ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.މާމެންދޫ ބެލެނިވެރިންގެ ހިޔާ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

                                            ނަންބަރު: (IUL)403-A/403/2023/54

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

              ލ.މާމެންދޫ ބެލެނިވެރިންގެ ހިޔާ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިޕްރޮޖެކްޓާއި ގުޅޭ ބީލަން ޑޮކިއުމެންޓްތައް އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. މިމަސައްކަތް ކުރުމަށް އިދާރާއިން ފޯރުކޮށްދޭނެ ތަކެތި ތިރީގައި މިވަނީއެވެ. ދެންނެވިފައިވާ ތަކެތީގެ އިތުރުން މިމަސައްކަތަށް ބޭނުންވާ ތަކެތި ހޯދާނީ މަސައްކަތް ކުރާފަރާތުންނެވެ.

 

    QTY

DETAILS

105   

Hollow Pipe, Size: 50-100mm, 2mm thickness

20   

Hollow Pipe, Size: 50-80mm, 2mm thickness

5   

Orimas Filaa, 8ft dhigu, 2 inch

    30

Roofing Sheet (Zincalume)

 

ތަފްޞީލް

ދުވަސް

ތަން

ބީލަމުގައި ރަޖިސްޓްރީވުން

29 މާރޗް 2023 ވާ ބުދަ ދުވަހުގެ 13:00 އާއި ހަމައަށް

ލ.މާމެންދޫ ކައުންސިލް އިދާރާ

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

ބީލަން ހުށަހެޅުން

03 އޭޕްރީލް 2023

(ހޯމަ)

10:30 ގައި

ލ.މާމެންދޫ ކައުންސިލް އިދާރާ

       

 

 

މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 މާރޗް 29 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ. މިބީލަން ފޮތް،20 މާރޗް 2023 ވާ  ހޯމަ ދުވަހުން ފެށިގެން 02 އޭޕްރީލް 2023 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.

 

* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ

* އީމެއިލް: [email protected]

* ފޯން: 6800705

              ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

              28 ޝަޢުބާން 1444ހ

20 މާރިޗު 2023
ހޯދާ