ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް މަޑަވެލި ކައުންސިލްގެ އިދާރާއަށް ނޮވިލޯން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް ކައުންސިލުން ބޭނުންވާ ނޮވިލޯން ގަނެ، މާލޭ ބަނދަރުގައިވާ ކަނޑު ބޯޓުތަކުގެ ތެރެއިން، މަޑަވެލި ކައުންސިލުން އަންގާ ކަނޑު ބޯޓަކަށް ނޮވިލޯން ލައިދޭން ބޭނުންވާ ފަރާތްތަކުން 16 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ހެނދުނު 10:30 އަށް މަޑަވެލި ކައުންސިލްގެ އިދާރާގެ މެއިލް: [email protected] އަށް އަގު ހުށަހަޅާ ފޯމު މެއިލްކޮށް ދެއްވުން އެދެމެވެ.

 

1) ފޯރުކޮށްދޭން ބޭނުންވާ ނޮވިލޯންގެ މަޢުލޫމާތު:

 

1.1)         ނޮވިލޯން ފޯރުކޮށްދިނުމުގެ ކުރިން ފޯރުކޮށްދޭ ނޮވިލޯންގެ ފޮޓޯއާއި، ކުލައާއި އަދި ސްޕެސިފިކޭޝަންތައް މަޑަވެލި ކައުންސިލްގެ އިދާރާ އަށް ހުށަހަޅައިގެން ފާސް ކުރަންޖެހޭނެއެވެ.

1.2)         ފޯރުކޮށްދޭ ނޮވިލޯންގެ ބޮޑުމިނުގައި 5000 (ފަސްހާސް) އަކަފޫޓު ހުންނަން ޖެހޭނެއެވެ.

1.3)         މަޑަވެލި ކައުންސިލުން ބޭނުންވާ ނޮވިލޯންގެ މިނިމަމް ރިކްއަރމަންޓްސް އަކީ:-

 

§         

Total Thickness: 4.50 mm

§         

Wearlayer: 0.25 mm

§         

Total Weight: 2400 g/m2

 

 

2) އަގު ހުށަހެޅުން:

2.1) އަގު ހުށަހަޅާނީ، މި އިޢްލާނާއިއެކު އެޓޭޗް ކުރެވިފައި 'އަގު ހުށަހަޅާ ފޯމު' ންނެވެ.

2.2) އަގު ހުށަހަޅާއިރު، (ޖީއެސްޓީ ދައްކާނަމަ، ޖީއެސްޓީ އާއިއެކު) އަމިއްލަ ޚަރަދުގައި ނޮވިލޯން ގަނެ، މާލޭ ބަނދަރުގައިވާ ކަނޑު ބޯޓުތަކުގެ ތެރެއިން، މަޑަވެލި ކައުންސިލުން އަންގާ ކަނޑު ބޯޓަކަށް، ނޮވިލޯން ފޯރުކޮށްދޭނެ ޖުމްލަ އަގާއި މުއްދަތު އެގެން އޮންނަންވާނެއެވެ.

2.3) އަގު ހުށަހަޅާ ފޯމާއިއެކު (ކުންފުނީގެ/ވިޔަފާރީގެ) ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

2.4) އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ، ވިޔަފާރި ކޮޕީއާއި ވެރިއެއްގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

2.5) އަގު ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ބިޑް ފޯމުތައް ބަލައި ނުގަނެވޭނެއެވެ.

 

3) ނޮވިލޯން ފޯރުކޮށްދިނުމުގެ މަސައްކަތަށް ހުށަހަޅާ އަގުތައް އިވެލުއޭޓް ކުރާނީ، ތިރީގައިވާ ގޮތަށެވެ.

 

#

ބައިތައް

ތަފްޞީލް

ޕޮއިންޓް

1

އަގު

ހުށަހަޅާ އަގު (ކުޑަ އަގަށް ގިނަ މާކްސް ލިބޭ އުޞޫލުން)

%90

2

މުއްދަތު

ހުށަހަޅާ މުއްދަތު (ކުރު މުއްދަތަށް ގިނަ މާކްސް ލިބޭ އުޞޫލުން)

 

3

ތަޖްރިބާ

ނޮވިލޯން ފޯރޮކޮށްދިނުމުގެ މަސައްކަތެއް 2022 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ކޮށްފައިވާނަމަ އެކަމުގެ ލިޔުން (ގުޅުންހުރި ގިނަ ލިޔުންތަކަށް ގިނަ މާކްސް ލިބޭ އުޞޫލުން)

 

 

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި، މިއިދާރާގެ ހޮޓްލައިން 9356677 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ފެބުރުވަރީ 2023
ހޯދާ