މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކްސްޕެޓް ސިސްޓަމްއިން ދެވޭ ޙިދުމަތްތަކާ ގުޅޭ

އިޢުލާން

އެކްސްޕެޓް ސިސްޓަމްއިން ދެވޭ ޙިދުމަތްތަކާ ގުޅޭ

 

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތައް ދޫކުރުމާ، އެ ބިދޭސީންނާ ގުޅުންހުރިކަންކަން ބަލަހައްޓައި މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން މި މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކްސްޕެޓް ސިސްޓަމްގައި ހުރި މައުލޫމާތު އަދާހަމަކުރުމާއި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއަށް ފެއްތުމަށްޓަކައި މި މިނިސްޓްރީން މިދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން، އަމިއްލަ ފަރުދުންގެ ވިޔަފާރި (ކޮމާޝަލް ކެޓަގަރީ) ތަކަށާއި އަމިއްލަ ފަރުދުންގެ، ގެވެށި މަސައްކަތަށް (ޑޮމެސްޓިކް ކެޓަގަރީ) ދޫކޮށްފައިވާ ހުއްދަތަކުގެ މައުލޫމާތު އެކްސްޕެޓް ސިސްޓަމްގައި މި ވީހާތަނަށް ބަލެހެއްޓިފައިވަނީ 02 ކެޓަގަރީ އެއްކެޓަގަރީއެއްގެ ގޮތުގައެވެ. މިހާރު ސިސްޓަމަށް ގެންނަމުންދާ ބަދަލުތަކާއެކު މި ދެންނެވުނު މައުލޫމާތު ސިސްޓަމްގައި ވަކިކުރެވިގެންދާނެކަމުގައި ވަޒީފާ ދޭ ފަރާތްތަކަށް 2022 އޮކްޓޫބަރ 23 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް އަންގާފައިވާނެއެވެ. އަދި މިދެންނެވުނު ބަދަލުތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އަމިއްލަ ފަރުދުންގެ ގޮތުގައި ރަޖިސްޓްރީކޮށް "ކޮމާޝަލް" ކެޓަގަރީގައި ކޯޓާ ނަގާފައިވާ ފަރާތްތަކަށް މިހާރު ސިސްޓަމުން، އެބަދަލު ފެންނަން ހުންނާނެކަމުގައި ދެންނެވީމެވެ.

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭގޮތުން ދޫކުރާ ހުއްދަތައް ދޫކުރުމުގެ މެންޑޭޓް މި މިނިސްޓްރީއަށް ބަދަލުވުމުގެ ކުރިން، ވިޔަފާރި ރަޖިސްޓްރޭޝަނެއް ނެތި، އަމިއްލަ ފަރުދުންނަށް "ކޮމާޝަލް" ކެޓަގަރީގެ ދަށުން ކޯޓާ ދޫކޮށްފައިވާކަން ފާހަގަކުރަމެވެ. އަދި، އެފަދަ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ފުރިހަމަ ކުރުމަށް 2022 އޮކްޓޫބަރ 23 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް އަންގާފައިވާނެއެވެ. ނަމަވެސް، ބައެއް ފަރާތްތަކުން، އަދިވެސް އެކަން ފުރިހަމަ ކޮށްފައި ނުވާކަން ފާހަގަކޮށް، 2023 މާރިޗް 01 ގެ ނިޔަލަށް މަތީގައި ބަޔާންކޮށްފައިވާ ފަދައިން ޢަމަލުކޮށްފައި ނުވާނަމަ، އެ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ލިބޭ ޚިދުމަތްތަށް، މަތީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކުރަންދެން، ހުއްޓާލެވޭނެ ކަމުގައި ވަޒީފާ ދޭ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

އިތުރު މަޢުލޫމާތު ސާފުކުކުރެއްވުމަށް މި މިނިސްޓްރީގެ ހޮޓްލައިން 1500 ގުޅުއްވައި ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

15 ފެބުރުވަރީ 2023
ހޯދާ