ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އައި.ޓީ ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

މި ޔުނިވަރސިޓީގެ ނަންބަރ IUL)170-HR/170/2023/26) (31 ޖަނަވަރީ 2023) އިޢުލާނަށް އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ މި އިޢުލާން ބާޠިލުކޮށް މި މަޤާމަށް އަލުން އިޢުލާން ކުރަމެވެ

މަޤާމު:

އައި.ޓީ ޓެކްނީޝަން  

ބޭނުންވާ ޢަދަދު: 1

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މެއިން ކެމްޕަސް)

 

ނޯޓު:

މި މަޤާމަށް ކުރިމަތިލުމަށް ހުށަހަޅާ ތަޢުލީމީ ލިޔެކިޔުންތަކަށް މާރކްސް ދެވޭނީ އިޢުލާނުގެ އެންމެދަށް ސްޕައިން (ADG5/24)

  ގައިވާ ޝަރުތު ފުރިހަމަވުމުނެވެ 

މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް

މަޤާމު

ގްރޭޑް /

ސްޕައިން ޕޮއިންޓު

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އައި.ޓީ ޓެކްނީޝަން  

ADG5/24

 

 މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން

7151.26 ރުފިޔާ

3064.83 ރުފިޔާ

ADG5/25

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 24 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން

7372.44 ރުފިޔާ

3159.62 ރުފިޔާ

ADG5/26

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 25 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

7600.45 ރުފިޔާ

3257.34 ރުފިޔާ

ADG5/27

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 26 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

7835.52 ރުފިޔާ

3358.08 ރުފިޔާ

ADG5/28

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 27 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

8077.85 ރުފިޔާ

3461.94 ރުފިޔާ

ADG5/29

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 28 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

8327.68 ރުފިޔާ

3569.01 ރުފިޔާ

ADG53/30

 

  އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 29 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

8585.24 ރުފިޔާ

3679.39 ރުފިޔާ

ADG53/31

 

 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 30 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

 

 

8850.77 ރުފިޔާ

3793.19 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 • ޔުނިވަރސިޓީގެ ސްޓޫޑެންޓް މެނޭޖްމަންޓް ސިސްޓަމާއި، އެޗް. އާރް. ސިސްޓަމް އަދި އެހެނިގެން ސޮފްޓްވެއަރގެ މަސައްކަތް ސުޕަވައިޒަރުގެ ބެލުމުގެ ދަށުން ކުރުން.
 • ކޮމްޕިއުޓަރ ސިސްޓަމް އަދި ޕެރިފަރަލްސް ސެޓްއަޕްކޮށް ވޯކްސްޓޭޝަންތައް ތައްޔާރުކުރުން އަދި ސްޕެސިފިކޭޝަންތަކާއި އެއްގޮތަށް ސޮފްޓްވެއަރ އިންސްޓޯލްކޮށް ކޮންފިގަރ ކުރުން.
 • ކޮމްޕިޓަރ ހާޑްވެއަރއަށް (ހާޑް ޑިސްކް، މައުސް، ކީބޯޑް، އަދި އެހެނިހެން އާލާތްތަކަށް) ދިމާވާ މައްސަލަތައް ޑައިގްނޯސް ކުރުން.
 • ކޮމްޕިއުޓަރ ސިސްޓަމް އަދި ސޮފްޓްވެއަރ އާއި ގުޅޭ އޮރިއެންޓޭޝަން ޔުނިވަރސިޓީގެ މުވައްޒަފުންނަށާއި ދަރިވަރުންނަށް ފޯރުވައިކޮށްދީ އެހީތެރިވުން.
 • ކޮމްޕިއުޓަރ އަދި ކޮމްޕިއުޓަރާއި ގުޅޭ ސާމާނުތަކަށް ދިމާވާ މައްސަލަތައް ޓްރަބަލްޝޫޓްކޮށް، ޑައިގްނޯސްކޮށް ހައްލުކުރުން (ރިޕެއަރ ކުރުން ނުވަތަ ރިޕްލޭސް ކުރުން)
 • އައި.ޓީއާޢި ގުޅުންހުރި ކަންކަމުގައި މުވައްޒަފުންނަށް ސަޕޯޓް ދިނުން.
 • މެއިންޓަނަންސް، ރިޕެއަރކުރުން އަދި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރެވޭމަސައްކަތް ރިކޯޑް ކުރުން.
 • ކޮމްޕިއުޓަރ ސިސްޓަމް، ސޮފްޓްވެއަރ، ނެޓްވަރކިންގ އެކުއިޕްމަންޓް، އަދި  މިނޫނަސް އައި.ޓީ އާއި  ގުޅުންހުއި އިކުއިޕްމަންޓްތަކުގެ އިންވެންޓްރީ ޗެކްކޮށް ބެލެހެއްޓުން.
 • އައި.ޔޫ.އެމް އިން ހިންގާ އޮންލައިން ކޯސްތަކަށް ކޮންޓެންޓް ތައްޔާރުކުރުމުގައި ޓެކްނިކަލް ސަޕޯޓް ދިނުން.
 • އެހެނިހެން މުވައްޒަފުންގެ މަސައްކަތްތަކަށް ބުރޫނާރާނޭފަދައިން އަޕްގްރޭޑް އަދި މެއިންޓަނެންސް މަސައްކަތްތައް ޝެޑިއުލްކުރުން.
 • ޔުނިވަރސިޓީގެ ލޯކަލް ނެޓްވަރކްތައް ޕަރފޯމަންސް އެންމެ ރަނގަޅުވާނެ ގޮތަކަށް މެއިންޓެއިންކޮށް ބެލެހެއްޓުން އަދި ޔުނިވަރސިޓީގެ ލޯކަލް ނެޓްވަރކް އަދި ކޮމްޕިއުޓަރ ތަކުގެ ސެކިޔުރިޓީ އަދި ޕްރައިވަސީ ބެލެހެއްޓުން.
 • މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ސުޕަވައިޒަރު ހަވާލުކުރާ އެންމެހައި  މަސައްކަތްތައް ކުރުން

އުޖޫރައާއި ޢިނާޔަތްތައް:

  އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
 • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
 • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
 • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

 • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

https://jobs.ium.edu.mv/

 • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
 • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

 

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

 • 21 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 23:59 އަށް

ނޯޓް:

 • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
 • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
 • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
 •  މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 22 ފެބްރުއަރީ 2023 އިން 22 ޖަނަވަރީ 2023  އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

 • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022160 ނަންބަރު ފޯނާއެވެ.
 • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
12 ފެބުރުވަރީ 2023
ހޯދާ