މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ބަލިމީހުން ބަލަހައްޓާ,ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ކ. ގުރައިދޫ

އިޢުލާނު

 

މަޤާމު:

ބަލިމީހުން ބަލަހައްޓާ

މަޤާމުގެ ނަންބަރު:

J-315072, J-377721, J-377722, J-377723

ބޭނުންވާ އަދަދު:

04 (ހަތަރެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު،ކ. ގުރައިދޫ 

މުސާރަ:

3100 ރުފިޔާ

ސަރވިސް އެލަވަންސް:

1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/1200ރުފިޔާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ 1085.00ރުފިޔާ.
  • މިނިމަމް ވޭޖް އެލަވެންސްގެ ގޮތުގައި 832 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ކާންދިނުމުގައި ކަޑައެޅިފައިވާ މެނޫއާއި ސްޕަވައިޒަރުގެ މަޝްވަރާއާއި އެއްގޮތަށް ފަރުވާތެރިކަމާއެކު ކާންދިނުން. އަދި ކާގަޑިތަކުގައި ހިފާގެންގުޅޭ ތަކެތި ރަނގަޅަށްދޮވެ، ރައްކާތެރިވާފަދަ ގޮތަކަށް ކާންދިނުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ބޭނުންކުރާ އަންނައުނު އަބަދުވެސް ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަންދީ މަސައްކަތްކުރުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ބޭނުންކުރާ ފާޚާނާތަށް ސާފުތާހިރުކޮށް ބެލެހެއްޓުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ނިދުމާއި، އަރާމްކުރުންފަދަ ކަންތައްތަކަށް ބާރުއަޅުވާ އެހީތެރިވެދީ ހެދުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ނިދާތަންމަތި ސާފްކޮށް ބެލެހެއްޓުމާއި ދުވާލަކު މަދުވެގެން ދެފަހަރު އެނދުތަންމަތި ރީތިކުރުމާއި ހަޑިވާ ތަކެތި ބަދަލުކުރުން. (މަސައްކަތު އެހީތެރިވެދިނުން)
  • މަރްކަޒުގައި ހުންނަ ވޯރޑްތަކުގައި ބޭނުންކުރާ ބެޑްޝީޓް ބާލީހުއުރަ، އަންނައޮނު ތުވާލި ފަދަ ތަކެތި ދޮވެސާފްކުރުމަށް ލޯންޑްރީއާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައް ފަރުވާތެރިކަމާއެކު ކުރުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ފެންވެރުވުމަށާއި، ރީތިވުމަށް ބޭނުންވާ ތަކެތި ރަނގަޅަށް ބަލަހައްޓާ އިސްރާފުނުވާނެ ގޮތުގެމަތިން އެތަކެތި ބޭނުންކުރުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް އަންނައުނު ކޮންމެމީހަކަށްވެސް ވަކިން ބޭނުންކުރެވޭނެ ގޮތަކަށް ބާރުއަޅާ ރައްކާތެރިކަމާއެކު އެތަކެތި ބެލެހެއްޓުން.
  • އަމިއްލައަށް ކަންކަންކުރެވޭ ހާލަތުގައި ތިބި ކްލައިންޓުންނަށް އަމިއްލަ ސާފުތާހިރުކަން ބަހައްޓާނެގޮތް އެފަރާތްތަކަށް ދަސްކޮށްދިނުމާއި އެހީތެރިވުމާއި، އެމީހުން ތާހިރުވެގެން ތިބީ ކަށަވަރުކުރުން.
  • ކްލައިންޓުންގެ ހުރި ހުނަރުތައް ފާހަގަކޮށް އެ އެހުނަރުތަކުގެ ބޭނުން ހިފޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކުރުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންގެ ތެރެއިން އަމިއްލައަށް ކަންކަންކުރެވޭ ހާލަތުގައި ތިބި ކްލައިންޓުންނަށް އެފަރާތްތަކަށް ކުރެވޭނެކަހަލަ ކަންކަން އެފަރާތްތަކަށް ހިއްވަރުދީގެން ކްލައިންޓުންލައްވައި ކުރުމަށް އެހީތެރިވުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންގެ ތެރެއިން ދާންމަތިކުރެވިފައިވާ މީހުންނާއި، އަމިއްލައަށް ކަންކަން ނުކުރެވޭ ކުޑަކުދިންނާއި މީހުން، ކޮންމެ 24 ގަޑިއިރުން މަދުވެގެން ދެފަހަރު ދަތްއުނގުޅުވާ ރަގަޅަށް ފެންވަރުވާ ރީތިކުރުން. މިކަންކުރުމުގައި އޯގާތެރިކަމާއި، މަޑުމައިތިރިކަމާއެކު އަޅާލާމީހެއްގެ ގޮތުގައި މަސައްކަތްކުރުމަށް ސަމާލުކަންދީގެން ކުރުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ކަޑައެޅިފައިވާ ވަގުތުތަކުގައި ބޭސްދިނުމާއި، ފަރުވާދިނުމުގައި ގާތްކަމާއިއެކު ސިއްޙީ ޚިދުމަތް ތެރިންނަށް އެއްބާރުލުންދީ އަޅާލާ އެހީތެރިކަން ދިނުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނާއި ގިނަގިނައިން ވާހަކަދައްކާ ރުހޭގޮތަކަށް ވާންހުންނަ ކަންތައްތައް ކޮށްދީގެން މުނިފޫހިފިލުވުމާއި، މަޖާގޮތެއްގައި ގެންގުޅުމަށް އިޚްލާސް ތެރިކަމާއެކު މަސައްކަތް ކުރުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނާއެކު ކުރަންޖެހޭ ދަތުރުތަކާއި ދާންޖެހޭތަންތަނަށް ދިއުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިން ވޯޑުން ބޭރުގައި އުޅޭ ވަގުތުތަކުގައި ޚާއްޞަ ސަމާލުކަންދީގެން ވާނުވާބެލޭނެފަދަ އިންތިޒާމެއް ރާވައިގެން މަސައްކަތްކުރުން.
  • މަރުކަޒުގައި ބަލަހައްޓާ ފަރާތެއް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ބަލަހައްޓަން ޖެހޭ ހާލަތެއް ދިމާވެއްޖެނަމަ، ސެންޓަރުގައި އިސްކޮށް މަސައްކަތްކުރާ ވެރިޔާ ހަމަޖައްސާ އުޞޫލެއްގެ މަތިން ހޮސްޕިޓަލްތަކުގައި އެފަރާތްތައް ކައިރީ ޑިއުޓީކޮށް، އެންމެހާ ކަންކަން ބެލެހެއްޓުން.     
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންގެ ހާލަތު އަބަދުވެސް އެނގޭފަދަ ގޮތަކަށް ޑިއުޓީތަކުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ރާވައިގެން ކުރުން.      
  • ވޯޑްތެރެއާއި، މާހައުލު އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުން. އަދި ފާޚާނާތަކާއި، ތަޅުންގަނޑު އެންޓިސެޕްޓިކް ލިކުއިޑެއް ބޭނުންކޮށްގެން މަދުވެގެން ދުވާލަކު 2 ފަހަރު ސާފްކުރާކަމާއި މީގެ އިތުރުންވެސް ހަޑިވާ ޙާލަތްތަކުގައި އަބަދުވެސް ސާފުތާހިރުކަންމަތީ ހުންނަކަން ކަށަވަރު ކުރުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ބޭނުންކުރާތަކެއްޗާއި ވޯރޑްގައި ބޭނުންކުރާ ތަކެތީގެ ތެރެއިން ކުނީގެ ގޮތުގައި އުކާލެވޭތަކެތި ރައްކާތެރިގޮތެއްގައި ނައްތާލުން.
  • ކާތަކެތި އުފުލުމާއި ކާންދިނުމުގައި ސިއްހީގޮތުން ރައްކާތެރިކަމަށް ބަލައިގެން ފަރުވާތެރިކަމާއެކު ކުރުން.
  • ޚިދުމަތުގައި ބޭނުންކުރާ މެޝަނަރީއާއި ހިފާގެންގުޅޭ ތަކެއްޗާއި، ފަރުނީޗަރާއި، އަންނައުނު ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންގެ ޙާލަތާއި ގުޅޭގޮތުން މަރުކަޒުން ހިންގާ އެކިއެކި ހަރަކާތްތަކާއި، މަސައްކަތްތަކާއި، ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  • މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ޑރ ދީފައިވާ ޕްލޭނުގައި ހިމެނޭ ކަންތައްތަކުގެ މަރުކަޒުންދޭ އިރުޝާދާއެކު ފަރުވާތެރިކަމާއެކު ކުރުން.
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް ގެއްލުންވާފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާކަން ނުވަތަ އެފަދަ ކަމެއް ފެނި ނުވަތަ އެނގިއްޖެނަމަ އެކަމެއް އަންގަންޖެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
  • ކްލައިންޓުންގެ ކިބައިން ކަންބޮޑުވާންޖެހޭފަދަ ކަންކަން ފާހަގަވާނަމަ ލަސްނުކޮށް ސުޕަވައިޒަރަށް ޙިއްސާކުރުން
  • މަރްކަޒުގައި ބަލަހައްޓާ ކްލައިންޓުންގެ ސާފުތާހިރުކަމަށް ސަމާލުކަންދީ ހުރިހާ ވަގުތެއްގައިވެސް އެފަރާތްތައް އުޅޭ ސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުން.
  • މަރްކަޒުގައި ބަލަހައްޓާ ކްލައިންޓުން ބެލެހެއްޓުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މުޢާމަލާތް ކުރާއިރު އެފަރާތްތަކާއި އަދަބުވެރިކަމާއި، މަޑުމައިތިރިކަމާއެކު މުޢާމަލާތް ކުރުމާއި، މުޢާމަލާތް ކުރުމުގައި އަދަބާ ޚިލާފު ބަސްތަކާއި، އަޚްލާޤީ މިންގަނޑާ ޚިލާފު ދަށުދަރަޖައިގެ ބަސްތައް ބޭނުން ނުކުރުން. އަދި މިފަރާތްތަކާއި މުޢާމަލާތް ކުރާއިރު ހަރުކަށި އަދި ދަށު ދަރަޖައިގެ ބަސްތައް ބޭނުން ނުކުރުން.
  • މަރްކަޒުގައި ބަލަހައްޓާ ކްލައިންޓުން ބަލަހައްޓަމުން ދާއިރު އެފަރާތްތަކުގެ ސިއްޙަތަށް ގެއްލުންވާފަދަ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ނުދިނުން.
  • ސެންޓަރުގައި ބަލަހައްޓާ ކްލައިންޓުން ބެލެހެއްޓުމުގެ މަސައްކަތުގައާއި، ރަސްމީ ޑިއުޓީގަޑީގައި ސެންޓަރުގެ އެތެރޭގައި އަދި ސެންޓަރުން ބޭރުގައި އުޅެންޖެހޭ ހާލަތްތަކުގައިވެސް، މުޢާމަލާތުކުރުމުގައި މުޖުތަމަޢު ޤަބޫލުކުރާ މިންގަނޑެއްގައި އަޚްލާޤީ މިންގަނޑު ބެހެއްޓުން.
  • ވޯރޑްތަކުގައި ބޭނުންކުރާ ތަކެތީގެ ހިސާބު ކިތާބު ބެލެހެއްޓުން.
  • މަރްކަޒަށް ގެންނަ މީހުންނާއި ކުދިން ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ގަވާއިދުތަކަށް ފަރުވާތެރިކަމާއެކު އަމަލުކުރުން.
  • މަސައްކަތުގެ ދާއިރާގައި މުވައްޒަފުން އަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުން.
  • އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުމާއި އެކު މަސައްކަތްކުރުން.
  • މުވައްޒަފެއް ސަލާމް/ޗުއްޓީ އެއްގައި ހުރެއްޖެ ހާލަތެއްގައި ސެންޓަރު ޙަވާލުވެ ހުންނަވާ ބޭފުޅެއްގެ އިރުޝާދުގެ ދަށުން އަންގާ މަސައްކަތްތައް ކުރުން.
  • މިނިސްޓްރީގެ އެހެން ދާއިރާއެއްގައި މަސައްކަތް ކުރަންޖެހޭ ޙާލަތްތަކުގައި ހަމަޖައްސާފައިވާ އުސޫލްގެ ދަށުން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން އެނގުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އޭޕްރީލް 2023 ގެ 13:00 ގެ ކުރިން،

ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ކ. ގުރައިދޫ އަށް ނުވަތަ ( ([email protected]މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  09 އޭޕްރީލް 2023 އާއި 09 މެއި 2023 އާ ދެމެދު، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒު، ކ.ގުރައިދޫ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

08 ރަމަޝާން 1444                              

30 އޭޕްރީލް 2023                               

29 މާރިޗު 2023
ހޯދާ