މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ - ހެލްތް ޕްރޮޓެކްޝަން އެޖެންސީ

 

އިޢުލާން

 ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ

މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

 ޕަބްލިކް ހެލްތް ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު 

J-369720 

ބޭނުންވާ އަދަދު

 01 (އެކެއް)

މަޤާމުގެ ގިންތި

 ދާއިމީ

މަޤާމުގެ ރޭންކް

 އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

 ޓެކްނިކަލް އޮފިސަރ ގްރޭޑް 1     

ޑިވިޝަން/ ސެކްޝަން

އިންޓަރނޭޝަނަލް ބޯރޑަރ ހެލްތު ސެކްޝަން / އުލިގަމް ޕޯޓް 

ވަޒީފާ އަދާކުރަންޖެހޭ ތަން

 އުލިގަމް ޕޯޓް (ހެލްތް ޕްރޮޓެކްޝަން އެޖެންސީ)

މުސާރަ

 -/5,610 ރުފިޔާ

ސަރވިސް އެލަވަންސް

 -/2,500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ
  4. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އިންޓަރނޭޝަނަލް ހެލްތު ރެގުއުލޭޝަންސް އަދި ބަނދަރުތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އާންމު ގަވައިދާ އެއްގޮތަށް، ރާއްޖެއިން ބޭރުން އަންނަ އަދި ފުރާ އުޅަނދުފަހަރުގެ ލިސްޓް ކަމާބެހޭ ފަރާތްތަކާ މުއާމަލާތް ކޮށްގެން ހޯދައި، ހެލްތް ކްލިއަރެންސް ދިނުމާއި ޞިއްޙީ ކަންކަން ހުރީ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމާއިއެކު، އިންވާރޑް އަދި އައުޓްވާރޑް ކްލިއަރަންސާއި، ސެނިޓޭޝަން ސެޓްފިކެޓް، މެޑިސިން ޗެސްޓް، ބޭރަށް ގެންދާ ހަށިގަނޑުތަކާއި ހަށިގަނޑުގެ ބައިތަކާ ގުޅޭ ކަންކަމާއި އެނޫންވެސް އިތުރު ހުއްދަތައް ވަގުތުގެ ތެރޭގައި ދޫކުރުމުގެ މަސައްކަތް ޕޯރޓް ހެލްތު މާލެ ސީޕޯރޓު ޔުނިޓާ ވިލަރެސްކޮށްގެން ކުރިޔަށް ގެންދިޔުން.
  2. އިންޓަރނޭޝަނަލް ހެލްތު ރެގުއުލޭޝަންސް އަދި ބަނދަރުތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އާންމު ގަވައިދާ އެއްގޮތަށް، ރާއްޖެއިން ބޭރުން އަންނަ އަދި ފުރާ އުޅަނދުފަހަރާއި، ފަޅުވެރިންނާއި އަދި ދަތުރުވެރިންނާ ގުޅޭގޮތުން އާންމު ސިއްހަތު ރައްކާތެރިކުރުމަށް ބަލަންޖެހޭ ކަންކަން ގަވައިދުން ކޮންމެ ދުވަހަކު ބަލައި، ސާރވައިލަންސް އަދި އިންސިޑެންޓް ރިޕޯރޓްތައް ތައްޔާރުކޮށް، ބައްޔަކަށް ޝައްކުކުރެވޭ ކަންކަން އިސްނެގުމާއެކު ގަވައިދުން ދެނެގަނެ، ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، ކަމާގުޅޭ އެޖެންޓުންނާއި، އުޅަނދުފަހަރު އަދި ފްރަންޓްލައިން އެޖެންސީތަކަށް އެންގުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ފުރިހަމަކުރުން.
  3. އިންޓަރނޭޝަނަލް ހެލްތު ރެގުއުލޭޝަންސް އަދި ބަނދަރުތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އާންމު ގަވައިދާ އެއްގޮތަށް، އެއްޤައުމަކުން އަނެއް ޤައުމަށް ފެތުރޭ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އަދި އެޗް.ޕީ.އޭއިން އާންމުކޮށް އިއުލާނުކުރާ ބަލިތައް އުޅޭ ޤައުމުތަކުން ދިވެހި ރާއްޖެއަށް ދަތުރު ކުރާ ފަޅުވެރިން، ފަތުރުވެރިން އަދި ދަތުރުވެރިންނާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފައިވާކަން ކަށަވަރު ކުރުން – މިގޮތުން އަތުގައި ވެކްސިން ޖެހިކަން ކަށަވަރު ކުރާ ވެލިޑް ޔެލޯ ފީވަރ ސެޓްފިކެޓް އޮތްތޯ ގަވައިދުން ޗެކްކޮށް ހަމަޖެހިފައިވާ އުޞޫލުން އަމަލުކުރުން. އަދި މެލޭރިޔާއާ މެދު އަމަލުކުރަން ޖެހޭ އުސޫލާއި އަދި އެހެން ބައްޔަކާ ގުޅިގެން އަމަލުކުރަން އޮންނަ އުސޫލުތާ އެއްގޮތަށް ގަވައިދުން އަމަލުކުރުން
  4. ސީ ޕޯރޓްތަކުގެ ބަނދަރުގެ ސަރަހައްދާއި ބަނދަރުގެ ސަރަހައްދުގައި ހުންނަ އިމާރާތްތަކާއި، މުދަލާއި ކުނި ޖަމާވާ ތަންތަނާއި އެނިހެންވެސް ޞިއްޙީ މިންގަނޑުތަކާއި ސެނިޓޭޝަން އާއި ޞިއްޙަތާއި ގުޅުންހުރި ކަންކަން، އިންސްޕެކްޝަން އުސޫލުން ބަލާ ޗެކްކޮށް އަޅަންޖެހޭ ފިޔަވަޅުއަޅައި ރިޕޯރޓްކުރަން ކަނޑައެޅިފައިވާ ފަރާތުގެ ސަމާލުކަމަށް ކަނޑައެޅިފައިވާ ވަގުތުގައި ގެނައުމުގައި އިސްމުވައްޒަފުންނަށް އެހީތެރިވުމާ، އެކަންކަން އިސްނެގުމާއެކު ގަވައިދުން ބެލެހެށްޓުން.
  5. ކަމާގުޅޭ ގަވައިދާއި އުސޫލުތަކުގެ ތެރެއިން، ޚިދުމަތް ހޯދާ ފަރާތްތަކުގެ އަތުން ނަގަން ކަނޑައަޅާ ފީތަކާއި، މައުލޫމާތުތަކުގެ ޞައްހަކަން ކަށަވަރުކުރުމާއެކު، ނަގަންޖެހޭ ފީ ނެގުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް ފީ ނެގުނުކަން ޔަގީން ކުރުން.
  6. އޮންކޯލްގައި މަޑުކުރުމާއެކު މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރުން އަދި ރަސްމީ މަސައްކަތާ ގުޅޭ ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާއި، އެކި އެކި އޮފީސްތަކާއި އަދި ކްލައިންޓުންނަށް ބޭނުންވާ އެހީތެރިކަން ލަސްނުކޮށް ފޯރުކޮށްދިނުމުގައި އެހީތެރިވުން.
  7. ބަނދަރުތަކުގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޢާންމު ގަވައިދުގައި ބުނާ ދަތުރުވެރިންނާއި އުޅަނދުފަހަރާ ބެހޭގޮތުން އަމަލުކުރަމުން އަންނަ އުސޫލުތަކާ ހެދުމާ ގުޅޭ ބައްދަލުވުންތަކާއި، ފަރިތަކުރުންތަކާއި އަދި އެކިއެކި ކްލާސްތަކުގައި ބައިވެރިވުން.
  8. އެއްގައުމުން އަނެއް ގައުމަށް ފެތުރޭ ބަލިބައްޔާބެހޭ ގުޅޭ އެލާރޓްތަކާއި، ޚިދުމަތް ދިނުމާބެހޭ ލިޔެކިއުންތަކާ، އިންސްޕެކްޝަން ޗެކް ޝީޓްތަކާއި ރިޕޯރޓްތައް، ރަސްމީ މުއާމަލާތްތަކާއި، އެނޫންވެސް މުހިއްމު މަސައްކަތްތަކުގެ ރިކޯޑްތައް، ޑިއުޓީ އަދާކުރާ ވަގުތުގައި ކުރެވޭ މަސައްކަތްތަކުގެ ޔައުމިއްޔާއާއި، ޑޭޓާތައް، ރިކޯޑް ނަގައި ލޮގްކޮށް، އެޗް.ޕީ.އޭއަށް އަދި ސުޕަވައިޒަރަކަށް ފޯރުކޮށްދީ ލިޔެކިޔުމުގެ ރިކޯޑްތައް ރައްކާތެރިކަމާއެކު އަދާ ހަމަކޮށް ބެލެހެށްޓުން.
  9. ޕޯރޓް ހެލްތު ޔުނިޓްތަކުގެ ދެމުން އަންނަ ޚިދުމަތްތަކުގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓުގެ ފަރާތުން ކޮމިއުނިޓީއަށް ދެމުން އަންނަ ޕަބްލިކް ހެލްތާ ގުޅުން ހުރި ފަންނީ މަސައްކަތްތަކުގައި އަމަލީގޮތުން އެހީތެރިވެ ބައިވެރިވުން ދިނުން. 
  10. ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން

 

މަޤާމުގެ ޝަރުތުތައް

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • ކޮމިއުނިޓީ ހެލްތު
  • ޕްރައިމަރީ ހެލްތުކެއަރ
  • ޕަބްލިކް ހެލްތު 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް 

މަޤާމުގެ ކޯ ޑިސިޕްލިން:

  • ކޮމިއުނިޓީ ހެލްތު
  • ޕްރައިމަރީ ހެލްތުކެއަރ
  • ޕަބްލިކް ހެލްތު

 

ގުޅޭ ވަޒީފާގެ ދާއިރާ

  • ހެލްތު ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 އަސާސީ ޝަރުޠު ހަމަވުން

30

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

 އިންޓަރވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 26 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އަދި އިންޓަރވިއު އޮންނާނީ، 2023 ފެބުރުއަރީ/މާރިޗް މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014416 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

16 ފެބުރުވަރީ 2023
ހޯދާ