| 
 މަޤާމުގެ ޝަރުޠު: 
  
 | 
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުން. ނުވަތަ؛
 
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
 
  | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
- އިމާރާތުގެ ގޯތިތެރެއާއި، ކިޔަވައިދިނުމަށް ބޭނުންކުރާ ތަންތަނާއި، މަސައްކަތްކުރާ ޖަގަހަތައް ފަދަ އިމާރާތުގައި ހިމެނޭ އެންމެހައި ތަންތަނާއި، އިމާރާތުގައި ހަރުކޮށްފައިވާ ފަންކާއައި، ބިއްލޫރިއާއި، ފަރުނީޗަރުފަދަ ތަކެތި ދެމެހެއްޓެނިވިގޮތެއްގައި ހިރަފުސް ފޮޅައި ޞިއްޙީގޮތުން އެކަށީގެންވާ މިންވަރަށް ސާފުކުރުން.
 
- ހަވާލުކުރެވިފައިވާ އޮފީސް ކޮޓަރިތައް ސާފުކޮށް ވަށިގަނޑުތައް އުކައިލުން.
 
- ފާޚާނާތައް ސާފުކޮށް ދޮވުން.
 
- ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ ތަންތަން، ހަފުތާއަކު ތިންފަހަރު މޮޕްލައިގެން ސާފުކުރުން.
 
- ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ ތަނެއްގައި ހަލާކުވެ ބޭނުންނުކުރެވޭފަދަ ގޮތަކަށް ހުރި ކަމެއް ނުވަތަ އެއްޗެއް ފެނިއްޖެނަމަ،  ކަމާބެހޭ މުވައްޒަފެއްގެ ސަމާލުކަމަށް އެކަމެއް ގެނައުން.
 
- ސައިކޮޓަރީގެ ތެރެއާއި މޭޒާއި ގޮނޑި ސިންކު ކަބަޑު ފަދަ ތަންތަން ރީތިކޮށް ސާފުކުރުން.
 
- ފާޚާނާތަކުގައި ހުންނަންޖެހޭ ކަރުދާހާއި ސައިބޯނި ފަދަތަކެތި ހަމަޔަށް ހުރޭތޯ ކަށަވަރުކޮށް، ނެތް އެއްޗެއްނަމަ ހަމަކުރުން.
 
- ޢާންމުކޮށް މީހުން ނުވަންނަ ތަންތަން ހަފުތާއަކު އެއްފަހަރު ސާފުކުރުން.
 
- ކްލާސްތަކާއި، އިމްތިޙާންތަކާއި، ސެމިނަރ ފަދަ ކަންކަން ހިންގުމަށް ބޭނުންވާ ތަންތަން ތައްޔާރުކުރުން.
 
- އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުމާއެކު މަސައްކަތްކުރުން.
 
-  މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރާ މިނޫން ކަންތައްތައްވެސް ކުރުން.
 
 
 | 
| 
 އުޖޫރައާއި ޢިނާޔަތްތައް: 
 | 
 އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 
 | 
| 
 ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: 
 | 
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
 
- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
 
  | 
| ނޯޓް: | 
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ. 
 
- އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ. 
 
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ. 
 
- އިންޓަވިޔުކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އެކަންޏެވެ. 
 
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.
 
 
 | 
| 
 ސިޓީ ފޮނުވަންވީ ތާރީޚު:    
 | 
 2014 ޑިސެންބަރު 25 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް. 
 | 
| 
 އިތުރު މަޢުލޫމާތު: 
 | 
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ.
 
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
 
- މި މުއްދަތުގެތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލާފައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
 
 
 |