ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ޤުރްއާން ޓީޗަރ
މަޤާމް: ޤުރްއާން ޓީޗަރ (ކޮންޓްރެކްޓް އުސޫލުން)
މަސައްކަތް ހަމަޖެހިފައިވާ ތަން: ތ. އަތޮޅު ތަޢުލީމީ މަރުކަޒު
ބޭނުންވާ އަދަދު: 1
ޝަރުޠު:
| 
 މަޤާމް  | 
 ރޭންކް  | 
 ކްލެސިފިކޭޝަން  | 
 ޝަރުޠު  | 
 މަޤާމުގެ އަސާސީ މުސާރަ  | 
 ސަރވިސް އެލަވަންސް  | 
| 
 ޓްރެއިންޑް ޓީޗަރ  | 
 GS04  | 
 ޓީޗިންގ ސަރވިސް އޮފިސަރ 1  | 
 - ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.  | 
 5020.00  | 
 2500.00  | 
| 
 
  | 
 MS 1  | 
 ޓީޗިންގ ސަރވިސް އޮފިސަރ 2  | 
 - ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.  | 
 5610.00  | 
 2500.00  | 
| 
 ގްރެޖުއޭޓް ޓީޗަރ  | 
 MS 2  | 
 ޓީޗިންގ ސަރވިސް އޮފިސަރ 3  | 
 - ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.  | 
 6295.00  | 
 2500.00  | 
| 
 ކޮލިފައިޑް ޓީޗަރ  | 
 MS 3  | 
 ޓީޗިންގ ސަރވިސް އޮފިސަރ 4  | 
 - ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ކިޔަވައިދޭ މާއްދާއަށް ހާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާސް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. - ޓިޗިންގ ސަރވިސް އޮފިސަރ ގްރޭޑް 3 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.  | 
 7035.00  | 
 2500.00  | 
| 
 
  | 
 MS 4  | 
 ޓީޗިންގ ސަރވިސް އޮފިސަރ 5  | 
 - ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ތަޢުލީމީ ދާއިރާއިން އިތުރު ބެޗްލަރސް ޑިގްރީއެއް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓެއް ނުވަތަ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް (ބެޗްލާރސް ޑިގްރީއެއް ނެތި) އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.  | 
 7875.00  | 
 2500.00 
  | 
| 
 
  | 
 EX 1  | 
 ޓީޗިންގ ސަރވިސް އޮފިސަރ 6  | 
 - ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ، - ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލާރސް ޑިގްރީއެއް އަދި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން މާސްޓާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ޓީޗިނގް ސަރވިސް އޮފިސަރ 5 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.  | 
 
  | 
 
  | 
| 
 
  | 
 Ex 2  | 
 ޓީޗިންގ ސަރވިސް އޮފިސަރ 7  | 
 - ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތަޢުލީމީ ދާއިރާއިން ޑޮކްޓޯރަލް ޑިގްރީއާއި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން. - ޓީޗިނގ ސަރވިސް އޮފިސަރ 6 ގެ މަޤާމުގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.  | 
 
  | 
 
  | 
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ޕްރައިމަރީ ގްރޭޑްގެ ދަރިވަރުންނަށް "ޤުރްއާން" މި މާއްދާ ކިޔިވައިދިނުން.
- ދަރިވަރުންގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވެގެން މަސައްކަތްކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ތ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބެން ހުންނާނެވެ.)
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީގެ އެޓެސްޓްކޮށްފައިވާ އަސްލު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީގެ އެޓެސްޓްކޮށްފައިވާ އަސްލު.
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް،
- ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ރޭންކު އެނގޭގޮތަށް، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުމެއް.
ސުންގަޑި: މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 ޖަނަވަރީ 15 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، ތ. އަތޮޅު ތަޢުލީމީ މަރުކަޒަށް ހުށަހެޅުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް: ފޯން - 6780015 ފެކްސް - 6780602 އީމެއިލް – [email protected]
ނޯޓް: މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
16 ރަބީޢުލްއައްޥަލް 1436
