ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުޞަތު

މި ޔުނިވަރސިޓީގެ ނަންބަރ (IUL)170-HR/170/2023/23 (18 ޖަނަވަރީ 2023) އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައި ނުވާތީ މި އިޢުލާން ބާޠިލުކޮށް މި މަޤާމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމު:

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ ޢަދަދު: 1

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

 

ނޯޓު:

 

މި މަޤާމަށް ކުރިމަތިލުމަށް ހުށަހަޅާ މަތީ ތަޢުލީމީ ލިޔެކިއުންތަކަށް މާކްސް ދެވޭނީ އިޢުލާނުގައިވާ އެންމެ ދަށް ސަނަދު ނުވަތަ ސެޓްފިކެޓު ހުށަހަޅާފައި ވާނަމައެވެ.

 

މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް

މަޤާމު

ގްރޭޑް /

ސްޕައިން ޕޮއިންޓު

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ADG7/40

މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް  ހާސިލްކޮށްފައިވުން

12,687.50ރުފިޔާ

5,437.50 ރުފިޔާ

 

ADG7/41

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 40 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

13,141.29 ރުފިޔާ

5,631.98 ރުފިޔާ

 

ADG7/42

އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 41 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

13,594.62ރުފިޔާ

5,826.27 ރުފިޔާ

 

 

ADG7/43

އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 42 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

14,049.17 ރުފިޔާ

6,021.08 ރުފިޔާ

 

ADG7/44

އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 43 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

14,502.66 ރުފިޔާ

6,215.42ރުފިޔާ

 

ADG7/45

އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 44 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

14,957.05 ރުފިޔާ

6,410.17 ރުފިޔާ

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 • ސެކްޝަންގެ ސްޓްރަޓެޖިކް ޕްލޭން އެކުލަވާލުން.
 • ސެކްޝަނާއި ގުޅުންހުރި ސިސްޓަމްތަކުގެ ޕޮލިސީސްއާއި ޕްރޮސީޖާތައް ޑިޒައިންކޮށް، ޑިވެލޮޕްކޮށް، އެކަންތައް އިމްޕްލިމެންޓްކުރުމުގެ މަސައްކަތް ހިންގުން.
 • ސިސްޓަމްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް، ބެކަޕް ޕްލޭން އެކުލަވައިލާ އިމްޕްލިމެންޓްކުރުން.
 • ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ހިންގާ ނުހިނގާގޮތް ބަލާ، ސުޕަވައިޒްކޮށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން
 • ސެކްޝަންގެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބަލާ، އެޕްރެއިޒަލް ފޯމް ފުރިހަމަކުރުން
 • ޔުނިވަރސިޓީގައި ބޭނުންކުރަމުންދާ އިންފޮމޭޝަން ސިސްޓަމްތައް އަދި އެހެނިހެން ސޮފްޓްވެއަރތަކުގެ އެންމެހާ ކަންކަން ބަލަހައްޓާ، ސިސްޓަމާއި ގުޅޭގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
 • ޔުނިވަރސިޓީގެ ސްޓޫޑެންޓް މެނޭޖްމަންޓް ސިސްޓަމާއި، އެޗް. އާރް. ސިސްޓަމާއި އަދި އެހެނިހެން ސޮފްޓްވެއަރތަކުގެ، ނެޓްވަރކްގެ ސެކިއުރިޓީ ބެލެހެއްޓަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
 • ޔުނިވަރސިޓީގެ ސްޓޫޑެންޓް މެނޭޖްމަންޓް ސިސްޓަމާއި، އެޗް. އާރް. ސިސްޓަމާ އަދި އެހެނިހެން ސޮފްޓްވެއަރތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭނެގޮތްތައް، އެމަސައްކަތުގައި ޝާމިލްވާ ފަރާތްތަކަށް މައުލޫމާތު ދީ، ތަމްރީން ހިންގުން.
 • ޔުނިވަރސިޓީއަށް ހޯދާ އެހެނިގެން ސޮފްޓްވެއަރ ބެލެހެއްޓުމާއި، ޔުނިވަރސިޓީއަށް ބޭނުންވާ ގޮތަށް ބައްޓަންކޮށްގެން އެފަދަ ސޮފްޓްވެއަރ ލިޔުމާއި، އިތުރަށް ތަރައްޤީ ކުރުމާއި، ތަނުގެ ބޭނުމަށް ހޯދަންޖެހޭ ސްފްޓްވެއަރ ދެނެގަނެ އެހޯދުމަށް އެހީތެރިވުން.
 • ޔުނިވަރސިޓީގެ ބޭނުންކުރެވޭނޭ ސޮފްޓްވެއަރތަކުގެ ރިކުއަރމެންޓްސްއާ، ސްޕެސިފިކޭޝަންތައް ކަމާބެހޭ މުވައްޒަފުންގެ މަޝްވަރާއާއިއެކު، ތައްޔާރުކުރުމާއި، މިފަދަ ސޮފްޓްވެއަރތައް ބޭނުންކުރުމުގައި މުވައްޒަފުންނަށް އެހީތެރިވެދިނުން.
 • ނެޓްވަރކް ތަރައްޤީ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
 • އައި. ސީ. ޓީ ގެ ދާއިރާއިން އަލަށް ތައާރަފްވާ ޓެކްނޮލޮޖޯ ދެނެގަނެ، އޭގެ ތެރެއިން ޔުނިވަރސިޓީއަށް ފައިދާ ކުރާނެ ކަންކަން ދަސްކޮށް، ޔުނިވަރސިޓީން އަންގާ ގޮތަށް ޔުނިވަރސިޓީއަށް އެކަންކަން ތައާރަފް ކުރުން.
 • ޔުނިވަރސިޓީގައި ކުރެވޭ އެކިއެކި މުހިންމު މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ، ޔުނިވަރސިޓީއަށް އެހީތެރިކަން ދިނުމާއި، ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
 • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
 • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)
 • Linux  ޕްލެޓްފޯމްއަށް އަހުލުވެރިވުން
 • Grand stream/3CX ޕީއޭބީއެކްސް އަށް އަހުލުވެރިވުން
 • FortiGate firewall އަށް އަހުލުވެރިވުން
 •  Webhosting ޕްލެޓްފޯމްއަށް އަހުލުވެރިވުން
 • Unifi  އޭޕީތަކަށް އަހުލުވެރިވުން
 • މެނޭޖަބަލް ސްވިޗްތަކަށް އަހުލުވެރިވުން

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
 • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

 • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

https://jobs.ium.edu.mv/

 • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
 • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

 

 • 13 މާރިޗު 2023 ވަނަ ދުވަހުގެ 23:59

ނޯޓް:

 • ލައިބްރަރީ ދާއިރާގެ ތަޢުލީމާއި ހުނަރު އަދި ތަޖުރިބާ ލިބިފައިވާ ފަރާތްތަށް އިސްކަން ދެވޭނެއެވެ.
 • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
 • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
 • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ދުވާލަކު 6 ގަޑިއިރު ދަންފަޅި އުސޫލުންނެވެ.
 •  މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 14 މާރިޗު 2023 އިން 14 އެޕްރީލް 2023 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

 • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022160 ނަންބަރު ފޯނާއެވެ.
 • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
05 މާރިޗު 2023
ހޯދާ