މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ވެބްސައިޓަކާއި މޮބައިލް ދެ އެޕްލިކޭޝަން ހެދުމަށް

2015 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ އަހަރު ކަމުގައިވާތީ، މިކަމާ ގުޅޭ މަޢުލޫމާތުތައް ފެތުރުމަށްޓަކައި މިނިވަން 50 އާގުޅޭ ވެބްސައިޓަކާއި، މޮބައިލް ދެ އެޕްލިކޭޝަން ހެދުމަށް ބޭނުންވާތީ، މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)10-F/1/2014/140)ފ(23 ނޮވެންބަރު 2014) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގެންފައިވަނީ 02 ފަރާތުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަން ކޮށްދޭން ބޭނުންވާ ފަރާތްތަކުން 25 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

26 ޞަފަރު 1436

18 ޑިސެންބަރު 2014
ހޯދާ