މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ސީނިއަރ ޕްރޮގްރާމް އޮފިސަރ

އިޢުލާނު

މި މިނިސްޓްރީގެ ނަންބަރު  (IUL)459-HR/1/2022/331އިޢުލާންއާއި ގުޅިގެން ޝަރުތުހަމަވާ އެއްވެސް ފަރާތަކުން ވަޒީފާއަށް އެދި ހުށަހަޅާފައިނުވާތީ އަލުން މި ވަޒީފާއަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

 

މަޤާމު:

ސީނިއަރ ޕްރޮގްރާމް އޮފިސަރ

 

މަޤާމުގެ ނަންބަރު:

J-371514

 

ބޭނުންވާ އަދަދު:

01 (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކު:

އެމް. އެސް. 3

 

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ

 

ޑިޕާޓްމަންޓް:

ޑިސްއެބިލިޓީ ރައިޓްސް އެންޑް ވެލް-ބީންގ ސެކްޝަން

 

މުސާރަ:

7035.00 ރުފިޔާ

 

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

 

އެހެނިހެން އެލަވަންސް:

  • ޓެކްނިކަލް ކޯ އެލަވެންސް އަށް ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ 28% އަދި ޝަރުތުހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900ރުފިޔާ. ( ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތު ހަމަވާނީ ކައުންސެލިންގ، ސައިކޮލޮޖީ،  ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ ދާއިރާއިން ތަޢުލީމް ހާސިލްކޮށްފައިވާނަމަ)
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ 2462.25ރުފިޔާ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީ ފޯރުކޮށްދިނުމުގެ ޤާނޫނު) އަށް ކަމާބެހޭ ދާއިރާތަކާއި މުޖްތަމަޢު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
  • ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީ ފޯރުކޮށްދިނުމުގެ ޤާނޫނު) ގައި ބަޔާން ކުރާ ކަންތައްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަންފީޒުކުރުން.
  • ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމާޢަތްތަކުގެ ދައުރު ހަރުދަނާކުރުމަށާއި، ހުރިހާ ދާއިރާއެއްގައި ދެޖިންސްގެ ހަމަހަމަކަން ހިފެހެއްޓުމުގެ ގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ބައިވެރިވުން އިތުރުކުރުމަށްޓަކައި އެފަރާތްތަކަށް ބޭނުންވާ ހުނަރާއި ގާބިލުކަން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މިކަންކަމަށް މުޖްތަމަޢު އާއި ދާއިރާގެ ގުޅުންހުރި ފަރާތްތައް ހޭލުންތެރިކުރުވުމަށް މަސައްކަތްތައް އިންތިޒާމްކޮށް ހިންގުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބާރުވެރިކުރުމަށް އެކި މަޝްރޫޢުތައް ހިންގުމާއި އެފަދަ މަސައްކަތްތަކާ ބެހޭގޮތުން ކަމާބެހޭ ދާއިރާތަކާއި މުޖްތަމަޢު ގެ ބައިވެރިވުން އިތުރުކުރުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް ހުރަސްއެޅޭ، އާމައްސަލަތަކާއި (އިމާޖިން އިޝޫސް) ދެނެގަނެ، އެމައްސަލަތައް ހައްލުކުރުމަށް، ކަމާބެހޭ ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުމާއި، މިކަންކަމަށް މުޖްތަމަޢު ހޭލުންތެރިކުރުވުމަށް މަސައްކަތްތައް ކުރުން.
  • ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ގަވާއިދުތަކާއި އެއްބަސްވުންތަކުއް ތަންފީޒު ކުރަމުންދާ ގޮތާބެހޭ ގޮތުން ރިޕޯޓް އެކުލަވާލުމަށް ކުރާ ދިރާސާތަކުގެ އަލީގައި އިޞްލާޙްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބާރުއަޅައި، މި ކަންތައްތައް ހުރިހާ ދާއިރާ ތަކެއްގެ ސަމާލުކަމަށް ގެނައުން. އަދި އެފަދަ ކަންތައްތައް ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާއިއެކު ކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހައިން އެކިއެކި ޚިދުމަތްތައް ކަމާ ގުޅުންހުރި ފަރާތްތަކާއި އެކު ހަމަޖެއްސުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާއަދާ ކުރެވޭ ފަރާތްތަކަށް އެފަރާތްތަކާއި އެކަށޭނެ ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމުގެ މަސައްކަތްތަކާއި، ވަޒީފާ އަދާ ކުރާ މީހުން ވަޒީފާ އަދާ ކުރަމުންދާ ގޮތް މޮނީޓަރކޮށް އެކަންކަން ހަރުދަނާ އުޞޫލެއްގެ މަތިން ކުރިއަށް ގެންދިއުން.
  • ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކުރުމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، މިނިސްޓްރީއާއި މިނިސްޓްރީގެ އެކިއެކި ދާއިރާތަކުން ރާއްޖެއަށް ފައިދާ ކުރުވަނިވި ކަންކަމުގައި އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުމުގެ މަސައްކަތްކުރުން.
  • ޤާނޫނު ނަންބަރު 2010/8 ގެ ދަށުން އެކުލަވާލާ ޑިސްއެބިލިޓީ ކައުންސިލަށް ބޭނުންވާ އެންމެހައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކައުންސިލްގެ ސެކްރިޓޭރިއަޓު ބެލެހެއްޓުމުގެ ކަންކަން ފަހިކޮށްދިނުމާއި، ސެކްރިޓޭރިއެޓް ސުޕަރވައިޒުކުރުން އަދި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ގުޅިގެން ފާހަގަކުރެވޭ މައްސަލަތާކާއި، ހުށަހެޅޭ މައްސަލަތަށް ކަމާއި ގުޅުންހުރި ފަރާތްތަކަށް ރިފަކުރުން.
  • ރާއްޖޭގެ ހުރިހާ ރަށެއްގައި "ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން" އާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  • މިނިސްޓްރީގެ މަސައްކަތާއި ގުޅިގެން އެކުލަވާލެވިފައިވާ ކޮމިޓީތަކާއި ސަބްކޮމިޓީތަކަށް ހަވާލުކުރެވޭ އެންމެހާ މަސައްކަތަތްތައް ކުރުން.
  • މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅިގެން އެހެނިހެން ކަމާ ގުޅުންހުރި ފަރާތްތަކާއި އެކު ބާއްވާ ބައްދަލުވުންތަކުގައި މިނިސްޓްރީއިން ނަން ހުށަހަޅާފި ހިނދެއްގައި ނުވަތަ މިނިސްޓްރީން އެދިއްޖެ ހިނދެއްގައި ބައިވެރިވުން.
  • ޑިވިޜަންގެ މުވައްޒަފުންގެ ޕަރފާމަންސް އެޕްރައިޒަލް ފުރުމާއި، މުވައްޒަފުންނަށް މަސައްކަތުގައި ދޭންޖެހޭ އިރުޝާދާއި ލަފާ ދިނުން.
  • މިނިސްޓްރީގެ އެހެން ދާއިރާއެއްގައި މަސައްކަތް ކުރަންޖެހޭ ޙާލަތްތަކުގައި ހަމަޖައްސާފައިވާ އުސޫލްގެ ދަށުން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ނުވަތަ

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިންފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ކައުންސެލިންގ، ސައިކޮލޮޖީ،  ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިން:

ކައުންސެލިންގ، ސައިކޮލޮޖީ،  ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ސޯޝަލް ސާވިސަސް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

    (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ފެބްރުވަރީ 2023 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް )ހުޅުމާލެ ސަރުކާރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން)  އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected] )މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

 

އިންޓަރވިއު / ޕްރެޒެންޓޭޝަން/އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު /ޕްރެޒެންޓޭޝަންއަދި އިމްތިޙާން އޮންނާނީ، 13  ފެބްރުވަރީ  2023 އާއި 13 މާރިޗު 2023 އާ ދެމެދު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް )ހުޅުމާލެ ސަރުކާރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން) 2ވަނަ ފަންގިފިލާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

       

16 ރަޖަބު 1444

07 ފެބްރުވަރީ 2023

 

07 ފެބުރުވަރީ 2023
ހޯދާ