މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮޑިޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމް :

އެސިސްޓެންޓް އޮޑިޓް އޮފިސަރ

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/4800 ރުފިޔާ (ހަތަރުހާސް އަށްސަތޭކަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/2400 ރުފިޔާ (ދެހާސް ހަތަރުސަތޭކަ ރުފިޔާ)
  3. ޕާރފޯމަންސް އެލަވަންސް: މަހަކު -/2400 ރުފިޔާ (ދެހާސް ހަތަރުސަތޭކަ ރުފިޔާ)
  4. ޕަންޗްއަލިޓީ އެލަވަންސް: މަހަކު -/2400 ރުފިޔާ (ދެހާސް ހަތަރުސަތޭކަ ރުފިޔާ)
  5. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ ) 
  6. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

އޮޑިޓް ޔުނިޓް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޭލެވެލް އިން މަސައްކަތާ ގުޅޭ 02 މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު އެކައުންޓިންގ ފާސްވެފައިވުން އަދި 02 އަހަރު ދުވަހުގެ މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ޖީ.ސީ.އީ އޯލެވަލް އިން މަސައްކަތާ ގުޅޭ 03 މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު އެކައުންޓިންގ އިން ފާސްވެފައިވުން އަދި 03 އަހަރު ދުވަހުގެ މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ACCA އެޕްލައިޑް ނޮލެޖް 1 ފުރިހަމަ ކޮށްފައިވުން އަދި މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު

  • އޮޑިޓްއާއި ގުޅުން ހުރި މަސައްކަތްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • އޮޑިޓިންގ ދާއިރާއިން މަސައްކަތްތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
  • ކުރެވޭ އިންޓަރވިއުއިން ފާސްވުން
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
    • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  1. ވަޒީފާއަށްއެދޭ ފޯމް
  2. ވަނަވަރު (ސީވީ)
  3. އައިޑީ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  5. ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 07 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ  16:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 07 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ  14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

އިންޓަވިއު:

  • އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

  • ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.

https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 އެކްސްޓެންޝަން 3009-273ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
02 ފެބުރުވަރީ 2023
ހޯދާ