ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިއުމާއި ގުޅޭ

ފުނާޑު ސިލްވަރސްޓާރ ގޯތީގެ އިރުން ، ފިލިގަސްމަގުގެ ދެކުނުން ފާހަގަކޮށްފައިވާ ގޯތީގައި  01 ން 18 އަށް ނަންބަރު ޖަހާފައިވާ  ރުއްރުކުގެ ނީލަންކިޔުން 2023 މާރިޗް 19 ވާ އާދީއްތަ ދުވަހުގެ ހެދުނު 9:00 ގައި އެރުއްތަކުގެ ކައިރީގައި އޮންނާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 މާރިޗް 19 ވާ އާދީއްތަ ދުވަހު 9:00 އަށް އެސަރަޙައްދަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. ނީލަމުން ރުއްރުއް ނަންގަވާ ފަރާތްތަކުން 2023 މާރިޗް 20 ގެ 12:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލަށް ފައިސާ ދައްކަވައި 2023 މާރިޗް 22 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތި އެތަނުން ނެންގެވުން އެދެމެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.

   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

14 މާރިޗު 2023
ހޯދާ