ބީލަން ހުށަހެޅުމުގެ ދަޢުވަތު
 
އއ. މަތިވެރި ފުޓްސަލް ދަނޑު މަރާމާތު ކުރުމާއި ޓާރފް ބަދަލުކުރުމުގެ މަސައްކަތްތަށް ކޮއްދޭނެ ފަރާތެއް ހޯދުން.
އއ. މަތިވެރި ފުޓްސަލް ދަނޑު މަރާމާތުކޮށް ދަނޑުގެ ޓާފްބަދަލުކުރުމުގެ މަސައްކަތްތައް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
| 
 ބީލަމަށް ރަޖިސްޓްރީކުރުން 
 | 
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 20 މާރިޗު 2023 ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް[email protected]  މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
 
- ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުމަށް ފަހު ހުށަހަޅަންވާނެއެވެ.
 
- ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ.
 
- ބީލަމުގައި ބައިވެރިވުމަށް 500.00 )ފައްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓަރީ ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައި ގަންނާނީ 15 މާރިޗު 2023 އިން 20 މާރިޗު 2023 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00އަށް މިއިދާރާގެ ނަމްބަރ:  7721700484001 – 1386 REVENUE 1 އެކައުންޓަށް. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓަރީ ވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އަދި ގުޅޭނެ ނަމްބަރާއި އީ- މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މަތީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.
 
 
 | 
| 
 މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 
 | 
- ބީލަންވެރިންނަށް މަޢުލުމާތު ދިނުން (ޕްރީ ބިޑް މިޓިންގ) އޮންނާނީ 21 މާރިޗު 2023 އަންގާރަ
 
-  ދުވަހުގެ 13:30ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
 
- މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
 
- ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 27 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލަށެވެ.
 
 
 | 
| 
 ބީލަން ހުށައެޅުން 
  
 | 
- ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 29 މާރިޗު 2023 ވާ ބުދަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
 
- ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
 
- މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
 
 
  
 | 
 
 
                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
                           22 ޝަޢުބާން 1444
14 މާރިޗު 2023