|
މަޤާމުގެ ނަން: އެސިސްޓެންޓް ކެރިއަރ ގައިޑަންސް އޮފިސަރ
|
މުސާރަ: -/4465 ރުފިޔާ
|
ސާރވިސް އެލަވަންސް: -/1500 ރުފިޔާ
|
|
ރޭންކް: ޖީ.އެސް 3
|
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު: 1
|
|
މަސައްކަތް ކުރަންޖެހޭ ތަން: ނެޝަނަލް ކެރިއަރ ގައިޑަންސް ސެންޓަރ، މާލެ.
|
|
ޝަރުޠު:
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.
|
|
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- އަތޮޅުތެރެއާއި މާލޭގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް ހިންގުމުގައި ބައިވެރިވުން.
- ޒުވާނުން ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް ހިންގާ ވާރކްޝޮޕްތައް ހިންގުމުގައި ބައިވެރިވުން.
- ސެކްޝަންގެ މާކެޓިންގގެ މަސައްކަތްތައް ކުރުން.
- ސެކްޝަންގެ ވެބްސައިޓް މެއިންޓެއިންކޮށް ބެލެހެއްޓުން.
- ހިންގޭ ޕްރޮގްރާމްތަކުގެ ސްޓެޓިސްޓިކްސް ބަލަހައްޓައި ރިޕޯޓް ތައްޔާރުކުރުން.
- ސެންޓަރުން ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވާނެ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރުން.
|
|
ނޯޓް:
- މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި ކެރިއަރ ގައިޑަންސްގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މި މަޤާމުތަކުގެ އިންޓަރވިއު އެއްމަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމުގައެވެ.
- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަރވިއުއަށް ހާޒިރުވާއިރުއެވެ.
|
- ސުންގަޑި: 2015 ޖަނަވަރީ 14 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން
- އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގޭގެ ތިންވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް.
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ވެބްސައިޓް އެޑްރެސް www.mhrys.gov.mv
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް
|