ދިވެހިރާއްޖެ
ޔުނެސްކޯގެ ފަރާތުން، 'ޔުނެސްކޯ-ޖަޕާން ޕްރައިޒް އޮން އެޑިޔުކޭޝަން ފޯރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް' އަށް ނަންހުށަހެޅުމުގެ ފުރުސަތު ޔުނެސްކޯގެ މެމްބަރ ޤައުމުތަކަށް ވަނީ ހުޅުވާލާފައެވެ.
މި އެވޯޑަކީ ތަޢުލީމީ ދާއިރާގައި ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށް ހިންގޭ އެކި ޕްރޮގްރާމްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. މި އެވޯޑަށް ނަންހުށަޅާ ފަރާތްތަކުގެ ތެރެއިން 3 ފަރާތަކަށް 50،000 ޔޫ.އެސް ޑޮލަރުގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި 'ޔުނެސްކޯ އީ.އެސް.ޑީ-2030 ގްލޯބަލް ނެޓްވޯރކް' އާއި ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުވެސް މި 3 ފަރާތަށް ލިބިގެންދާނެއެވެ. މި އެވޯޑަކީ ޖަޕާން ސަރުކާރުގެ ފަރާތުން ފަންޑްކުރާ އެވޯޑެކެވެ.
މި އެވޯޑަށް ނަންހުށަހެޅުމުގެ ސުންގަޑިއަކީ 21 އޭޕްރީލް 2023 އެވެ.
ނޯމިނޭޝަން ލިންކް: http://unesco.sharepoint.com/sites/committees/ESD-Prize
ޔުނެސްކޯ- ޖަޕާން ޕްރައިޒް އޮން އެޑިޔުކޭޝަން ފޯރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް މަޢުލޫމާތު ޝީޓް:
http://www.unesco.org/en/prize/education-sustainable-development
