ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ
ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ހއ. އުތީމު ގަނޑުވަރުގެ ދިދަދަނޑި އަމިއްލަ ތަކެތީގައި، މި ޑިޕާޓްމަންޓުގެ ލަފާއާ އެއްގޮތްވާގޮތަށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު: IUL)222-HMC/1/2014/13ފ(14 ޑިސެންބަރު 2014) ގެ އިޢުލާނަށް އެއްވެސް ފަރާތްތަކުން ކުރިމަތިލާފައިނުވުމާ ގުޅިގެން، މި އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
| 
 | ތަން | ދުވަސް | ތާރީޚު | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު، ހއ. އުތީމު | އަންގާރަ | 13 ޖެނުއަރީ 2015 | 10:00 | 
| އަންދާސީހިސާބު ހުށަހެޅުން | ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު، ހއ. އުތީމު | ބުރާސްފަތި | 15 ޖެނުއަރީ 2015 | 10:00 | 
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
17 ރަބީޢުލްއައްވަލް 1436
 
                    