ދިވެހިރާއްޖެ
މި އިޢުލާންވަނީ 02 މާރިޗު 2023 12:21 ގައި ބާތިލް ކުރެވިފައެވެ.
`
މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލުގެ އިދާރާ
ބ މާޅޮސް
ދިވެހިރާއްޖެ.
މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލުގެ ހިންގާ ގަވާއިދު
_____________________
ޖަދުވަލް 1
ސަލާމުގެ/ޢާއިލީ ޒިންމާގެ ޗުއްޓީގައި ހުރި ސަބަބު ބަޔާންކުރާ ފޯމު
`
މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލުގެ އިދާރާ
ބ މާޅޮސް
ދިވެހިރާއްޖެ.
މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލުގެ ހިންގާ ގަވާއިދު
އެއްވަނަ ބާބު އާންމު މާއްދާތައް |
|||||
ތަޢާރުފާއި ނަން |
1. |
(ހ) |
މި ގަވާއިދަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އިންތިޚާބުކުރެވިފައިވާ މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލް ހިންގުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ ގޮތުން، އެ ޤާނޫނުގެ 108 ވަނަ މާއްދާއިން ބާރު ލިބިގެން، މާޅޮސްމާޑުލުދެކުނުބުރީ މާޅޮހު ކައުންސިލުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. |
||
|
|
(ށ) |
މި ގަވާއިދަށް ކިޔާނީ، " މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލުގެ ހިންގާ ގަވާއިދު" އެވެ. |
||
މަގުސަދު |
2. |
މި ގަވާއިދުގެ މަގުސަދަކީ، ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލްހިންގުމަށާއި، ކައުންސިލުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށާއި، ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ޓަކައި ކައުންސިލުން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމާއި،އެ ބައްދަލުވުންތައް ހިންގުމާއި، އެ ބައްދަލުވުންތަކުގައި ނިންމާ ކަންކަން ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި ބަޔާންކުރުމެވެ. |
|||
3. |
(ހ) |
މި ގަވާޢިދު ފާސްކޮށްފައިވަނީ 14 ސެޕްޓެންބަރު 2022 ގައި ބޭއްވުނު މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލުގެ 4 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 18 ވަނަ ބައްދަލުވުމުގައެވެ. |
|||
|
|
(ށ) |
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މާޅޮސްމަޑުލުދެކުނުބުރީ މާޅޮހު ކައުންސިލުން މި ގަވާއިދު ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. |
||
ދެވަނަ ބާބު ކައުންސިލުގެ ރައީސާއި ނައިބު ރައީސާއި މެންބަރުން |
|||||
ކައުންސިލުގެ ރައީސް |
4. |
ރަށު ކައުންސިލުގެ ރައީސް އިންތިޚާބުކުރާނީ، ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ދީމިޤްރާޠީ އުސޫލުތަކުގެ މަތީން ނަގާ ސިއްރު ވޯޓަކުންނެވެ. |
|||
ކައުންސިލުގެ ނައިބު ރައީސް |
5. |
(ހ) |
ރަށު ކައުންސިލުގެ ނައިބުރައީސް އިންތިޚާބުކުރާނީ، ކައުންސިލުގެ މެންބަރުންގެ ތެރެއިން އެ ކައުންސިލުގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. |
||
|
|
(ށ) |
މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ކައުންސިލުގެ ނައިބު ރައީސް މަޤާމުން އިސްތިޢުފާ ދީފިނަމަ، ނުވަތަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިފިނަމަ، ނުވަތަ މެންބަރުކަމުން ވަކިވެއްޖެނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އެކަން އަންގައި،ނައިބު ރައީސްގެ މަޤާމު ހުސްވާ ތާރީޚުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކައުންސިލުގެ މެންބަރުންގެ ތެރެއިން މެންބަރަކު އެ މަޤާމަށް އިންތިޚާބުކުރަންވާނެއެވެ. އެ މުއްދަތުގައި އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރެވިފައި ނުވާނަމަ، އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރެވެންދެން، އެ ނޫން މައްސަލައަކާބެހޭ ގޮތުން ކައުންސިލުގައި މަޝްވަރާކޮށްގެން ނުވާނެއެވެ. |
||
ކައުންސިލުގެ ނައިބު ރައީސް އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތް |
6. |
(ހ) |
ކައުންސިލުގެ ނައިބު ރައީސް އިންތިޚާބުކުރާނީ، ކައުންސިލުގެ އާންމު ބައްދަލުވުމެއްގައި، އަންނަނިވި ގޮތުގެ މަތީންނެވެ. |
||
|
|
(1) |
ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލުގެ ނައިބު ރައީސްކަމަށް އިންތިޚާބުވުމަށް އެދޭ މެންބަރަކު، އެ މެންބަރެއްގެ ނަން، ކައުންސިލުގެ އާންމު ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ. |
||
|
|
|
(2) |
ނައިބު ރައީސްކަމަށް މެންބަރަކު އިންތިޚާބުކުރާނީ، ކައުންސިލުގެ އާންމު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. |
|
|
|
|
(3) |
ނައިބު ރައީސް ހޮވުމަށް ނަގާ ސިއްރު ވޯޓުގައި ބައިވެރިވާ ކޮންމެ މެންބަރަކަށް ދެވޭނީ، 1 (އެކެއް) ވޯޓެވެ. |
|
|
|
(ށ) |
ކައުންސިލުގެ ނައިބު ރައީސް އިންތިޚާބު ކުރުމަށް ޓަކައި ނަގާ ސިއްރު ވޯޓުގެ ކަންތައްތައް ބަލަހައްޓާނީ، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލެވެ. |
||
ކައުންސިލުގެ ރައީސް މަޤާމުން އިސްތިޢުފާ ދިނުން |
7. |
(ހ) |
ކައުންސިލުގެ ރައީސް މަޤާމުން އިސްތިޢުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. އިސްތިޢުފާގެ ސިޓީ ކައުންސިލުގެ އިދާރާއަށް ލިބުމުން، އޭނާ އެ މަޤާމުން ވަކިވީއެވެ. |
||
|
|
(ށ) |
މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ، ކައުންސިލުގެ އިދާރާއަށް ލިބުމުން، އެސިޓީއަކީ ރައީސް ހުށަހަޅައިފައިވާ ސިޓީއެއްކަންކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތުން ކަށަވަރު ކުރަންވާނެއެވެ. |
||
ކައުންސިލުގެ ނައިބު ރައީސް މަޤާމުން އިސްތިޢުފާ ދިނުން |
8. |
(ހ) |
ކައުންސިލުގެ ނައިބު ރައީސް މަޤާމުން އިސްތިޢުފާ ދޭން ބޭނުންވެއްޖެނަމަ، އެކަން ލިޔުމަކުން ކައުންސިލަށް ހުށަހަޅަންވާނެއެވެ. އިސްތިޢުފާގެ ސިޓީ ކައުންސިލުގެ އިދާރާއަށް ލިބުމުން އޭނާ އެ މަޤާމުން ވަކިވީއެވެ. |
||
|
|
(ށ) |
މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސިޓީ، ކައުންސިލުގެ އިދާރާއަށް ލިބުމުން، އެސިޓީއަކީ ނައިބުރައީސްހުށަހަޅައިފައިވާ ސިޓީއެއްކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެހުރި ފަރާތުން ކަށަވަރުކުރަންވާނެއެވެ. |
||
|
|
(ނ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލުގެ ނައިބު ރައީސް ކަމުގެ މަޤާމުން މެންބަރަކު އިސްތިޢުފާ ދިނަސް، އެ މެންބަރެއްގެ މެންބަރުކަން ދެމި އޮންނާނެއެވެ. |
||
ކައުންސިލުގެ ނައިބު ރައީސް މަޤާމުން ދުރުކުރުން |
9. |
(ހ) |
ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް ކައުންސިލުގެ އާންމު ބައްދަލުވުމެއްގައި ވޯޓަށް އަހަންވާނީ، އަންނަނިވި ކަންކަން ފުރިހަމަކުރުމަށް ފަހުގައެވެ. |
||
|
|
|
(1) |
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެރޫޙާއެއްގޮތަށްކައުންސިލްހިންގުމުގައިކައުންސިލުގެނައިބު ރައީސްއިހުމާލުވަމުންދާކަމަށްފާހަގަކުރެވިގެން އެ ކަންކަންއިޞްލާޙުކުރުމަށް 30 (ތިރީސް) ދުވަހުގެފުރުޞަތުދިނުން؛ |
|
|
|
|
(2) |
ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކައުންސިލުގެ އާންމު ބައްދަލުވުމަށް އެޖެންޑާކުރުން. |
|
|
|
(ށ) |
މިމާއްދާގެ (ހ) ގައިއެފަދައިންބަޔާންކޮށްފައިއޮތްނަމަވެސް، ކައުންސިލުގެ ނައިބުރައީސްގެ މައްޗަށްޝަރުޢީކޯޓަކުންޖިނާއީކުށެއްސާބިތުވެގެންޙުކުމެއްކޮށްފި ހާލަތުގައި، މިމާއްދާގެ (ހ) ގެ (1) ވަނަނަންބަރުގައިބަޔާންކޮށްފައިވާމަރުޙަލާފުރިހަމަކުރުމަކާނުލައިނައިބުރައީސްގެ މައްޗަށްއިތުބާރުނެތްކަމުގެވޯޓުނެގުމުގެއިޚުތިޔާރުކައުންސިލަށްލިބިގެންވެއެވެ. |
||
|
|
(ނ) |
މިގަވާއިދުގެދަށުންނައިބުރައީސްގެއިތުބާރުނެތްކަމުގެވޯޓުނެގުމަށްނުވަތަ އެވޯޓުގެކުރިންފުރިހަމަކުރަންޖެހޭއިޖުރާއަތުފުރިހަމަކުރުމަށްކައުންސިލުގެއާންމުބައްދަލުވުމަށްކައުންސިލުގެމެންބަރަކުހުށަހަޅާހުށަހެޅުން، އާންމުބައްދަލުވުމަށްކަންކަންއެޖެންޑާކުރާއުސޫލުގެތެރެއިންކައުންސިލުގެރައީސްނުވަތަނައިބުރައީސްނުވަތައެވަގުތަކުކައުންސިލުހިންގުމާހަވާލުވެހުރިކައުންސިލަރެއްއެޖެންޑާކުރަންވާނެއެވެ. |
||
|
|
(ރ) |
ކައުންސިލުގެ ބައްދަލުވުމަށް މައްސަލަ އެޖެންޑާކުރުމަށްފަހު، ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވިކަމަށް ފެންނަ ކަންކަން، ލިޔުމުން، ބައްދަލުވުމަށް ހުށަހަޅަންވާނެއެވެ. |
||
|
|
(ބ) |
ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލަށް ފެންނަނަމަ، ކައުންސިލުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެކަން ފާސްކޮށް، އެކަންކަން އިޞްލާޙުކުރުމަށް 30 (ތިރީސް) ދުވަހުގެ ފުރުޞަތެއް، ކައުންސިލުގެ ނައިބު ރައީސަށް ދޭންވާނެއެވެ. |
||
|
|
(ޅ) |
ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިޞްލާޙުކުރުމަށް މި މާއްދާގެ (ބ)ގެ ދަށުން ދެވޭ މުއްދަތު ހަމަވާއިރު، އެ މުއްދަތުގެ ތެރޭގައި އެކަންކަން އިޞްލާޙުކޮށްފައިނުވާނަމަ، އެ މުއްދަތު ހަމަވާ ފަހުން އެންމެ އަވަހަށް ބާއްވާ ކައުންސިލުގެ އާންމު ބައްދަލުވުމުގައި، ނައިބު ރައީސްގެ އިތުބާރު އޮތްކަމަށް ނުވަތަ ނެތްކަމަށް ކައުންސިލުން ކަނޑައަޅައި ވޯޓެއް ނަގަންވާނެއެވެ. |
||
|
|
(ކ) |
ކައުންސިލް ހިންގުމުގައި ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިޞްލާޙު ކުރުމަށް ދެވޭ 30 (ތިރީސް) ދުވަހުގެ މުއްދަތަށްފަހު، މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ މަރުޙަލާ ފުރިހަމަކުރުމަށްފަހު ނޫނީ، ކައުންސިލުގެ ބައްދަލުވުމެއްގައި އެ ނޫން ކަމަކާމެދު މަޝްވަރާކޮށްގެން ނުވާނެއެވެ. |
||
|
|
(އ) |
ކައުންސިލުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނީ، މުޅި ކައުންސިލުގެ ޖުމުލަ އަޣުލަބިއްޔަތުން އެކަން ފާސްވުމުންނެވެ. |
||
|
|
(ވ) |
ކައުންސިލުގެ ނައިބު ރައީސް މަޤާމުންވަކިކުރި ކަމުގައި ވިޔަސް، އެ މެންބަރެއްގެ މެންބަރުކަން ދެމިއޮންނާނެއެވެ. |
||
|
|
(މ) |
ކައުންސިލުގެ ނައިބު ރައީސްގެ މައްޗަށް ކައުންސިލުން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ، މި ގަވާއިދާއި، ގަވާއިދު ނަންބަރު 2021/R-143)ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު( ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި، ކައުންސިލުން އެކަން ފާސްކުރާތާ ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި، އަންނަނިވި ލިޔެކިޔުމާއެކު،ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް، ކައުންސިލުން ފޮނުވަންވާނެއެވެ. |
||
|
|
|
(1) |
އިޞްލާޙު ކުރުމަށް ފުރުޞަތު ދެވުނު ބައްދަލުވުމާއި، އިތުބާރުނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ އެޖެންޑާ؛ |
|
|
|
|
(2) |
އިޞްލާޙު ކުރުމަށް ފުރުޞަތު ދެވުނު ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުން ބޭއްވުމުގެ 2 (ދޭއް) ދުވަހުގެ ކުރިން ބައްދަލުވުމުގެ އެޖެންޑާ ފޮނުވިކަން އެނގޭ ލިޔެކިޔުން؛ |
|
|
|
|
(3) |
އިޞްލާޙު ކުރުމަށް ފުރުޞަތު ދެވުނު ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ ޔައުމިއްޔާ؛ |
|
|
|
|
(4) |
އިޞްލާޙު ކުރުމަށް ފުރުޞަތު ދެވުނު ބައްދަލުވުމާއި، އިތުބާރު ނެތްކަމުގެ ވޯޓު ނެގި ބައްދަލުވުމުގެ ނިންމުން އާންމުކުރިކަމުގެ ހެކި؛ |
|
|
|
|
(5) |
އިހުމާލުވި ކަންކަން ބަޔާންކޮށް ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅުނު ލިޔުންތައް؛ |
|
|
|
|
(6) |
އިޞްލާޙުކުރަންވީ ކަންކަމާއި، އެކަންކަން އިޞްލާޙުކުރުމަށް ދެވޭ މުއްދަތު އަންގައި ނައިބު ރައީސަށް ހަވާލުކުރި ލިޔުމާއި، ލިޔުން ހަވާލުކުރި ތާރީޚު އެނގޭނެ ލިޔެކިޔުން؛ |
|
|
|
|
(7) |
ކަމާގުޅޭއެހެނިހެންލިޔެކިޔުން. |
|
|
|
(ފ) |
މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ އިތުރަށް އެހެން ލިޔުމެއް ނުވަތަ މަޢުލޫމާތެއް ހޯދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެދިއްޖެނަމަ، އެ ލިޔުމެއް ނުވަތަ މަޢުލޫމާތެއް ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ކައުންސިލުން ފޯރުކޮށްދޭންވާނެއެވެ. |
||
|
|
(ދ) |
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ރޫޙާ އެއްގޮތަށް ކައުންސިލު ހިންގުމުގައި އިހުމާލުވަމުންދާކަމަށް ފާހަގަކުރެވިގެން ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށްފަހު، އެފަދައިން ކައުންސިލުން ފާސްކޮށްފައިވަނީ، މި ގަވާއިދާއި، ގަވާއިދު ނަންބަރު 2021/R-143)ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދު( ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި، ކައުންސިލުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅުމުން، ރަސްމީ 14 (ސާދަ) ދުވަހުގެ ތެރޭގައި، އެކަމުގައި ގޮތެއް ކަނޑައަޅައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލަށް އަންގަންވާނެއެވެ. |
||
|
|
(ތ) |
ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިތުބާރު ނެތްކަމުގެ ވޯޓު ކަށަވަރުކުރުމާ ހަމަޔަށް، އިތުބާރު ނެތްކަމުގެ ވޯޓު ނެގުނު ނައިބު ރައީސް، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވަގުތީގޮތުން ދުރުވާންވާނެއެވެ. |
||
|
|
(ލ) |
ކައުންސިލުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްފަހު އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރަންވާނީ، މި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި މި ގަވާއިދާއި ލޯކަލް ކައުންސިލްތަކުގެ އާންމު ގަވާއިދުގައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވައި، އޮތޯރިޓީން ވަކިގޮތެއް ކަނޑައެޅުމުންނެވެ. |
||
|
|
(ގ) |
އިތުބާރުނެތްކަމުގެވޯޓުނެގުމުގައިމިގަވާއިދުގައިބަޔާންކޮށްފައިވާއިޖުރާއަތުތައްފުރިހަމަކަމަށްއޮތޯރިޓީންކަނޑައަޅައިކައުންސިލަށްއެކަންއަންގާތާ 30 (ތިރީސް) ދުވަހުގެތެރޭގައިހުސްވެފައިވާކައުންސިލުގެ ނައިބުރައީސްގެ މަޤާމަށްކައުންސިލުގެމެންބަރުންގެތެރެއިންމެންބަރަކުއިންތިޚާބުކުރަންވާނެއެވެ. އެ މުއްދަތުގައި އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރެވިފައި ނުވާނަމަ، އެ މަޤާމަށް މެންބަރަކު އިންތިޚާބުކުރެވެންދެން، ކައުންސިލުގައި އެ ނޫން މައްސަލައަކާބެހޭ ގޮތުން މަޝްވަރާކޮށްގެން ނުވާނެއެވެ. |
||
|
|
(ޏ) |
މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، އިޞްލާޙުކުރަންވީ ކަންކަމާއި އެކަންކަން އިޞްލާޙުކުރުމަށް ދެވޭ މުއްދަތު ކައުންސިލުގެ ނައިބު ރައީސަށް އެންގުނު ތާރީޚުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައްހިމެނޭ ގޮތަށެވެ. |
||
|
|
(ސ) |
ކައުންސިލް ހިންގުމުގައި ކައުންސިލުގެ ނައިބު ރައީސް އިހުމާލުވެފައިވާކަމަށް ކައުންސިލުން ދެކޭ ކަންކަން އިޞްލާޙު ކުރުމަށް ފުރުޞަތު ދިނުމަށް ފާސްކުރި ބައްދަލުވުމުގައި ކައުންސިލުގެ ނައިބު ރައީސް ބައިވެރިވެފައިވާނަމަ، އިޞްލާޙުކުރުމަށް އެންގުމަށް ބައްދަލުވުމުން ނިންމިކަން، ކައުންސިލުގެ ނައިބު ރައީސަށް އެންގުނުކަމަށް ބެލެވޭނެއެވެ. އަދި އެކަން ބަޔާންކޮށް އަލުން ލިޔުމުން އެންގުން ލާޒިމެއް ނޫނެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ނައިބު ރައީސް ބައިވެރިވެފައި ނުވާނަމަ، ކައުންސިލުގެ ނިންމުން ލިޔުމުން ނައިބު ރައީސަށް އެންގުނުކަން ކައުންސިލުން ކަށަވަރުކުރަންވާނެއެވެ. އަދި އެ ހާލަތުގައި 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނާނީ، ކައުންސިލުގެ ނިންމުން ލިޔުމުން އެންގުނު ތާރީޚުން ފެށިގެންނެވެ. |
||
|
|
(ޑ) |
މި މާއްދާގެ (ސ) ގެ ދަށުން ނައިބު ރައީސަށް އަންގާ އެންގުމާ ހަވާލުވުމަށް ނައިބު ރައީސް އިންކާރުކުރާނަމަ، ލިޔުން ހަވާލުކުރަން މަސައްކަތްކުރުމުން ލިޔުމާ ހަވާލުވުމަށް އިންކާރުކުރިކަމަށް 2 (ދޭއް) ފަރާތަކުން ހެކިކޮށް ސޮއިކުރުވަން ވާނެއެވެ. މި ހާލަތުގައި ނައިބު ރައީސަށް ލިޔުމުން ހަވާލުކުރިކަމަށް ބަލައި، އެ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތު ގުނޭނެއެވެ. |
||
10. |
ކައުންސިލުގެ ރައީސްގެ ވާޖިބުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. |
||||
|
(ހ) |
ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ޝާއިޢުކުރުމާއި ތަންފީޛުކުރުން. |
|||
|
|
(ށ) |
ކައުންސިލުގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން. |
||
|
|
(ނ) |
ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭނުގެ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން. |
||
|
|
(ރ) |
ކައުންސިލުގެ މަޝްވަރާގެ މަތީން އިދާރާގެ އޮނިގަނޑު އެކުލަވައިލައި، ޑިވިޜަންތަކާއި ސެކްޝަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޛުކުރުން. |
||
|
|
(ބ) |
ކައުންސިލުގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން. |
||
|
|
(ޅ) |
ކައުންސިލުގެ ހަރަކާތްތައް ހިނގަމުންދަނީ ކައުންސިލުގެ މަގުސަދާ އެއްގޮތްވާ ގޮތުގެ މަތީންތޯ ބެލުން. |
||
|
|
(ކ) |
ކައުންސިލުން އެކުލަވައިލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އާންމުކުރަންޖެހޭ ނިންމުންތައް އާންމުކުރެވޭކަން ކަށަވަރުކުރުން. |
||
|
|
(އ) |
ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން. |
||
|
|
(ވ) |
ކައުންސިލް ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުން. |
||
|
|
(މ) |
ކައުންސިލުގެ މާލީ ޒިންމާތަކާއި ކައުންސިލުގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް، ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ) އެއްގޮތްވާ ގޮތުގެ މަތީން އަދާކުރަމުންދާކަން ކަށަވަރުކުރުން. |
||
|
|
(ފ) |
ކައުންސިލުގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން، ރައްޔިތުންނަށާއި މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން. |
||
|
|
(ދ) |
ޤައުމީ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ކައުންސިލާ ދެމެދު އެކުވެރިކަމާއި އެއްބާރުލުން ދެމެހެއްޓުމަށް މަސަކަތްކުރުން. |
||
|
|
(ތ) |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ ކަންކަން އިންތިޒާމުކޮށްދިނުން. |
||
|
|
)ލ) |
ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން. |
||
11. |
ކައުންސިލުގެ ނައިބު ރައީސްގެ ވާޖިބުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. |
||||
|
(ހ) |
ކައުންސިލުގެ މަސައްކަތާ ބެހޭގޮތުން ކައުންސިލުގެ ރައީސަށް އެހީތެރިވެދިނުން. |
|||
|
|
(ށ) |
ކައުންސިލުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ހާލަތެއްގައި، ނުވަތަ އުޒުރުވެރިވެއްޖެ ހާލަތެއްގައި، ނުވަތަ އެ މަޤާމު ހުސްވެއްޖެ ހާލަތެއްގައި، ކައުންސިލުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރުން. |
||
|
|
(ނ) |
ކައުންސިލުގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން. |
||
|
|
(ރ) |
ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން. |
||
ކައުންސިލު މެންބަރުންގެ މަސްއޫލިއްޔަތުތައް |
12. |
ކައުންސިލުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ. |
|||
|
(ހ) |
ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލުގެ ސަމާލުކަމަށް ގެނައުމާއި، އެ ކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން. |
|||
|
|
(ށ) |
ކައުންސިލުގެ ޖަލްސާތަކުގައި ބައިވެރިވުން. |
||
|
|
(ނ) |
ކައުންސިލުގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި މަސައްކަތްކުރުން. |
||
|
|
(ރ) |
ކައުންސިލުން އެކުލަވައިލަންޖެހޭ ޕްލޭންތަކާއި، އަހަރީ މަސައްކަތު ތާވަލާއި، އަހަރީ ބަޖެޓާއި، ސަޕްލިމެންޓްރީ ބަޖެޓު އެކުލަވައިލުމުގައި ޢަމަލީގޮތުން ބައިވެރިވުން. |
||
|
|
(ބ) |
ކައުންސިލުގެ މަސްއޫލިއްޔަތުތަކާ ގުޅިގެން ރަށު ކައުންސިލުގެ ރައީސް ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން. |
||
|
|
(ޅ) |
ރަށު ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން. |
||
ތިންވަނަ ބާބު ކައުންސިލުގެ ބައްދަލުވުން |
|||||
13. |
ކައުންސިލުގެ ބައްދަލުވުންތައް ބެހިގެންވަނީ، އަންނަނިވި 2 (ދޭއް) ބާވަތުގެ މައްޗަށެވެ. |
||||
|
|
(ހ) |
ކައުންސިލުގެ އާންމު ބައްދަލުވުން. |
||
|
|
(ށ) |
ކައުންސިލުގެ ކުއްލި ބައްދަލުވުން. |
||
14. |
(ހ) |
ކައުންސިލުގެ ބައްދަލުވުމެއް ބޭއްވޭނީ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހާޒިރުވެ ތިބެގެންނެވެ. |
|||
|
|
(ށ) |
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދަދު ހަމަނުވާނަމަ، އެ އަދަދު ހަމަވަންދެން، އެ ބައްދަލުވުމެއް މެދުކަނޑައިލުމުގެ ނުވަތަ އެހެން ވަގުތަކަށް ނުވަތަ އެހެން ދުވަހަކަށް ބައްދަލުވުން ފަސްކުރުމުގެ އިޚްތިޔާރު ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލުގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ލިބިގެންވެއެވެ. |
||
|
|
(ނ) |
މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދަދު ހަމަނުވެގެން ބައްދަލުވުން މެދުކަނޑައިލުމަށް ނުވަތަ ފަސްކުރުމަށް ނުވަތަ ބައްދަލުވުން ނުބޭއްވުމަށް މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޔާސަތުން ނިންމައިފިނަމަ، އެކަން ޔައުމިއްޔާ ކުރަންވާނެއެވެ. |
||
ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުން |
15. |
(ހ) |
ކައުންސިލުގެ މެންބަރުން އެއްތަނަކަށް ޖަމާކޮށްގެން ބައްދަލުވުންތައް ބޭއްވެން ނެތް ހާލަތުގައި ނުވަތަ ބައްދަލުވުމުގެ ޤާނޫނީ އަދަދު ހަމަނުވާ ހާލަތުގައި، މެންބަރުން އެއްތަނަކަށް ޖަމާކުރުމުގެ ބަދަލުގައި ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގެ އިޚްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ. |
||
|
|
(ށ) |
މި މާއްދާގެ (ހ)ގައި ބުނެފައިވާ ފަދައިން ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުން ބޭއްވިކަމުގައި ވިޔަސް، އެ ބައްދަލުވުމެއްގެ ބާވަތަށް ބަލައި، އެ ބައްދަލުވުމަކާ ގުޅޭގޮތުން މި ގަވާއިދުގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކުރަން ޖެހޭނެއެވެ. |
||
|
|
(ނ) |
މި މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުގެ މަތީން، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ބާއްވާ ބައްދަލުވުންތަކުގައި ވޯޓު ދިނުމުގައްޔާއި ބައްދަލުވުމުގައި މެންބަރުން ބައިވެރިވުމުގައްޔާއި ބައްދަލުވުން ކުރިޔަށް ގެންދިއުމުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ. |
||
|
|
|
(1) |
ބައްދަލުވުމުގައި ކޮންމެ މެންބަރަކުވެސް ބައިވެރިވާންވާނީ، އެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންކުރެވޭ ޒަމާނީ މުއާޞަލާތީ ވަސީލަތް ނުވަތަ އެޕްލިކޭޝަނެއްގައި އެ މެންބަރަކަށް ޚާއްޞަކޮށްގެން ކައުންސިލުގެ އިދާރާއިން ކަނޑައަޅައިފައިވާ ވަކި ލޮގިންއެއް ނުވަތަ ލިންކެއް ނުވަތަ ނުވަތަ އައިޑީއެއް މެދުވެރިކޮށްގެންނެވެ. |
|
|
|
|
(2) |
އެ ފަދަ ވަސީލަތެއް ނުވަތަ އެޕްލިކޭޝަނެއްގައި ކަނޑައަޅައިފައިވާ ލޮގިން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންނާއި ނުވަތަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވޯޓު ދިން ގޮތުގެ ތަފުސީލާއި އެހެނިހެން މަޢުލޫމާތު ކައުންސިލުގެ އިދާރާއިން ރިކޯޑުކުރަން ވާނެއެވެ. |
|
|
|
|
(3) |
ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބޭއްވޭ ބައްދަލުވުންތަކުގައި ވޯޓު ދޭއިރު ބަހުސްކުރެވި ވޯޓަށް އަހާ މައްސަލަތަކުގައި ވޯޓު ދޭންވާނީ އަތް މައްޗަށް އުފުލުމާއެކު އަނގަބަހުން އޯޑިއޯ/ވީޑިއޯއިން ވެސް ސާފުވާނެ ގޮތަށް އެ މައްސަލައެއްގައި އެ މެންބަރަކު ވޯޓު ދޭ ގޮތް ހާމަކުރުމާއެކުގައެވެ. ނުވަތަ ބައްދަލުވުން ބޭއްވުމަށް ބޭނުންކުރެވޭ ޒަމާނީ މުއާޞަލާތީ ވަސީލަތުގައި ނުވަތަ އެޕްލިކޭޝަނުގައި އެ މެންބަރަކަށް ކަނޑައެޅިފައިވާ ލޮގިން މެދުވެރިކޮށް ވަކި ގޮތަކަށް ވޯޓު ދެވޭނެ ފަދަ ގޮތެއް ކަނޑައެޅިފައިވާނަމަ އެގޮތަށް ވެސް ވޯޓު ދެވިދާނެއެވެ. |
|
|
|
|
(4) |
މި އަކުރުގެ 3 ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ސިއްރު ވޯޓެއް ނެގުމަށް މި ގަވާއިދު ލާޒިމުކުރާ ހާލަތުގައި، ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތީން މެނުވީ، ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބޭއްވޭ ބައްދަލުވުމެއްގައި، ސިއްރު ވޯޓެއް ނަގައިގެން ނުވާނެއެވެ. |
|
|
|
|
(5) |
ކައުންސިލުގެ ބައްދަލުވުމުގެ ބޭނުމަށް އޮންލައިންކޮށް ނުވަތަ ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މެންބަރުން ސޮއިކުރަންޖެހޭ އެއްވެސް ލިޔެކިޔުމެއް ވާނަމަ، އެ މެންބަރެއްގެ "ޑިޖިޓަލް ސިގްނޭޗަރ" އެ ލިޔެކިޔުމެއްގައި ކުރެވިދާނެއެވެ. އެގޮތުން، ބައްދަލުވުމުގެ ލިޔެކިޔުންތަކުގައި ކައުންސިލަރުންގެ ސޮއި ކުރުވޭކަން ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަށަވަރުކުރަން ވާނެއެވެ. |
|
|
|
|
(6) |
ޒަމާނީ މުއާޞަލާތީ ވަސީލަތް ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވުމަށް ކައުންސިލުގެ އިދާރާއިން ކައުންސިލަރުންނަށް ދޭ ލޮގިން ނުވަތަ ލިންކު ނުވަތަ އައިޑީ، އެހެން ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ. |
|
|
|
(ރ) |
މި މާއްދާގެ ބޭނުމަށް ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކައުންސިލުގެ ބައްދަލުވުންތައް ބޭއްވުމުގައި ބޭނުންކުރެވޭނެ އެޕްލިކޭޝަންތަކާއި ގޮތްތައް ކައުންސިލުން ކަނޑައަޅަންވާނެއެވެ. |
||
|
|
(ބ) |
ބައްދަލުވުމުގައި ނެގޭ ވޯޓެއްގެ ސިއްރުކަން ކަށަވަރުކުރުމުގެ ގޮތުން އެފަދަ އިލެކްޓްރޯނިކް ޛަރީޢާތައް މެދުވެރިކޮށް ނެގޭ ވޯޓުގެ ސިއްރު ހިފެހެއްޓޭފަދަ ގޮތަކަށް ބައްދަލުވުން އިންތިޒާމުކުރެވޭތޯ ކައުންސިލުން ޔަގީންކުރަންވާނެއެވެ. އަދި އެފަދައިން ވޯޓުގެ ސިއްރުކަން ޔަގީން ނުކުރެވޭނަމަ، ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމެއްގައި، ސިއްރު ހިފަހައްޓަންޖެހޭ ވޯޓެއް ނަގައިގެން ނުވާނެއެވެ. |
||
|
|
(ޅ) |
ޒަމާނީ މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބާއްވާ ބައްދަލުވުމުގައި މެންބަރުން މަޝްވަރާކުރާ ސިއްރު މަޢުލޫމާތު ކައުންސިލުން ބޭރު ފަރާތްތަކަށް ހާމަކޮށްގެން ނުވާނެއެވެ. އަދި އެފަދަ ބައްދަލުވުމެއްގައި ބައިވެރިވާ ފަރާތްތަކުން ބައިވެރިވާންވާނީ، ބައްދަލުވުމުގައި ހިއްސާކުރާ މަޢުލޫމާތެއްގެ ސިއްރު ހިފެހެއްޓޭފަދަ މާޙައުލަކުންނެވެ. |
||
ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުން |
16. |
(ހ) |
ކައުންސިލުގެ ބައްދަލުވުންތަކަކީ އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުންތަކެކެވެ. |
||
|
(ށ) |
ކައުންސިލުގެ ބައްދަލުވުމުގެ އަޑުއަހަން ވަންނަ އެއްވެސް ފަރާތަކަށް ކައުންސިލުގެ ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ދެއްކުމާއި، ބަހުސްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. |
|||
|
|
(ނ) |
ބައްދަލުވުން އަޑުއަހަން ވަންނަ އެއްވެސް ފަރާތަކުން، ބައްދަލުވުން ކުރިޔަށް ގެންދިއުމަށް ދަތިވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ޢަމަލެއް ހިންގި ކޮންމެ މީހަކު، ބައްދަލުވުން ބާއްވާ މާލަމުން ވަގުތުން ބޭރުކުރުމާއި، އޭގެ ފަހުގެ އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް، ނުވަތަ ވަކި މުއްދަތަކަށް އެއްވެސް ބައްދަލުވުމަކަށް ނުވެއްދުމަށް ނިންމުމުގެ އިޚްތިޔާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ. |
||
|
|
(ރ) |
ކައުންސިލުގެ ބައްދަލުވުންތަކުގައި، ކައުންސިލުގެ މެންބަރުންގެ އިތުރަށް ކައުންސިލުގައި އެޖެންޑާކުރެވިފައިވާ ކަމަކާ ގުޅިގެން އެ ފަރާތެއްގެ މަޢުލޫމާތު ނުވަތަ މަޝްވަރާ ކައުންސިލަށް ދެވިދާނެ އެކިއެކި ފަރާތްތަކަށް،ކައުންސިލުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދަޢުވަތުދިނުމުގެ ބާރު ކައުންސިލުގެ ރައީސަށް ލިބިގެންވެއެވެ.ނަމަވެސް، މިގޮތަށް މަޝްވަރާއާއި މަޢުލޫމާތު ހޯދުމަށް ކައުންސިލުގެ ޖަލްސާގައި ބައިވެރިވުމަށް ދަޢުވަތުދެވޭ ފަރާތްތަކަށް ކައުންސިލުގެ ޖަލްސާގައި ވޯޓެއް ނުދެވޭނެއެވެ. |
||
ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާ ދުވަސް
|
17. |
(ހ) |
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކައުންސިލުގެ ތާވަލުކުރެވިފައިވާ އާންމު ބައްދަލުވުމެއް، ކޮންމެ ހަފުތާއަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ. އާންމުކޮށް ބައްދަލުވުން ބާއްވާނީ، ހަފުތާގެ އަންގާރަ ދުވަހުއެވެ. އަދި އެއްވެސް ސަބަބަކާހުރެ، ތާވަލު ކުރެވިފައިވާ ބައްދަލުވުން ނުބޭއްވިއްޖެނަމަ، ޖެހިގެން އަންނަ ރަސްމީ ދުވަހު އެ ބައްދަލުވުން ބާއްވަންވާނެއެވެ. |
||
|
|
(ށ) |
މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ރައީސަށް ނުވަތަ ކައުންސިލުގެ މެންބަރުންގެ އަޣުލަބިއްޔަތަށް ފެނިއްޖެނަމަ، ހަފުތާއަކު 1 (އެކެއް) އާންމު ބައްދަލުވުމަށް ވުރެ ގިނަ އާންމު ބައްދަލުވުން ބޭއްވުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. |
||
ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާ ތަނާއި، ވަގުތާއި، އެޖެންޑާ |
18. |
(ހ) |
ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހައި ހިނދަކު، ކައުންސިލުގެ އާންމު ބައްދަލުވުން ބާއްވާނީ، ކައުންސިލުގެ އިދާރާގައެވެ. ބައްދަލުވުމުގެ ވަގުތާއި އެޖެންޑާ ކަނޑައަޅާނީ، ކައުންސިލުގެ ރައީސެވެ. |
||
|
(ށ) |
ކައުންސިލުގެ އާންމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި، ގަޑިއާއި، އެޖެންޑާ، އެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 2 (ދޭއް) ދުވަހުގެ ކުރިން، ކައުންސިލުގެ ރައީސް، ލިޔުމުން ކައުންސިލުގެ މެންބަރުންނަށް ފޮނުވަންވާނެއެވެ. |
|||
|
|
(ނ) |
މި މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކައުންސިލުގެ އާންމު ބައްދަލުވުމުގެ އެޖެންޑާ،ބައްދަލުވުމުގެ2 (ދޭއް) ދުވަހުގެ ކުރިން ފޮނުވި ގޮތުގެ ރިކޯޑުތައް، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ބަލަހައްޓަންވާނެއެވެ. |
||
19. |
(ހ) |
ކައުންސިލަށް ހުށަހެޅޭ ހުރިހާ ކަމެއް، އެ ހުށަހެޅޭ ތަރުތީބުން، ކައުންސިލުގެ ރައީސް އެޖެންޑާ ކުރަންވާނެއެވެ. |
|||
|
|
(ށ) |
ކައުންސިލުގެ މެންބަރަކު ޖަލްސާގެ އެޖެންޑާގައި ކަމެއް ހިމެނުމަށް ބޭނުންވާނަމަ، އާންމު ބައްދަލުވުން ތާވަލުކުރެވިފައިވާ ދުވަހުގެ 3 (ތިނެއް) ދުވަހުގެ ކުރިން، ލިޔުމަކުން ކައުންސިލުގެ ރައީސަށް އަންގަންވާނެއެވެ. |
||
|
|
(ނ) |
ކައުންސިލުގެ ދާއިރާގެ ރައްޔިތަކު ނުވަތަ އަމިއްލަ ފަރާތަކުން، ކައުންސިލަށް ވަކިކަމެއް ހުށަހަޅަން ބޭނުންވާނަމަ، އެ ކަމެއް ކައުންސިލުގެ އިދާރާ މެދުވެރިކޮށް ކައުންސިލަށް ހުށަހެޅިދާނެއެވެ. |
||
|
|
(ރ) |
ކައުންސިލުގެ އާންމު ބައްދަލުވުމެއްގެ އެޖެންޑާގައި ހިމެނުމަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ ވެސް، ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކައުންސިލަށް ބެލުމުގެ އިޚްތިޔާރާއި ބާރު އޮތް މައްސަލައަކަށް ވާންވާނެއެވެ. |
||
20. |
އަންނަނިވި ހާލަތުންކުރެ ހާލަތެއްގައި، ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވ |