| 
 މަޤާމު 
 | 
 މަސައްކަތު 
 | 
| 
 މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން 
 | 
 ސަޕޯޓް ސްޓާފް ގްރޭޑް 1 
އެސް.އެސް 1 
 | 
| 
 މުސާރައާއި ޢިނާޔަތްތައް 
 | 
 - މުސާރަ: -/3100 ރުފިޔާ. 
- ސަރވިސް އެލަވަންސް: -/1000 ރުފިޔާ. 
- އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން 
 | 
 އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، މާލެ (އެޑްމިން) 
 | 
| 
 ބޭނުންވާ އަދަދު 
 | 
 4 
 | 
| 
 ޝަރުޠު 
 | 
  ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން. 
 | 
| 
 މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ހަވާލުކުރެވޭ އެކިއެކި ތަންތަން ކުނިކަހައި ފޮޅައި ސާފުކުރުން.
 
- ކްލާސްތައް ކުނިކަހައި، ފޮހެ، ސާފުކުރުމާއި، ކްލާސްތަކުގެ ޑަސްބިންތައް ދޮވެ ސާފުކުރުން.
 
- ކުދިންގެ ފާޚާނާތައް ބެލެހެއްޓުމާއި، ދޮވެ ސާފުކުރުން.
 
- ގޯތިތެރެ ކުނިކެހުމާއި، ފެންޖެހުމާއި، އެކިއެކި ޖަލްސާތަކާއި މުނާސަބަތުތަކުގައި ބޭނުންވާ ގޮނޑިޖެހުން.
 
- ސްކޫލުގައި ހިންގޭ އެކި ހަރަކާތްތަކުގައި އެހީތެރިވެދިނުން.
 
- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރާ އެންމެހައި ކަންތައްތައް ކުރުން.
 
 
 | 
| 
 އިތުރު މަޢުލޫމާތު ސާފުކުރުމަށް އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ފޯނު ނަންބަރު 3328072 އަށް ގުޅުން އެދެމެވެ. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: 
އެއްގަމު އުޅަނދުތައް ދުއްވުމުގެ ލައިންސަންސް އޮތް ފަރާތެއްކަމުގައިވުން. 
އޮފީހުގެ ސްޓޮކަށް ގެނެވޭ ތަކެއްޗާއި، ސްޓޮކުން އެކިއެކި ފަރާތްތަކަށް ގެންދަންޖެހޭ ތަކެތި އުފުލޭނެ ފަރާތެއްކަމުގައިވުން. 
 | 
| 
 ހުށަހަޅަންޖެހޭ ތަކެތި: 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު  (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ ކައުންޓަރުން ލިބޭނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ  ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލައިގެން ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 
- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓް ކުރެވިފައިވާ)
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
 
  | 
- ސުންގަޑ: މި މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުން 2015 ޖަނަވަރީ 7 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް (ޗާންދަނީމަގު، ޢަރަބިއްޔާ ސްކޫލް ރިސެޕްޝަން) ވަޒީފާއަށްއެދޭ ފޯމާއި، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ހުށަހެޅުން އެދެމެވެ.
 
- ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 ކެންޑިޑޭޓުންނަށްވުރެ ގިނަވެއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް، އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.  އިއުލާނުގެ މުއްދަތު ހަމަވާތާ 20 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ.
 
 
 | 
| 
 3 ރަބިޢުލްއައްވަލް 1436 
 |