މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ - މިނިސްޓްރީ އޮފް ހެލްތް

އިޢުލާން

 މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ

މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

 ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު

   J-353203 

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމުގެ ގިންތި

 ދާއިމީ

މަޤާމުގެ ރޭންކް

 އެމް.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން

 ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން/ ސެކްޝަން 

 ހިއުމަން ރިސޯސް ޑިވިޜަން، ޕީޕަލް ޑިވެލޮޕްމަންޓް އެންޑް ޕަރފޯމަންސް   މެނޭޖްމަންޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

 މިނިސްޓްރީ އޮފް ހެލްތު   

މުސާރަ

 -/7035 ރުފިޔާ

ސަރވިސް އެލަވަންސް

 -/2,000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ހިޔުމަން ރިސޯސް މެނޭޖްމަންޓް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  1. ކޮންމެ އަހަރެއްގެ ޓުރޭނިންގ ރިކުއާރމެނޓް ތައްޔާރުކޮށް ޓުރޭނިންތައް ހިގަމުންދަނީ ސިވިލް ސާވިސް ޤަވާއިދާއެއްގޮތަށްކަން ކަށަވަރުކޮށް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތްތައް ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް ކުރިއަށް ގެންދިއުން.
  2. ސެކްޝަންގެ މަސައްކަތަށް ކުރިޔަށްގެނދާނެ ގޮތުގެ އެސް.އޯ.ޕީތަށް އެކުލަވާ މަސައްކަތަށް ކުރިޔަށްދަނީ އެސްއޯފީތަކާ އެއްގޮތަށްކަން ކަށަވަރުކޮށް ޑިވިޝަން ހަވާލުވެހުންނަ ފާރަތެއްގެ ލަފާހޯދާ މަސައްކަތަށް ވިލަރެސްކުރުން.
  3. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށިގައިވާ އިދާރާތަކާއި، ޑިޕާރޓްމަން އަދި ޑިވިޜަންތަކުގެ ކޮންމެ އަހަރެއްގެ ކަނޑައެޅޭ މުއްދަތުތަކަށް ޕާފޯރމެންސް އެޕްރައިސަލްގެ މަސައްކަތްތައް ކުރިޔަށްދާގޮތްބަލާ އެމަސައްކަތާ ގުޅިގެން ހަމަޖައްސަންޖެހޭ އެންމެހާ ކަންކަން ޑިވިޝަން ހަވާލުވެހުންނަ ފާރަތެއްގެ ލަފާހޯދާ މަސައްކަތަށް ވިލަރެސްކުރުން.
  4. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޑިޕާރޓްމަންޓްތަކުގެ މުވައްޒަފުންގެ ޓުރޭނިންގ ރެޖިސްޓްރީ، ވިއުގަ އަދި އެޗް.އާރ ސިސްޓަމުން އަދާހަމަކުރެވިފަވާކަން ކަށަވަރު ކުރުން.
  5. ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ އެކިއެކި ކުރުމުއްދަތުގެ ޓްރޭނިންގ، ކޮންފަރެންސް ނުވަތަ ބައްދަލުވުންތަކުގެ ބައިވެރިވާ މުވައްޒަފުންނަށް ސިވިލް ސާވިސް ޤަވާއިދުގައިވާ އިދާރީ ލިޔެކިންތަށް ފުރިހަމަކޮށް، ނޮމިނޭޝަން ތަކާ ގުޅިގެން ފޮނުވަން ޖެހޭ މަޢުލޫމާތުތަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ހަމަޖައްސަން ޖެހޭ އިދާރީ އެންމެހާ ކަންކަން ކުރުން.
  6. މިނިސްޓްރީއާ މިނިސްޓްރީ ގެދަށުގައިވާ ތަންތަނުގެ މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތުގެ ފެންވަރު މަތި ކުރުމަށްޓަކައި ކުރު މުއްދަތުގެ ކޯސްތައް ޓުރޭނިންގ އިންސްޓިޓިއޫޓްތަކާ ގުޅިގެން އިދާރީ އެންމެހާ ކަންކަން ހިންގުން
  7. މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން ޑިޕާރޓްމަންޓްތަކާއި އަތޮޅު ހޮސްޕިޓަލްތައް އަދި ޞިއްޙީ މަރުކަޒުތަކުގެ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ޓުރޭނިންގެ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީޚަށް އެކައުންޓްސް ޑިވިޝަނަށް ފޮނުވުމާއި އަދި ބަޖެޓް ފާސްވެގެން ލިބުމުން ބަޖެޓް އެނަލިސިސް ހެދުމުގެ މަސައްކަތް ކުރުން.
  8. މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން ޑިޕާރޓްމަންޓްތަކާއި އަތޮޅު ހޮސްޕިޓަލްތައް އަދި ޞިއްޙީ މަރުކަޒުތަކުން ތަމްރީނު ތަކުގައި ބައިވެރިވާ މުވައްޒަފުންނާ ގުޅިގެން ހުށަހެޅޭ ކަންކަން ބަލާ ވެރިންގެ ލަފާގެ މަތީން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން.
  9. ކޯސް ތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ޕޭލީވް ހަމަޖެހޭ ފަރާތްތަކާއި މިނިސްޓްރީ އާއި ދެމެދު އިޤުރާރު ތައްޔާރުކޮށް ސޮއިކުރުވާ، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  10. ރާއްޖޭން ބޭރުގައި ބޭއްވޭ ތަމްރީނު ތަކާއި، ވާރކްޝޮޕް، ސެމިނާރ އަދި ކޮންފަރެންސް ތަކުގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރާއިގުޅޭގޮތުން ކުރަންޖެހޭ ކަންތައް (ޕޮކެޓްމަނީ/އިންސިޑެންޓަލް ފައިސާ، ޓިކެޓް އަދި ވިސާ) ގެ ކަންތައްތައް ހަމަޖެއްސުމާއި ދަތުރާއި ގުޅިގެން ހަމަޖައްސަންޖެހޭ އިދާރީ ކަންކަން ކުރުން.
  11. ބޭރުގެ އެކި އެކި އޯގަނައިޒޭޝަން ތަކުން އިންތިޒާމް ކުރާ ވާރކްޝޮޕް، ސެމިނަރ، އަދި މީޓިން، ކޮންފަރެންސް ތަކުގައި ބައިވެރިވުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން ނޮމިނޭޝަން ހޯދުމާއި ފޮނުވުން.
  12. އަހަރީ،މަސް އަދި ހަފްތާ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް ރިޕޯޓް ތައްޔާރުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ގުޅުންހުރި ފަރާތްތަކަށް ފޮނުވޭކަން ކަށަވަރުކުރުން.
  13. އޮފީހުގެ ރަސްމީ މަސައްކަތާގުޅޭ ގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް އަދި ޞިއްޙީ އެކިއެކި ކާރިސާތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން.

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  ނުވަތަ

   2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ       ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް         ޙާޞިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ހިއުމަން ރިސޯސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން    

 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިން:

  • ހިއުމަން ރިސޯސް މެނޭޖްމަންޓް

 

ގުޅޭ ވަޒީފާގެ ދާއިރާ

  • ހިއުމަން ރިސޯސް   

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު   ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ   ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް   ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް   ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި   ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ   ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް   ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް   ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް   ފިޔަވައި،  ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް   ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި   މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް   ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ   ނަމައެވެ.)

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ   ކޮޕީ:

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި،   ސަރުކާރު  ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ   ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ   މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ   ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ   ތެރެއިން  https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ   މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި   (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް   އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން   ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ   ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް   އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި   ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި   މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން   ދޫކޮށްފައިވާ ލިޔުން.

 (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް   ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި   މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ   ތަފާތު  މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ   ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ   މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި   އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ   ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ   ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،   އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް   އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި   ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ   ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ   "އުވާލާފައިވާ  ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 އަސާސީ ޝަރުޠު ހަމަވުން

30

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް   ދެވޭ ޕޮއިންޓު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

 ޕްރެޒެންޓޭޝަން

10

 އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 29 މާރިޗު 2023 ވަނަ   ދުވަހުގެ 12:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް   ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު   ބަލައިގަނެވޭނެއެވެ.

 ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް   ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު   ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި   ތަޖުރިބާއަށް  ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ   މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނު، ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި، މުއްދަތު:

 މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ   ޕްރެކްޓިކަލް)،  އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2023  އޭޕްރީލް   މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް   ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު، ޕްރެޒެންޓޭޝަން އަދި   އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް   ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް   ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ.   ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް   އޮތްނަމަ  A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3   ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014416 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

21 މާރިޗު 2023
ހޯދާ