މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އއ. މާޅޮސް ޞިއްޙީ މަރުކަޒުގެ ވަށާފާރުރޭނުމާއި، ޞިއްހީ މަރުކަޒުގައި ކުރަން ހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

އއ. މާޅޮސް ޞިއްޙީ މަރުކަޒުގެ ވަށާފާރުރޭނުމާއި، ޞިއްހީ މަރުކަޒުގައި ކުރަން ހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 06 މާރޗް 2023 ވާ ހޯމަ ދުވަހުން ފެށިގެން 14 މާރޗް 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 މާރޗް 2023 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 15 މާރޗް 2023 ވާ ބުދަ ދުވަހު ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

14 ޝަޢުބާން 1444

06 މާރިޗު 2023
ހޯދާ