މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ - ހެލްތު ޕްރޮޓެކްޝަން އެޖެންސީ

 

 

 

އިޢުލާން

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރ(IUL)23-HRD(LR)/23/2023/63  ގެ އިޢުލާނަށް އެކަށީގެންވާވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމު

ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު

                                                         J-234360

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1    

ޑިވިޝަން/ ސެކްޝަން

އިންޓަރނޭޝަނަލް ބޯރޑަރ ހެލްތު ސެކްޝަން / މާލޭ ސީޕޯޓް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މާލޭ ސީޕޯޓް  (ހެލްތް ޕްރޮޓެކްޝަން އެޖެންސީ)

މުސާރަ

-/5,610 ރުފިޔާ

ސަރވިސް އެލަވަންސް

-/2,500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ
  4. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35%

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1.އާންމުޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު،އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް، ބަނދަރުތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤަވާއިދު އަދި އުސޫލުތަކާ އެއްގޮތަށް، ރާއްޖެއިން ބޭރުން އަންނަ އަދި ފުރާ އުޅަނދުފަހަރަށް ހެލްތް ކްލިއަރެންސް ދިނުމުގެ މަސައްކަތްތައް އުޅަނދަށް އަދި ބަނދަރަށް ގޮސްގެން ފުރިހަމަކުރުން. 

2.އާންމުޞިއްހަތު ރައްކާތެރިކުރުމުގެޤާނޫނު،އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް، ބަނދަރުތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށް،ރާއްޖެއިން ބޭރުން އަންނަ ފަޅުވެރިންނާއި އަދި ދަތުރުވެރީންނާއި ގުޅޭގޮތުން ޞިއްޙީގޮތުން ސާރވައިލަންސް އަދި ސްކްރީންކުރުމުގެ މަސައްކަތް ފުރިހަމަކުރުން.

3. އާންމުޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު،އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް، ބަނދަރުތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤަވާއިދު އަދި އުސޫލުތަކާ އެއްގޮތަށް، ވައިގެ އުޅަނދުފަހަރުގެ ޑިސްއިންސެކްޝަން މަސައްކަތް އަދި ކަނޑުގެ އުޅަނދުފަހަރު ފިއުމިގޭޝަން ކަންކަން ޗެކުކޮށް އުޅަނދުގެ ކެޕްޓަން ނުވަތަ އެޖެންޓަށް އަންގަންޖެހޭ ކަންކަން އެންގުން.

4. އެއާރޕޯރޓް އަދި ސީ-ޕޯރޓްތަކުގެ ބަނދަރުގެ ސަރަހައްދުގައި ހުންނަ އިމާރާތްތަކާއި، މުދަލާއި ކުނި ޖަމާވާ ތަންތަނާއި އެނިހެންވެސް ޞިއްޙީ މިންގަނޑުތަކާއި، ވެކްޓަރ ކޮންޓްރޯލް، ސެނިޓޭޝަން އަދި އާންމު ޞިއްޙަތާއި ގުޅުންހުރި ކަންތައްތައް އިންސްޕެކްޝަން އުސޫލުން ބަލާ ޗެކްކޮށް ވަގުތުން ޑޮކިއުމަންޓް ކުރުމަށްފަހުގައި ލިޔުމުން ރިޕޯރޓުކޮށް އަޅަންޖެހޭ ފިޔަވަޅު އަވަހަށް އެޅުން. 

5. ސަރަޙައްދުތަކުގައި ގާއިމުކުރެވިފައިވާ ޕޯރޓް ހެލްތު ޔުނިޓްތަކާއި ޕަބްލިކް ހެލްތު ޔުނިޓްތަކުން ދެމުން އަންނަ ޕޯރޓް ހެލްތާއި ގުޅުން ހުރި މަސައްކަތްތަކުގައި، ފަންނީގޮތުން އެހީތެރިވެ ޚިދުމަތް ދޭގޮތް މޮނީޓަރ ކުރުމާއި އަދި ސެންޓްރަލީ ރިކޯޑް ބަލަހައްޓައި ވިލަރެސްކުރުމުގެ މަސައްކަތް ފުރިހަމަކޮށް ޑްރާފްޓް ރިޕޯރޓް ތައްޔާރުކޮށް ސުޕަވައިޒަރަށް ފޮނުވައި ފޮލޯއަޕް ހެދުން.

6. ފަންނީ އަދި އިދާރީ މަސައްކަތްތަކާއި، ވޯކްޝޮޕް އަދި ތަމްރީންތަށް އިންތިޒާމުކުރުމުގައި ސުޕަވައިޒަރުހަވާލުކުރާ މަސައްކަތް ފުރިހަމަކޮށް އެފަދަ މަސައްކަތްތަކުގެ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި އަމިއްލަ އިސްނެގުމާއެކު މަސައްކަތްތައް ނިންމުން، އަޕްޑޭޓް ދިނުން އަދި ހޭންޑްއޯވަރ ދިނުން. 

7. މަސައްކަތްކުރާ ޔުނިޓުގެ އިދާރީ މަސައްކަތްތަކާއި އަދި އޮޕަރޭޝަނަލް މަސައްކަތްތައް ތަރުތީބުކޮށް ހިންގުމުގެ މަސައްކަތް ކުރުމާއިއެކު އިސްކޮށް މަސައްކަތް ކޮށް،ޚިދުމަތް މެދުނުކެނޑޭނޭ ގޮތަށް މުވައްޒަފުން ހަމަޖެއްސުމުގައި ސުޕަވައިޒަރަށް ލަފާ ދިނުމާއި އެހީތެރިވެދިނުން.

8. އާންމުޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު،އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް، ބަނދަރުތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤަވާއިދު، އުސޫލުތަކާއި އަދި އިރުޝާދުތަކާއި އެއްގޮތަށް، ޑެޑްބޮޑީއާ ގުޅޭ ކްލިއަރަންސް ދިނުމާއި އަދި ބައްޔަކަށް ނުވަތަ ޞިއްޙީ ނުރައްކަލަކަށް ވެދާނެކަމަށް ޝައްކުކުރެވޭ ފަދަ ކަންކަން ކުރީބައިގައި ދެނެގަތުމާއި، ބަލާ ފާސްކުރުމާއި އަދި ރިޕޯރޓުކުރުން.

9.ބަލިބައްޔާއި އަދި ކާބޯތަކެއްޗާއި ގުޅޭ އެލާރޓްތަކާއި އިރުޝާދުތަކާއި ،ސާރވައިލަންސް   ސްޓެޓިސްޓިކްސް،އިންސްޕެކްޝަން ޗެކް ޝީޓް، އޮފީހުގެ ރަސްމީ މުއާމަލާތް ތަކާއި، ޔައުމިއްޔާ، އަހަރީ، މަންތްލީ ރިޕޯރޓުތަކާއި އަދި މަސައްކަތްތަކުގެ ރިކޯޑްތަކަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ވެރިފައިކޮށް ސުޕަވައިޒަރާއި މުވައްޒަފުންނަށާއި އަދި ކަމާބެހޭ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށް ދިނުން. 

10. ޤަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް، އިންވެންޓްރީ، މުދަލާއި އަދި ތަކެއްޗަށް އެދުމާއި އަދި ހަވާލުވެ ބެލެހެއްޓުމަށް ސުޕަވައިޒަރު ކަނޑައަޅާ މުވައްޒަފުން މެދުވެރިކޮށް މަސައްކަތް ފުރިހަމަ ކުރުމާއި، މުދަލާއި ތަކެތީގެ ލިސްޓް އަދާހަމަ ކުރުމާއިއެކު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ސުޕަވައިޒަރާއި އިދާރީ ބަޔަށް ލިޔެކިޔުން ފޮނުވުން. 

11. ޤަވާއިދުގެ ދަށުން ޚިދުމަތް ދޭންޖެހޭ ފަރާތްތަކާއި ފިޔަވަޅު އެޅޭ ފަރާތްތަކުން ހޯދާ މަޢުލޫމާތުތަކުގެ ޞައްހަކަން ކަށަވަރުކުރުމަށްފަހު، ނަގަންޖެހޭ ޚިދުމަތުގެ ފީ އަދި ޖޫރިމަނާ ފީ ނެގުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ކަމާއިބެހޭ އިދާރާއަށް މި ފައިސާ ދައްކާފައިވާކަން ކަށަވަރު ކުރުމަށްފަހުގައި އުސޫލުގެ ތެރެއިން ޚިދުމަތް ދިނުން. 

12. ޞިއްޙީ ކާރިސާތަކުގައި އަދި ޚާއްސަ އޮޕަރޭޝަންސްތަކުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ހަވާލުކުރާ މަސައްކަތް ފުރިހަމަކުރުން.

 

މަޤާމުގެ ޝަރުތުތައް

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ކޮމިއުނިޓީ ހެލްތު
  • ޕަބްލިކް ހެލްތު

 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިން:

  • ކޮމިއުނިޓީ ހެލްތު
  • ޕަބްލިކް ހެލްތު

 

ގުޅޭ ވަޒީފާގެ ދާއިރާ

  • ހެލްތު ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

6.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 16 އޭޕްރީލް2023ވަނަ ދުވަހުގެ 12:30ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އަދި އިންޓަރވިއު އޮންނާނީ،2023 އެޕްރީލް މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން،އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014416 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                                             

                              

                                                                               

 

 

                                                                   

06 އެޕްރީލް 2023
ހޯދާ