މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ރަޖިސްޓަރީކޮށްފައިވާ ނޫސްމަޖައްލާތައް އަލުން ރީ ރަޖިސްޓަރީ ކުރުމަށް ދެވަނަ ފުރުޞަތަކަށް ހުޅުވާލުން

ނޫސްމަޖައްލާ ޝާއިޢުކުރުމާބެހޭ ގަވާއިދުގެ 13 ވަނަ މާއްދާއާ ހަވާލާދީ ދަންނަވަމެވެ. ރަޖިސްޓަރީ ކޮށްގެން ނެރެމުންދާ ނޫސްމަޖައްލާތަކުން ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ނެރެފައިވާ ނޫސްމަޖައްލާތަކުގެ ކޮޕީ 2015 ޖަނަވަރީ 20 ވަނަ ދުވަހުގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. ޑެއިލީ ނޫސްތަކާއި އޮންލައިން ނޫސްތައް އަދި މަޖައްލާތަކުން ވެބްސައިޓް އެޑްރެހާއި ނޫސްމަޖައްލާ ނެރެފައިވާކަމުގެ ހެކި ލިޔެކިޔުމުން އެނގޭނެގޮތަށް ހުށަހަޅުއްވަންވާނެއެވެ.

ރީ ރަޖިސްޓަރީ ކުރުމަށް ހުށަހަޅުއްވާއިރު ތިރީގައި މިދަންނަވާ ކަންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

  1. މަސްއޫލުވެރިޔާ: ނަމާއި ދާއިމީ އެޑްރެސް ، އައިޑީކާޑުގެ ނަންބަރާއި ފޯނުނަންބަރު
  2. އެޑިޓަރ: ނަމާއި ދާއިމީ އެޑްރެސް ، އައިޑީކާޑުގެ ނަންބަރާއި ފޯނުނަންބަރު
  3. ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި މަޖައްލާ ނުވަތަ ނޫސް ނެރެފައިވާކަމުގެ ހެކި ނުވަތަ އެކަން ތަފުސީލުކޮށްދެވޭނެފަދަ ލިޔުމެއް
  4. ޓީވީ ރޭޑިއޯ ބްރޯޑްކާސްޓް ނުވަތަ ޓެލެކާސްޓް ކުރިކަން
  5. -/25 ރުފިޔާގެ ރެވެނިއު ސްޓޭމްޕެއް
  6. ނޫސްމަޖައްލާ އަދި އޮންލައިން ނޫސް އަލުން ރަޖިސްޓަރީ ކުރައްވާއިރު މަސްއޫލުވެރިޔާ ނުވަތަ އެޑިޓަރ ބަދަލުވެފައިވާނަމަ ކުށުގެ ރިކޯޑު

ކުށުގެ ރިކޯޑު ސާފުކުރާ ފޯމާއި، ރަޖިސްޓަރީ ކުރައްވަން ހުށަހަޅުއްވާ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް (www.homeaffairs.gov.mv) އިން ލިބެން ހުންނާނެއެވެ. އަދި ފޯމުސެޓްގެ ފަހަތުގައިވާ ޗެކްލިސްޓް ފުރިހަމަވިތޯ ބައްލަވަންވާނެއެވެ.

މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު 2015 ޖަނަވަރީ 20 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭގެ 10 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުމުން، މަޖައްލާ ނުވަތަ ނޫސް އަލުން ރީރަޖިސްޓަރީ ކޮށްދެވޭނެއެވެ.

އަދި ދަންނަވަމެވެ، ރީރަޖިސްޓަރީ ކުރުމަށް ދެވަނަ ފުރުޞަތަކަށް ހުޅުވާލީ ވަރަށްގިނަ ފަރާތްތަކުން މިކަމަށް އެދެމުންދާތީއެވެ. މިތާރީޚާ ހަމައަށް ރީރަޖިސްޓަރީ ކުރުމަށް ހުށަނާޅުއްވާ ނޫސް، މަޖައްލާތައް އަދި އޮންލައިން ނޫސްތައް، ނޫސްމަޖައްލާ ޝާއިޢުކުރުމާ ބެހޭ ގަވާއިދުގެ 29 ވަނަ މާއްދާގައިވާގޮތުގެ މަތިން އުވާލެވޭނެ ވާހަކަވެސް ދެންނެވީމެވެ.

02 ރަބީޢުލްއައްވަލް 1436

24 ޑިސެންބަރު 2014
ހޯދާ