މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހަތް ޞިއްޙީ މަރުކަޒުގެ ވޭސްޓް ހޭންޑްލިންގ އިމާރާތް ހެދުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

      ހަތް ޞިއްޙީ މަރުކަޒުގެ ވޭސްޓް ހޭންޑްލިންގ އިމާރާތް ހެދުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ތަކާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް ބޮޑުވުމުގެ ސަބަބުން އަދި މިޕްރޮޖެކްޓްގައި އިމާރާތް ކުރުމަށް ނިންމައިފައިވާ ވޭސްޓް ހޭންޑްލިންގ ޔުނިޓްތަކުގެ ޑިޒައިނަށް ބަދަލު ގެނައުމުގެ މަސައްކަތްކުރަމުން ގެންދާތީ ތިރީގައި މިދަންނަވާ އިޢުލާންތައް ބާތިލް ކޮށްފީމެވެ.

  • (IUL)23-PD(PMS)23/2022/590 ހއ.ވަށަފަރު ޞިއްޙީމަރުކަޒު
  • (IUL)23-PD(PMS)23/2022/594 ށ.ފީވައް ޞިއްޙީމަރުކަޒު
  • (IUL)23-PD(PMS)23/2022/616 ށ. ކޮމަންޑޫ ޞިއްޙީމަރުކަޒު
  • (IUL)23-PD(PMS)23/2022/589 ހދ.ވައިކަރަދޫ ޞިއްޙީމަރުކަޒު
  • (IUL)23-PD(PMS)23/2022/591 ށ. ފޭދޫ ޞިއްޙީމަރުކަޒު
  • (IUL)23-PD(PMS)23/2022/615 ހއ.ފިއްލަދޫ ޞިއްޙީމަރުކަޒު
  • (IUL)23-PD(PMS)23/2022/599 ހއ.އުތީމު ޞިއްޙީމަރުކަޒު

ވީމާ މަތީގައި ދެންނެވިފައިވާ އިޢުލާންތަކާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅުއްވާފައިވާ ބިޑް ސެކިއުރިޓީއާއި ހަވާލުވުމަށް ކުންފުނީގެ ލިޔުމަކާއި އެކު (ޙަވާލުވާ ފަރާތުގެ ނަން، އައިޑީކާރޑް ނަންބަރު ހިމަނާފައިވާ) މިމިނިސްޓްރީއަށް 13 މާރިޗް 2023 ށް ފެށިގެން 19 މާރިޗު 2023 ގެ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ށް ފެށިގެން މެންދުރުފަހު 13:30 އަށް  ވަޑައިގެންނެވުމުން ބިޑް ސެކިއުރިޓީ ޙަވާލުކުރެވޭނެ ކަމުގައި ދެންނެވީމެވެ.

20 ޝަޢުބާން 1444

12 މާރިޗު 2023
ހޯދާ