ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ ރެފަރެންސް ފޮތް ގަތުމާއި ގުޅޭ

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ ރެފަރެންސް ފޮތް ގަތުމާއި ގުޅޭ

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ ރެފަރެންސް ފޮތް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުޅުވުން.

މި އިޢުލާން އާއި ގުޅިގެން ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

 

ޕާފޯމަންސް ގެރެންޓީ

މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށަހަޅާފައިވާ އަގު ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑު ކަމުގައިވާނަމަ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި  ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

10 އެޕްރިލް 2023 10:30އަށް

އަންދާސީ ހިސާބު ހުށަހެޅުން

10 އެޕްރިލް 2023ގެ 11:30 އަށް

 

08 ރަމަޟާން 1444

30 މާރިޗު 2023
ހޯދާ