އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ ބޭނުމަށް ރަށުގެ އެކިއެކި ސަރަޙައްދު ބޭނުންކުރުމާބެހޭ

މިހާރަކަށް އައިސް އެކިފަރާތްތަކުން ރަށުގެ މަގުތަކާއި ބަނދަރު ސަރަޙައްދާއި އިޖްތިމާޢީ ސަރަޙައްދުތައް ކައުންސިލުގެ ހުއްދަނެތި ބޭނންކުރަމުން ގެންދިއުމާއި ރަށުގެ ޖަންގައްޔާއި ހޭޅިއާއި އެހެނިހެން ސަރަޙައްދުތައް ކޮށައި ސާފުކޮށް ތިމާވެށްޓަށް ގެއްލުން ލިބޭފަދަ ޢަމަލުތަކާއި، ރަށުގެ ރީތިކަންގެއްލޭފަދަ ޢަމަލުތައް ކުރަމުންގެންދާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާއި މިކައުންސިލުގެ އުސޫލުތަކާ ޚިލާފަށް ކުރެވޭ ކަންކަމަށް ވުމާއެކު، މިދަފަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތުން ނުހިންގުމަށް ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ. އަދި މިފަދަ ޢަމަލުތައް ކުރައްވަމުންގެންދަވާ ފަރާތްތަކާދޭތެރޭ ގަވާއިދުން ފިޔަވަޅު އަޅުއްވާނޭވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. އެއްވެސް ފަރާތަކުން އަމިއްލަ ބޭނުމެއްގައި ރަށުގެ ސަރަޙައްދެއް ބޭނުންކުރަންވާނީ ކައުންސިލުގެ ހުއްދަ ލިބިގެން އެކަމަށް ހަމަޖެހިފައިވާ އުސޫލުގެ މަތިންކަންވެސް މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

14 ރަބީޢުލްއައްވަލް 1436   

05 ޖަނަވަރީ 2015
ހޯދާ