ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ފަރާތުން ޒަކާތު ނަފާ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ހދ. ނޮޅިވަރަމުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، ރަސްމިއްޔާތުގެ އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ: (IUL)142-A1/142/2023/37
(07 ފެބްރުވަރީ 2023) ގުޅިގެން ހުށަހަޅާފައިވާ ބިޑް އަގުބޮޑުކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލީމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އީމެއިލް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2023 ފެބްރުވަރީ 25 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.office.com/r/Cqpp9PfDjf
މި އިޢުލާނާއިގުޅޭ ބިޑު ބަލައިގަތުން ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށްވާތީ، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު މަޢުލޫމާތު ކަރުދާސް ފޯރުކޮށްދޭ ދުވަހުން ފެށިގެން 2023 މާރިޗު 05 ވާ އާދީއްތަ ދުވަހުގެ 14:00އާއި ހަމައަށް އޮންނާނެއެވެ.
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2023 މާރިޗު 02 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020239،3021406 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
