ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިބަހުން ދައްކާ ވާހަކަ ތާނައިން ލިޔުން އޮޓަމޭޓް ކުރާ ޓެކްނޮލޮޖީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ދިވެހިބަހުން ދައްކާ ވާހަކަ ތާނައިން ލިޔުން އޮޓަމޭޓް ކުރާ ޓެކްނޮލޮޖީ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު 198-F/2021/211 އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތައް އިވެލުއޭޝަންގެ ދެވަނަ މަރުހަލާއިން ފާސްވެފައި ނުވާތީ، މަޢުލޫމާތު ޝީޓު ބަދަލުކޮށް މި މަސައްކަތައް އަލުން އިޢުލާނު ކުރަމެވެ.

މިކަމާއިބެހޭ މަޢުލޫމާތު ޝީޓު މި އިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ. މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް، މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 11 އޭޕްރިލް 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 13 އޭޕްރިލް 2023 ވަނަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ރަމަޟާން 1444

03 އެޕްރީލް 2023
ހޯދާ