ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ރިސޯސް ޓީޗަރ (ޤުރްއާން)

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި މަދަރުސާގެ ތިރީގައިމިވާ މަޤާމަށް ބޭނުންވާތީ، އެ މަޤާމަށް ކުރިމަތިލުމަށް ޝަވްޤުވެރިވާ ފަރާތްތަކަށް ޢާންމުކޮށް ފުރުޞަތު ހުޅުވައިލަމެވެ.

* މަޤާމު: ރިސޯސް ޓީޗަރ (ޤުރްއާން)

* މަޤާމު އޮތްތަން: ގދ. އަތޮޅު މަދަރުސާ

* ވަޒީފާ އަދާކުރަންޖެހޭ ތަން: ގދ. އަތޮޅު މަދަރުސާ، ގދ.ގައަދޫ

* މަޤާމުގެ މުއްދަތު: މަޤާމު ހަމަޖެހޭ ތާރީޚުން ފެށިގެން، މަޤާމަށް ޝަރުޠުހަމަވާ މީހަކު ލިބެންދެން (3 މަސްދުވަހުން ތިންމަސްދުވަހުން ކޮންޓްރެކްޓް ކުރާގޮތަށް)                                                                              

* މަޤާމުގެ ޝަރުޠު، ރޭންކް، ކްލެސިފިކޭޝަން، އަސާސީ މުސާރަ، ސަރވިސް އެލަވަންސް

މަޤާމް/ ނަންބަރު

ބޭނުންވާ އަދަދު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ރިސޯސްޓީޗަރ /

ޓްރެއިންޑް ޓީޗަރ / ގުރެޖުއޭޓް ޓީޗަރ / ކޮލިފައިޑް ޓީޗަރ

 

GS3

ޓީޗިންގ ސަރވިސް އޮފިސަރ 1 ގެ ޝަރުޠު ހަމަނުވާ

ޤާރީ ކޯހުގެ ލެވެލް 2 ނުވަތަ 3 ގެ ސެޓްފިކެޓް ހާސިލުކޮށްފައިވުން.

4000.00 ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް، ނަގާ ކޮންމެ ޕީރިއަޑަކަށް -/60 ރުފިޔާގެ މަގުން.

 

 

 

 

 

 

1

GS4

ޓީޗިންގ ސަރވިސް އޮފިސަރ 1

ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

5000.00 ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް، ނަގާ ކޮންމެ ޕީރިއަޑަކަށް -/60 ރުފިޔާގެ މަގުން.

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

5610.00 ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް، ނަގާ ކޮންމެ ޕީރިއަޑަކަށް -/60 ރުފިޔާގެ މަގުން.

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.

6295.00 ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް، ނަގާ ކޮންމެ ޕީރިއަޑަކަށް -/60 ރުފިޔާގެ މަގުން.

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

- ކިޔވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

7035.00 ރުފިޔާއަށްވުރެ އިތުރުނުވާގޮތަށް، ނަގާ ކޮންމެ ޕީރިއަޑަކަށް -/60 ރުފިޔާގެ މަގުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. މި މަދަރުސާއިން ހަމަޖައްސާ ކިލާސްތަކަށް ޤުރްއާން ކިޔަވައިދިނުން.

2. ކިޔަވައިދިނުމުގެ ކުރިން، ކިޔަވައިދިނުމަށްޓައި ތައްޔާރުކުރަންޖެހޭ ސްކީމްތަކާއި ލެސަން ޕްލޭންތައް ތައްޔާރުކުރުން.

3. ކިޔަވައިދެވޭގޮތުގެ މަޢުލޫމާތު ކިލާސް ރެކޯޑްތަކުގައި ދުވަހުން ދުވަހަށް ލިޔުން.

4. ދަރިވަރުންގެ ފެންވަރު ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.

5. ދަރިވަރުންނަށް އެކަށީގެންވާ ތަޢުލީމެއް ދިނުމަށް މަދަރުސާގެ އެހެން ޓީޗަރުންނާއި ލީޑިންގ ޓީޗަރުންގެ އެހީތެރިކަން ހޯދައިގެން ކިޔަވައިދިނުމާ ގުޅޭ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިޔުން.

6. ދަރިވަރުންގެ ތެރެއިން އުނގެނުމުގެ ފެންވަރު ދަށް ކުދިންނަށް އިތުރު އެހީދޭ ކިލާސްތައް ނަގައިގެން، އެފަދަ ކުދިންގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.

7. ދަރިވަރުންގެ ކިޔެވުމާއި ސްލޫކީ މިންގަނޑާބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ބެލެނިވެރިންނާ ހިއްސާކުރުން.

8. ދަރިވަރުންނަށް ރަނގަޅު ނަމޫނާއަކަށް ވުމަށްޓާކައި ތިމާގެ އުޅުން، ދަރިވަރުންނާއި ބެލެނިވެންނާއި މުޖުތަމަޢު ބަލައިގަންނާނެފަދަ ރަނގަޅު ގޮތަކަށް ބެހެއްޓުން.

* މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްޓައި ބެލެވޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްޓައި ބެލެވޭނީ، ތިރީގައިމިވާ ބައިތަކަށް ޕޮއިންޓްދިނުމަށްފަހު، އޭގެތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ، ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާގޮތަށެވެ. އެ ބައިތަކަކީ:                                                                                          

* ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް %50

* މަސައްކަތުގެ ތަޖުރިބާއަށް

* މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށް %34

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފުރިހަމަކޮށްފައިވާ ސިޓީއެއް، ތިރީގައިވާ ލިޔުންތަކާއެކު، 2015 ޖަނަވަރީ 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން، މި މަދަރުސާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފުރިހަމަކޮށްފައިވާ ސިޓީއެއް.                                                                                          

2. ލިބިފައިވާ ތަޢުލީމީ ސަނަދުތަކާއި ފާސްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީފަރާތަކުން ނުވަތަ ޤާނުނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނުނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ)

4. ކިޔަވައިދިނުމުގެ ރޮނގުން ތަޖުރިބާ ލިފައިވާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުންތައް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނުނީ އޮފީހަކުން ތައްގަނޑު ޖަހާފައިވާ)

 5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރަކާއެކު)

އިންޓަވިޔުކުރުން

1. މި މަޤާމަށް ކުރިމަތިލާ ފަތާތްތަކުގެ ތެރެއިން އިންޓަވިޔުކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

2. އިންޓަވިޔު އޮންނާނީ ގައްދޫ ކައުންސިލް އިދާރާގައެވެ.

3. އިންޓަވިޔުއަށް ހޮވޭ ފަތާތްތަކަށް، އިންޓަވިޔު ބޭއްވޭނެ ތަނާއި، އިންޓަވިޔުކުރުން އޮންނަ ތާރީޚާއި ގަޑި، މި މަދަރުސާއިން، ލިޔުމުން އަންގާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރަން ގުޅާނީ، ސަރުކާރު ބަންދުނުން ދުވަސްތަކުގެ ރަސްމީ ގަޑީގައި  7983083 ނަންބަރު ފޯނާއި ނުވަތަ 7976736 ނަންބަރުގެ މޯބައިލް ފޯނާއެވެ.

އެހެނިހެން މަޢުލޫމާތު

1. މި މަޤާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 55 އަހަރު ވެފައިވާ ފަރާތްތަކަށް ވެގެން ނުވާނެއެވެ.

2. ވަޒީފާއަށް އެދި ހުށަހަޅަންޖޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.

3. އެކްރެޑިޓްނުކޮށާއި، އެޓެސްޓްނުކޮށް ހުންނަ ސެޓްފިކެޓްތަކާއި ލިޔުންތަކަށް މާކުހެއް ނުދެވޭނެއެވެ.  

15 ރަބީޢުލްއައްޥަލް 1436

06 ޖަނަވަރީ 2015
ހޯދާ