ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ގދ. މަޑަވެލި ކައުންސިލް އިދާރާގެ ބޭނުމަށް އެޗް.އާރް ސިސްޓަމް އެއް ހޯދުމަށް ބޭނުންވެއްޖެ އެވެ.
ވީމާ، މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 ފެބްރުއަރީ 2023 ވަނަ ދުވަހުން ފެށިގެން 28 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިމިވާ ލިންކުންވަދެ ފޯމް ފުރިހަމަކޮށް ބިޑްގައި ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
https://forms.gle/vDXd5DBCNWGju7jt6
ބިޑްގައި ރެޖިސްޓްރީވާ ފަރާތްތަކަށް ޒޫމް މީޓިންގ މެދުވެރިކޮށް 01 މާރޗް 2023 ގައި މިއިޢުލާނާއި ގުޅޭ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. ބިޑްގައި ރަޖިސްޓަރ ވުމުން އެފަރާތްތަކާއި ޒޫމް މީޓިންގ ލިންކް ހިއްސާކުރެވޭނެއެވެ. އަދި 06 މާރިޗް 2023 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން އަގުހުށަހަޅާ ފޯމުން ނުވަތަ ކޯޓޭޝަން އިން މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބާއެކު އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ އާއި މަޢުލޫމާތު ކަރުދާހުގައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ. މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 02 މާރިޗް 2023 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ބިޑްގައި ރަޖިސްޓަރނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.