ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލް އިދާރާގެ ބޭނުމަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ނަންބަރު:(IUL)258/258/2023/31                                   

 

އިޢުލާން

    

ހަނިމާދޫ ކައުންސިލް އިދާރާގެ ބޭނުމަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ހަނިމާދޫގެ ކައުންސިލް އިދާރާގެ ބޭނުމަށް އެކްސްކަވޭޓަރެއްފަރާތެއް ހޯދަންކުރި ނަންބަރު: (IUL)258/258/2023/5 އިޢުލާނު  އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

ހަނިމާދޫގެ ކައުންސިލް އިދާރާގެ ބޭނުމަށް އެކްސްކަވޭޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފްކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

 

ތަފްސީލް

ތާރީޙް

ގަޑި

މަޢުލޫމާތު ސާފުކުރުން

23 ފެބްރުއަރީ 2023

10:30

އަންދާސީ ޙިސާބުހުޅުވުން

05 މާރިޗް 2023

10:30

 

ބީލަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޯމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި ފަރާތްތަކައް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

23 ރަޖަބް 1444

14 ފެބްރުއަރީ 2023

 

14 ފެބުރުވަރީ 2023
ހޯދާ