ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް ފުޓުސަލް މުބާރާތް 2023 ބޭއްވުމާއި ބެހޭ

މި ކައުންސިލުން ކޮންމެ އަހަރަކު ބޭއްވުމަށް ނިންމާފައިވާ ކައުންސިލް ކަޕް ފުޓުސަލް މުބާރާތް 2023 މިއަންނަ ފިތުރުއީދު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

މި މުބަރާތަކީ ރަށުގެ ޒުވާނުންނަށް ޚާއްޞަކުރެވިގެން ބާއްވާ މުބާރާތެއް ކަމަށްވާތީ، ކައުންސިލް ކަޕް 2023 ގައި ބައިވެރިވެވޭނީ ހަމައެކަނި ދާންދޫއަށް ނިސްބަތްވާ ޓީމްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

 

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 9:00 ން 14:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުނާނެއެވެ.

 

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން 13 އޭޕްރިލް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

28 ފެބުރުވަރީ 2023
ހޯދާ