ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
15 ކްލާސް މޭޒު ޖެހުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ކްލާސްރޫމްތަކަށް ބޭނުންވާ 15 ކްލާސް މޭޒު ޖެހުމަށް ބޭނުންވެގެން ކުރެވުނު މި ސްކޫލުގެ ނަންބަރު 2014/84/JS-B އިޢުލާނާ ގުޅިގެން ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ހޯދަން ހާޒިރުވެފައިވަނީ އެންމެ 2 ފަރާތަކުން ކަމަށްވާތީ، ކްލާސްތަކަށް ބޭނުންވާ 15 ކްލާސް މޭޒު ޖަހައިދޭނެ ފަރާތެއް ހޯދަން އަލުން ފުރުޞަތު ހުޅުވާލި ވާހަކަ ދެންނެވީމެވެ.

ވީމާ، ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް 15 ކްލާސް މޭޒު ޖެހުމަށް ބޭނުންވެލައްވާ ފަރާތްތަކުން 7 ޖަނަވަރީ 2015 ވަނަދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖަނަވަރީ 2015 ވަނަ ދުވަހުގެ 10:00 އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

13 ރަބީޢުލްއައްވަލް 1436      

04 ޖަނަވަރީ 2015
ހޯދާ