މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑިރެކްޓަރ - މިނިސްޓްރީ އޮފް ހެލްތު

އިޢުލާން

މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް

ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

 ޑިރެކްޓަރ   

މަޤާމުގެ ނަންބަރު

J-349630 

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމުގެ ގިންތި

 ދާއިމީ

މަޤާމުގެ ރޭންކް

 އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން

 ޑިރެކްޓަރ

ޑިވިޝަން/ ސެކްޝަން   

 ކޮލިޓީ އެޝުއަރެންސް އެންޑް ރެގިއުލޭޝަން ޑިވިޜަން، ހެލްތް ސަރވިސަސް ސްޓޭންޑަރޑްސް އެންޑް   ގައިޑްލައިންސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

 މިނިސްޓްރީ އޮފް ހެލްތު

މުސާރަ

 -/8,835 ރުފިޔާ

ސަރވިސް އެލަވަންސް

 -/2,000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  3. ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އަށް ޝަރުތުފުރިހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1,100 ރުފިޔާ (ޓެކްނިކަލް ކޯ ދާއިރާ: ހެލްތު ޕޮލިސީ, ހެލްތް ސަރވިސް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުން ކުރެވޭ މަސައްކަތްތަކާ ޚިދުމަތްތަކުގެ ސްޓޭންޑަޑް ތަކާއި ގައިޑްލައިންތަކާއި، އެސް.އޯ.ޕީތައް ކަމާބެހޭ ތަޖުރިބާހުރި ފަންނީމީހުންގެ ލަފަޔާ އިރުޝާދުގެ މަތިންތައްޔާރުކޮށް ޕަބްލިޝްކުރުމާއި، ގާނޫންތަކާއި، ގަވާއިދުތަކާއި، ސްޓޭންޑާރޑްތަކާ ގައިޑްލައިންތަކާ އެސްއޯޕީތަކަށް މީހުން އަހުލުވެރިކުރިކުރުމަށް ބޭނުންވާ އޮރިއެންޓޭޝަން ޕްރޮގްރާމްތަށް ވިލަރެސްކޮށް ހިންގުން.
  2. ޞިއްހީ ހިދުމަތްދޭ ތަންތަނުން ދޭ ހިދުމަތްތަކާއި ގުޅޭގޮތުން ހުށައަޅާ މައްސަލަތައް ރިވިއުކޮށް ރިޕޯޓް ފޮނުވަންޖެހޭ ފަރާތްކަށް ރިޕޯޓް ފޮނުވުމުން އެކަންކަން ހަރުދަނާކުރަން ހަދަންޖެހޭ އުސޫލުތަށް ހެދުން އަދި ރިވިއުޔުނިޓަށް ހުށަހެޅޭ މައްސަލަތަކާގުޅިގެން ސިއްޙީ ޙިދުމަތްދޭ ތަންތަނުގެ ކުލިނިކަލް ރިވިއުކޮށް ފާހަގަކުރެވޭ އިޞްލާޙުކުރަންޖެހޭ ކަންތައްތައް އަންގަންޖެހޭ ފަރާތްތަކަށް އަންގައި އަޅަންޖެހޭ ފިޔަވަޅުތައް އަންގަންޖެހޭ އެންމެހާފަރާތްތަކަށް އަންގައި ހިނގާ ނުހިނގާގޮތް ބެލުން.
  3. ޞިއްހީ ޚިދުމަތާއި ގުޅޭ ސްޓޭންޑާރޑްތަކާ ގައިޑްލައިންތަކާ އެސްއޯޕީތަކަށް މީހުން އަހުލުވެރިކުރިކޮށްް ޑޮކިޔުމަންޓް ކޮންޓްރޯލް ސިސްޓަމްއެއް އުފައްދާ އަދި މި ސިސްޓަމް މޮނިޓާރކޮށް ބެލެހެއްޓުން.
  4. ޞިއްހީޙިދުމަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ސިސްޓަމްތައް ތައްޔާރުކުރުމަށް އެހީތެރިވުމާއި،ސިސްޓަމްތައް ހިންގާ ބެލެހެއްޓުން އަދި ހެދިފައިވާ ސްޓްރެޓަޖީތައް ތަންފީޒުކޮށް، ރާއްޖޭގެ "ސެފްޓީ އަދި ކުއަލިޓީ ނެޓްވޯރކް" އެއް ގާއިމުކޮށް ހިންގާ ބެލެހެއްޓުން.
  5. ޞިއްހީ ޙިދުމަތްދޭ ތަންތަން، ކަނޑައެޅޭ ނެޝަނަލް ސްޓޭންޑަޑް އާ އެއްގޮތަށް ހުރިތޯ ބަލައި އެތަންތަން ސަރޓިފައިކުރުމަށް ބޭނުންވާ ނިޒާމު ޤާއިމުކޮށް، ސެޓިފައިކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުން. އަދި ރިޕޯޓް ތައްޔާރުކުރުން
  6. ނެޝަނަލް ސޭފްޓީ އަދި ކުއަލީ ނެޓްވާރކެއްޤާއިމުކުރުމުގެ މަސައްކަތްތައް ކުރުމާއި، ނެޝަނަލް ޕޭޝަންޓް ސޭފްޓީ ކޮމިޓީ ގެ މަސައްކަތްތައް ކުރިއަށްގެންގޮސް ޞިއްހީ ޚިދުމަތްތަކުގެ ފެންވަރުރަނގަޅުކުމަށްބޭނުންވާ ކެޕޭސިޓީ ބިލްޑް ކުރުމާއި ޕްރޮގްރާމްތައް ރާވާ ހިންގުން.
  7. ކޮލިޓީ އެޝުއަރަންސް އެންޑް ރެގިޔުލޭޝަން ޑިވިޝަނުން ކުރާ އިންސްޕެކްޝަން، އެސެސްމަންޓް، މޮނިޓްރިން އަދި އޮޑިޓްތަކުގަޔާއި ފީލްޑް ދަތުރުތަކުގެ ލީޑް އެސެސަރގެ ރޯލް އަދާކުރުމާއި، ރިޕޯޓްތައްޔާރުކުރުން އަދި ފަންނީ ލަފާދިނުން
  8. ނެޝަނަލް އެކްރެޑިޓޭޝަން ސްޓޭންޑަރޑްސްތަކަށް ޞިއްޙީޚިދުމަތްދޭ ތަންތަން ގެނައުމަށް ފެސިލިޓީތައް އަހުލުވެރިކުރުމާއި، އެސެސަރ ޓްރޭނިންގްސް އަދި އެސެސްމަންޓްތައް ހެދުމުގައި އެހީތެރިވެދިނުން.
  9. އިންޓަރނޭޝަނަލް ޖަމިއްޔާތަކާ ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ޕްރޮޖެކްޓްތައް ބެލެހެއްޓުމާއި، އަހަރަކު އެއްފަހަރު ސޭފްޓީ އަދި ކުއަލިޓީ ސިންޕޯސިއަމް އެއް ބޭއްވުން.
  10. ކޮލިޓީ އެޝުއަރެންސް އެންޑް ރެގިޔުލޭޝަން ޑިވިޜަންގެ މެންޑޭޓް ޙާސިލްކުރުމަށް ޑިވިޜަންގެ އިދާރީ ކަންކަންކުރުމާއި، ޑިވިޝަން ހިންގުމުގެ މަސައްކަތްކުރުން، އަދި ސްޓޭންޑަރޑްސް ސެކްޝަން ނޫން ނޫން އެހެން ސެކްޝަންތަކުގެ މަސައްކަތްތައް ނިންމުމުގައި އެހެން މުވައްޒަފުންނަށް އެހީތެރިވުމާއި، މިނިސްޓްރީގެ ސިޔާސަތުތަށް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
  11. ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި   މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ކޮމިއުނިޓީ ހެލްތު  
  • ގްލޯބަލް ހެލްތު ޕޮލިސީ  
  • ހެލްތު އިކޮނޮމިކްސް  
  • ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް  
  • ހެލްތު ޕޮލިސީ   
  • ހެލްތް ރިސަރޗް  
  • ހެލްތް ސަރވިސް އެޑްމިނިސްޓްރޭޝަން  
  • ހެލްތް ސަރވިސް މެނޭޖްމަންޓް   
  • ހެލްތު ސްޓެޓިސްޓިކްސް  
  • އިންޓަރނޭޝަނަލް ހެލްތު  
  • އިންޓަނޭޝަނަލް ރިލޭޝަންސް  
  • ޕޮލިސީ ސްޓަޑިޒް  
  • ޕްރައިމަރީ ހެލްތުކެއަރ  
  • ޕްރޮޖެކްޓު މެނޭޖުމަންޓު  
  • ޕަބްލިކް ހެލްތު  
  • ޕަބްލިކް ޕޮލިސީ    

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް 

މަޤާމުގެ ކޯ ޑިސިޕްލިން:

  • ހެލްތު ޕޮލިސީ
  • ހެލްތް ސަރވިސް މެނޭޖްމަންޓް
  • ޕަބްލިކް ޕޮލިސީ   

ގުޅޭ ވަޒީފާގެ ދާއިރާ

  • ހެލްތު ސާވިސަސް 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 އަސާސީ ޝަރުޠު ހަމަވުން

30

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

 ޕްރެޒެންޓޭޝަން

10

 އިންޓަރވިއު

30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 28 ފެބްރުވަރީ 2023 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނު، ޕްރެޒެންޓޭޝަން) އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2023 މާރިޗް މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު، ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014416 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

20 ފެބުރުވަރީ 2023
ހޯދާ