 ރަމަޟާން 1444

13 އެޕްރީލް  2023

-----------------------------------------------------------------------------------------------------------------------------

މި އިޢުލާން :

  • ދިވެހި ސަރުކާރުގެ ގެޒެޓް ގައި : 2023 އޭޕްރިލް 13 އިން 30 ގެ ނިޔަލަށް ޝާއިޢު ކޮށްދެއްވުން އެދެމެވެ.  
  • ދިވެހި ރާއްޖޭގެ އަޑުން : 2023 އޭޕްރިލް 15 އިން 20 ގެ ނިޔަލަށް ކޮންމެ ދުވަހަކު 1 ފަހަރު ބްރޯޑްކާސްޓް ކޮށްދެއްވުން އެދެމެވެ. 
13 އެޕްރީލް 2023
ހޯދާ