މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހުޅުމާލޭގައި ހުރި އޮރެންޖް ހިޔާ ޢިމާރާތުގެ 3 ވަނަ ފަންގިފިލާގެ ނެޓްވޯރކް އެޅުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހުޅުމާލޭގައި ހުރި އޮރެންޖް ހިޔާ ޢިމާރާތުގެ  3 ވަނަ ފަންގިފިލާގެ ނެޓްވޯރކް އެޅުމުގެ މަސައްކަތްތައް  ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 02 އޭޕްރިލް  2023 ވާ އާދިއްތަ ދުވަހުން ފެށިގެން 11 އޭޕްރިލް  2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިޢުލާނާއި ގުޅޭ ޕްރީބިޑް މީޓިންގ 10 އޭޕްރިލް 2023 ވާ ހޯމަދުވަހުގެ ހެނދުނު 11:00 ގައި ހުޅުމާލޭ އޮރެންޖް ހިޔާގައި އޮންނާނެއެވެ.  މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 އޭޕްރީލް 2023 ވާ ބުދަ ދުވަހު ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

11 ރަމަޟާން  1444

02 އެޕްރީލް 2023
ހޯދާ