ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މި ހޮސްޕިޓަލު ފަޔަރ ސިސްޓަމްގެ ޕަންޕްގެ ފުޓިން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް
- އަގު ހުށަހަޅަންވާނީ ބީއޯކިޔުގައި ދެވިފައިވާ ތަފްސީލާއި އެއްގޮތަށެވެ. އަދި މި ނޫން ގޮތަކަށް އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ބިޑް ޑިސްކޮލިފައި ކުރެވޭނެއެވެ.
- މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން 19 މާރިޗު 2023ގެ 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ރޫމުގައި އޮންނާނެއެވެ.
- އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތާއިއެކު ތިރީގައި މިވާ ލިޔެކިޔުންތައް ވެބްސައިޓުގައި (http://www.igmh.gov.mv/publications/tenders) ޕަބްލިޝްކޮށްފައިވާނެއެވެ.
- ބީއޯކިއު (މައިކްރޮސޮފްޓް އެކްސެލް ފޯމެޓުގައި)
- ކުރެހުން ސެޓު
- އަގު ހުށަހަޅަންވާނީ ޖީއެސްޓީ ހިމަނައިގެން ބީއޯކިއުއާއި އެއްގޮތަށެވެ. އަދި ބީއޯކިއު ސަމަރީ ޝީޓުގައިވާގޮތައް އަގު އެގެން އޮންނަންވާނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި
- އަންދާސީ ހިސާބު / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން (ހިމަނާފައިވާ ބީއޯކިއު އާއި އެއްގޮތައް)
- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ ވަކި ފަރުދެއްނަމަ، މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
- ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު
- އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް އަދި އެންމެ ކުރު މުއްދަތެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޮރާޓާ އުސޫލުން.
|
# |
ކެޓެގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
|
1 |
އަގު |
90 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް |
|
2 |
މުއްދަތު |
10 |
އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް |
އަންދާސީ ހިސާބު ހުށަހަޅާނެގޮތް
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އައި.ޖީ.އެމް ހޮސްޕިޓަލް
އައި.ޖީ.އެމް. ހޮސްޕިޓަލު ފަޔަރ ސިސްޓަމްގެ ޕަންޕުގެ ފުޓިން ހަދައިދޭނެެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާނުކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 22 މާރިޗު 2023 ވަނަ ދުވަހުގެ 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި އަންދާސީ ހިސާބު ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް
1- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން
2- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
3- ޚިދުމަތްދޭފަރާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.
ނޯޓު:
- ހޮސްޕިޓަލުގެ ވެބްސައިޓް އިން މި އިޢުލާން އާއިބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.
https://www.igmh.gov.mv/publications/tenders/
- 2. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތ ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
ކޮޕީ: [email protected]
21 ޝަޢުބާން 1444
13 މާރިޗު 2023
