މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީކައުންސިލްގެ ބައެއް ޚިދުމަތްތަކުން ނަގާ ފީ ކުޑަ ކުރުމާއި ގުޅޭ.

މާލެއާއި ވިލިމާލޭގެ ފަޅުތަކާއި ބަނދަރުތައް ބޭނުން ކުރުމާއި، އެތަންތަނުން އުޅަނދުފަހަރަށް ފައްތިޔާ އަދި ފަޅުހުއްދަ ފީނެގުމުގެ އިތުރުން މާލޭގެ މަގުމަތީގައި  މަސައްކަތް ކުރުމަށް ދޫކުރާ ބޯޑުތަކުގެ އަގު ހެޔޮކުރުމާއި ގުޅޭގޮތުން މާލޭސިޓީ ކައުންސިލްގެ މުނިސިޕަލް ސާރވިސަސް ކޮމިޓީގެ 58 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވުމާއި އެކު ތިރީގައި އެވާ ކަންކަމާއި ގުޅޭ އަގުލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައި އެވަނީ އެވެ.

  1. މާލޭ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑުތަކުގެ  ފީ
  2. މާލެއާއި ވިލިމާލޭ ފަޅުން ދޫކުރާ ފައްތިޔާ އަދި ފަޅުހުއްދަ ފީ

ވީމާ ،  މާލެއާއި ވިލިމާލެ ފަޅުން އުޅަނދު ފަހަރަށް ފައްތިޔާ، ފަޅުހުއްދަ އަދި މާލޭގެ މަގުމަތީގައި މަސައްކަތް ކުރުމަށް ދޫކުރާ ބޯޑު ތަކުގެ އަގުލިސްޓްއަށް 26 ފެބުރުވަރީ 2023 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

23 ފެބުރުވަރީ 2023
ހޯދާ