މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ ކައުންސިލަރ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ

މަޤާމް : ސީނިއަރ ކައުންސިލަރ

ބޭނުންވާ އަދަދު : 1 (އެކެއް)

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މުޙްޔިއްދީން ސްކޫލު، މާލެ

ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލެވަންސް

އެމް. އެސް 2

ސީނިޔަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

-/6295

-/2500

މަޤާމުގެ މަސްއޫލިއްޔަތު:

  • ސްކޫލުގެ ދަރިވަރުންނަށް ކައުންސިލިންގ ދިނުން.
  • ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް، ވެރިންގެ އިރުޝާދާއެކު އެޅުން.
  • ދަރިވަރުންނާއި މުއައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  • ސްކޫލުގައިތިބި އިތުރު/ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ޒިންމާތައް  ފުރިހަމައަށް ނަގައި، ތަކުރާރުކޮށް އަޚްލާޤީ މައްސަލަ ދިމާވާ ދަރިވަރުންގެ މައްސަލަތައް ބެލުމާއި، އެ ދަރިވަރުންގެ ރެކޯޑުތައް ބެލެހެއްޓުމަށް ފައިލްތައް ތައްޔާރުކޮށް، ޤަވައިދުން ބަލަހައްޓަމުން ގެންދިއުން.
  • ކުލާސްތަކަށްގޮސް އިތުރު އެހީއަށް ބޭނުންވާ ދަރިވަރުންގެ މަސައްކަތްތައް ކައިރިން ބަލައި، އެކަންތައްތައް ރެކޯޑުކުރުން.
  • ޖެހިގެން އަންނައަހަރުގެ މަސައްކަތަށް ބޭނުންވާ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުން.
  • ސްކޫލުގައި ދަރިވަރުންނަށް އުނގެނޭނެ، މުވައްޒަފުންނަށް މަސައްކަތްކުރެވޭނެފަދަ ރައްކާތެރި ރަނގަޅު މާހައުލެއް ޤާއިމުކުރަން މެނޭޖްމަންޓާއެކު މަސައްކަތްކުރުން.
  • ސްކޫލްގެ ޞިއްޙީ ޕޮރޮގްރާމްތައް ހިންގުމުގައި އެހީތެރިވެދިނުން.
  • ކުދިން ބަލަހައްޓާނެ ގޮތާއި އެކުދިންނަށް ބޭނުންވާނެ އެހީތެރިކަމަކީ ކޮބައިކަން އަންގައިދޭނެފަދަ ވޯރްކޝޮޕްތައް ސުކޫލުގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް ރާވައި ހިންގައިދިނުން.
  • ގްރޭޑް 7، 6 ގެ ދަރިވަރުންނަށް ލައިފް ސްކިލް ޕްރޮގްރާމްތައް ކޯޑިނޭޓްކުރުން.
  • އަމިއްލަ ނަފްސު ކުރިއަރުވަން/ހަރުދަނާކުރުމަށް މަސައްކަތްކުރުން.
  • ދަރިވަރުންނާބެހޭ ބޮޑެތި ކަންތައްތައް ނިންމުމުގައި ޕްރިންސިޕަލްގެ ލަފަޔާއި މަސްވަރާގެމަތިން ކަންތައްތައް ނިންމުން.
  • ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައްކުރުން.

މި ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

- ވަޒީފާއަށް އެންމެ ޤާބިލުމީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 30 ޑިސެންބަރު 2014 ން 7 ޖަނަވަރީ 2015 އާ ދެމެދު މުޙްޔިއްދީން ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ތަކެތި:    

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ.
  • ތަޖުރިބާގެ ލިޔުންތައް.
  • މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

 ނޯޓް:

- ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

- ވަޒީފާއަށް އެދޭފޯމު މިސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  www.muhyiddinschool.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

އިތުރުގަޑީގެ ފައިސާ: މި މަޤާމްތަކަށް އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި: 30 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ބަޔާންކުރެވިފައިވާ ތަކެއްޗާއެކު މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

ނޯޓް:

- ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތަކާއި، ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅާފައި ނުހުންނަ އެޕްލިކޭޝަންތަކާއި، ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތަކެއް ބަލައެއް ނުގަނެވޭނެއެވެ.

- އިތުރު މަޢުލޫމާތު ހޯދުމަށް: ފޯނު:  3390635

21 ޑިސެންބަރު 2014
ހޯދާ